ކ. މާލެ
|
3 ސެޕްޓެންބަރ 2024 | އަންގާރަ 16:47
ޚާރިޖީ ވަޒީރު މޫސާ ޒަމީރު
ޚާރިޖީ ވަޒީރު މޫސާ ޒަމީރު
ހާރިޖީ ވުޒާރާ
ޚާރިޖީ ވަޒީރުގެ އަބޫދާބީ ދަތުރުފުޅު
ތަރުހީބު ނުލިބިގެން ފޮރިންގ މިނިސްޓަރ ދިވެހިންނާއި ބައްދަލުކުރެއްވުން ކެންސަލްކޮށްފި
މި ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށް ނަން ނޯޓުކޮށްފައިވަނީ އެންމެ ފަރާތަކުން

ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު އަބޫދާބީ އަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުން ކެންސަލްކޮށްފިއެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އަށް ވަޑައިގެންފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޚާރިޖީ ވަޒީރު ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅުގައި ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް މިނިސްޓަރ އެދިވަޑައިގަންނަވާ ކަމަށް ބުނެ، ޔޫއޭއީގައި ތިއްބާވާ ރާއްޖޭގެ އޮފިޝަލުން ހިމެނޭ ވަޓްސްއެޕް ގްރޫފެއްގެ ސްކްރީންޝޮޓްތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ މެސްޖްތަކުގައި ބުނެފައިވާ ގޮތުން މިނިސްޓަރ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ އަބޫދާބީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި 2024 ސެޕްޓެމްބަރ 3 ވަނަ ދުވަހު 4:30 ގައި އެވެ.

ނަމަވެސް މި ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށް ނަން ނޯޓުކޮށްފައިވަނީ އެންމެ މީހެއް ކަން މި ސްކްރީންޝޮޓްތަކުން ހާމަވެއެވެ. ދިވެހިރައްޔިތުންގެ ފަރާތުން މިނިސްޓަރާ ބައްދަލުކުރެއްވުމަށް ތަރުހީބެއް ނުލިބުމުން މި ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ.

މިކަމާ ގުޅިގެން އެކްސް ގައި ޕީއެންއެފްގެ މެމްބަރު ޑރ. މަލީހް ޖަމާލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް ރައްޔިތުން ދަނީ ފާޅުކަން ބޮޑު ގޮތެއްގައި "ނޯ" ޖަހަމުން ކަމަށެވެ.

މިނިސްޓަރ ޒަމީރުގެ މި ދަތުރުފުޅުގައި، އެ ޤައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު، ހިޒް ހައިނަސް ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންގެ އިތުރުން ޔޫ.އޭ.އީ.ސަރުކާރުގެ އެހެނިހެން އިސްވެރިންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް