ކ. މާލެ
|
26 ސެޕްޓެންބަރ 2024 | ބުރާސްފަތި 18:53
އ.ދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގެ ތެރެއިން
އ.ދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގެ ތެރެއިން
ރައީސް އޮފީސް
ދެ މުއާހަދާއެއް ރާއްޖެއިން ތަސްދީގު ކުރުން
ބީ.ބީ.އެން.ޖޭ. މުއާހަދާ އަދި މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ ރާއްޖެއިން ތަސްދީގުކޮށްފި
ބީ.ބީ.އެން.ޖޭ. މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފައިވަނީ 3 ސެޕްޓެމްބަރ 2024 ގައި
ރާއްޖެ އަކީ ބީ.ބީ.އެން.ޖޭ. މުއާހަދާ ތަސްދީގުކުރި 9 ވަނަ ގައުމު
މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ ތަސްދީގުކުރި 150 ވަނަ ގައުމު

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މުއާހަދާ (ބީ.ބީ.އެން.ޖޭ. މުއާހަދާ) ދިވެހިރާއްޖެ ތަސްދީގުކުރުމަށް ބޭނުންވާ "އިންސްޓްރޫމަންޓް އޮފް ރެޓިފިކޭޝަން" އާއި "މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ" ރާއްޖެއިން ތަސްދީގުކުރުމަށް ބޭނުންވާ "އިންސްޓްރޫމަންޓް އޮފް އެކްސެޝަން" އ.ދ. އަށް ހުށަހަޅުއްވައިފިއެވެ.

މި މުއާހަދާ ހުށަހެޅުއްވީ އ.ދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އަލްފާޟިލް މޫސާ ޒަމީރެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ 11 ޑިސެމްބަރު 2023 ގައި މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް އެދި ފޮނުވުމަށް ވަނީ ނިންމާވާފައެވެ. އަދި ބީ.ބީ.އެން.ޖޭ. މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފައިވަނީ 3 ސެޕްޓެމްބަރ 2024 ގައެވެ. މި ދެ އެއްބަސްވުންތައް ރާއްޖެއިން ތަސްދީގުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ 13 މެއި 2024 ގައެވެ.

Advertisement

އެގޮތުން މި ރަސްމިއްޔާތަށް ފަހު، ރާއްޖެ އަކީ ބީ.ބީ.އެން.ޖޭ. މުއާހަދާ ތަސްދީގުކުރި 9 ވަނަ ގައުމު އަދި މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ ތަސްދީގުކުރި 150 ވަނަ ގައުމެވެ.

ރާއްޖެއިން ކަނޑުތައް ރައްކާތެރިކޮށް، އެ ސަރަހައްދު ހިމާޔަތްކޮށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ކަށަވަރުކުރުމަށް ބާރުއަޅައި، ދިރޭރަހަ ނުވަތަ މަރކިއުރީ އެކުލެވޭ އުފެއްދުންތަކުން ބޭރުވާ ނުރައްކާތެރި ވިހަ މާއްދާތަކުން ސިއްހަތަށާއި ތިމާވެށި ރައްކާތެރިކުރުމަށް ވެސް އަހަންމިއްޔަތުކަން ދޭ ގައުމެއްގެ ގޮތުގައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.

19 ޖޫން 2023 ގައި އ.ދ. ގެ އާންމު މަޖިލީހުގައި ފާސްކުރެވުނު ބީ.ބީ.އެން.ޖޭ. މުއާހަދާގައި ގައުމުތަކަށް ސޮއިކުރެއްވުމަށް ހުޅުވާލައްވާފައިވަނީ 20 ސެޕްޓެމްބަރު 2025 ގެ ނިޔަލަށެވެ. އަދި މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ އަކީ ޔުނައިޓެޑް ނޭޝަންސް ގެ އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ ފަރާތުން 2013 ވަނަ އަހަރު އެކުލަވާލާފައިވާ ބައިނަލްއަގުވާމީ މުއާހަދާއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް