Advertisement
ކ. މާލެ
|
31 އޯގަސްޓް 2024 | ހޮނިހިރު 14:09
ޑރ މުހައްމަދު އިޔާޒް - ފަލަސްތީން ރައްޔިތުންގެ ހައްގުގައި އިހްތިޖާޖު ކުރި ދެ އަންހެނުން ހައްޔަރު ކުރުމުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި
ޑރ މުހައްމަދު އިޔާޒް - ފަލަސްތީން ރައްޔިތުންގެ ހައްގުގައި އިހްތިޖާޖު ކުރި ދެ އަންހެނުން ހައްޔަރު ކުރުމުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި
ފޭސްބުކް
ޣައްޒާ ހަނގުރާމަ
ރައީސް މުއިއްޒު "އިސްރާއީލް އައުޓް" ޖައްސަވައިގެން ނުކުންނަވާކަށް ނުވޭތޯ: ޑރ އިޔާޒް
ޑރ މުއިއްޒު “އިންޑިޔާ އައުޓް” ޖައްސަވައިގެން މަގުމައްޗަށް ނިކުމެވަޑައިގެންނެވި ގޮތަށް "އިޒްރޭލް އައުޓް" ޖައްސަވައިގެން ނިކުންނަވާކަށް ނުވޭތޯ އިޔާޒް ސުވާލު ކުރެއްވި
ޑރ އިޔާޒް ވަނީ މުސްލިމް ކުޑަކުދިންނަށް ލިބެމުންދާ ގެއްލުންތައް ފެނުނީމުން ކީރިތި ނުކުރެއްވޭތޯވެސް ސުވާލު ކުރައްވާފައި
ޑރ މުއިއްޒަށް ހަމައެކަނި ކީރިތި ކުރެއްވެނީ ސިނަމާލޭ ބްރިޖްގެ އެއްލޭނު މަދުވެގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކޯފާވުމުން އެކަނިތޯވެސް އިޔާޒް އެއްސެވި
ޚަބަރުގެ އޯޑިއޯ

ރައީސް ޑރ މުޙައްމަދު މުއިއްޒު "އިޒްރޭލް އައުޓް" ޖައްސަވައިގެން ނިކުންނަވާކަށް ނުވޭތޯ ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ސުވާލު ކުރައްވައިފިއެވެ.

ޑރ. އިޔާޒް ވަނީ ރައީސް ޑރ މުޙައްމަދު މުއިއްޒު “އިންޑިޔާ އައުޓް” ޖައްސަވައިގެން މަގުމައްޗަށް ނިކުމެވަޑައިގެންނެވި ގޮތަށް "އިޒްރޭލް އައުޓް" ޖައްސަވައިގެން ނިކުންނަވާކަށް ނުވޭތޯ ސުވާލު ކުރައްވާފައެވެ.

Advertisement

އަދި އޭރު އެކަންކުރެެއްވީ ވެރިކަމަށް ވަޑައިގަތުމަށް ޖައްސަވާ ސްޓަންޓެއްގެ ގޮތުގައިތޯވެސް އިޔާޒް ސުވާލު ކުރެއްވިއެވެ.

އޭގެ އިތުރުން ޑރ. އިޔާޒް ވަނީ މުސްލިމް ކުޑަކުދިންނަށް ލިބެމުންދާ ގެއްލުންތައް ފެނުނީމުން ރައީސް ޑރ. މުއިއްޒު އަށް ކީރިތި ނުކުރެއްވޭތޯވެސް ސުވާލު ކުރައްވާފައެވެ. އެގޮތުން ރައީސް ޑރ މުއިއްޒަށް ހަމައެކަނި ކީރިތި ކުރެއްވެނީ ސިނަމާލޭ ބްރިޖްގެ އެއްލޭނު މަދުވެގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކޯފާވުމުން އެކަނިތޯވެސް އިޔާޒް އެއްސެވިއެވެ.

އިޔާޒް ވަނީ ރައީސް ޑރ މުއިއްޒުގެ ޙާލާއި މެދު ހިތާމަކުރައްވާކަމަށް ވިދާޅުވެފައެވެ.

ޑރ. އިޔާޒް އެހެން ވިދާޅުވިއިރު ސިނަމާލެ ބްރިޖް ހުޅުވަން ވަރަށް ގާތް ވެފައިވަނިކޮށް، އެ ބްރިޖްގައި ސައިކަލް ދުއްވާނެ ލޭނެއް ނެތުމުން، ބްރިޖް ހުޅުވުން ކެންސަލް ކުރަން ރައީސް ޔަމީން ކޯފާވެ ވިދާޅުވުމުން އެކަމާ ކީރިތި ކުރެއްވިކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް