Advertisement
ކ. މާލެ
|
19 އޯގަސްޓް 2024 | ހޯމަ 15:35
ފުލުހުން ހައްޔަރު ކުރި ދެމީހުން
ފުލުހުން ހައްޔަރު ކުރި ދެމީހުން
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުންގެ ބަންދަށް 15 ދުވަސް
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 69 ގްރާމް
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން
މި ދެމީހުން އަތުލައިގަތީ މާލެ މަގުމަތިން

މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި ވިއްކާ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި މާލެސިޓީން ހައްޔަރުކުރި ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި ވިއްކާ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ގއ.މާމެންދޫ، މޫނިމާގެ 27 އަހަރުގެ ނަޒީހް ޝަރީފް އަދި ޏ.ފުވައްމުލައް ދަޑިމަގު، ވައިގެ 30 އަހަރުގެ މުހުސިން މުހައްމަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މާލެ މަގުމަތިން ސައިކަލެއްގައި ދަނިކޮށް މި ދެމީހުންނާ މެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 69 ގްރާމް ކަމަށް ފުލުހުން ބުނެއެވެ.

Advertisement

މީގެ އިތުރުން ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް