ކ. މާލެ
|
23 އޭޕްރިލް 2025 | ބުދަ 05:47
އައިޖީއެމްއެޗް ހޮސްޕިޓަލް: ފުރާޅުމަތިން ވެއްޓުނު ޒުވާނާ އަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި
އައިޖީއެމްއެޗް ހޮސްޕިޓަލް: ފުރާޅުމަތިން ވެއްޓުނު ޒުވާނާ އަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި
ސަން އޮންލައިން
މޯލްޑިވްސް ޕޮލިސް ސަރވިސް
އަންހެން ކުއްޖާ ވެއްޓުނީ އަމިއްލައަށް، އެކަމުގައި އެއްވެސް މީހެއްގެ އަތެއް ނުވޭ: ފުލުހުން
ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު އުމުުރުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖާ ވެއްޓުމުގައި އެހެން މީހެއްގެ އަތެއް ނެތް ކަމަށް
އަންހެން ކުއްޖާ ވެއްޓުނީ އެ ގޭގެ ނުވަވަނަ ފަންގިފިލާއަށް ފިރިހެން ކުއްޖާ ސިޑިން އަރަނިކޮށް
މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ އެންމެންގެ ނަން ފުލުހުން ހާމަ ނުކުރިޔަސް ވެއްޓުނު އަންހެން ކުއްޖާގެ ނަން ފުލުހުން ހާމަކޮއްފައި ވުމުން އެހެން ނަންތައް ހާމަނުކުރީ މި ސަރުކާރުގެ އިސް ސިޔާސީ ފަރާތްތަކާއި ގުަޅުން ހުރި ފަރާތްތައް ކަމަށް ވާތީކަމުގައި ބެލެވެއެވެ.

ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު އުމުުރުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖާ ވެއްޓުމުގައި އެހެން މީހެއްގެ އަތެއް ނެތް ކަމަށާއި ފުއްމާލީ އަމިއްލައަށް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިފަދައިން ބުނީ ބުދަ ދުވަހުގެ ރޭ އިސްކަންދަރު ކޮށީގައި ނޫސްވެރިންނަށް މައުލޫމާތު ދެމުންނެވެ.

ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް އަންހެން ކުއްޖެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނު 7:23 ކަންހާއިރުގައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން އަންނަނީ ތަފާތު އެކިގޮތްގޮތަށް ވާހަކަތައް ދެކެވެމުން ނެވެ. އެގޮތުން އެ އަންހެން ކުއްޖާ ފުރާޅުމައްޗަށް ވެއްޓިފައި ވަނީ އަމިއްލައަށް ނޫން ކަމަށާއި އެކުއްޖާ ވައްޓާލާފައި ވަނީ ބަޔަކު ގަސްދުގައި ކަމަށް ތުހުމަތު ކޮށް ވާހަކަތައް ދެކެވިފައި ވެއެވެ.

އެ ޙާދިސާ ހިނގިތާ 4 ދުވަސް ވެގެން ދިޔައިރު ފުލުހުން އެއްވެސް މައުލޫމަތް އެއް ދީފައި ނުވާއިރު ސޯޝަލް މީޑިޔާގައި މި ޙާދިސާގެ މައުލޫމާތް ހާމަ ކުރަމުން ދަނިކޮށް ފުލުހުން މިވަނީ އަންގާރަ ދުވަހުގެޜޭ ނޫސްވެރިންނާ ބައްދަލުކޮށް، އެ ހާދިސާއާ ގުޅޭ ބައެއް މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. އެގޮތުން އެ މީހުން ތިބި ގެއާއި އެ އަންހެން ކުއްޖާ ވެއްޓޭ ވަގުތުގެ ސީސީޓީވީ ފުޓޭޖް ވެސް ފުލުހުން ވަނީ ނޫސްވެރިންނަށް ދައްކާލާފައެވެ.

ފުލުހުން ކިޔައިދިން ގޮތުގައި އެރޭ އަންހެން ކުއްޖާ އާއިއެކު އިތުރު ހަތް ކުއްޖަކު އުޅުނެވެ. އެއީ، ޖުމުލަ ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ.

އޭގެ ތެރެއިން ހަތަރު ކުއްޖަކު ގޮސް އަމީނީ މަގުގައި ހުރި ގެއަކަށް ވަނީ ކަމަށް ފުލުހުން ބުންޏެވެ. އެ ގެއިން ދެން ނުކުތީ އެ ރޭ އެ އަންހެން ކުއްޖާ އާއިއެކި އުޅުނު ފިރިހެން ކުއްޖާ އާއި ދެ މީހުންނެވެ. އެއަށް ފަހު އަންހެން ކުއްޖާ އާއިއެކު އުޅުނު ފިރިހެން ކުއްޖާ އެހެން ފިރިހެނަކާ ވާހަކަދައްކަން އިންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެއެވެ.

އެ ފުޓޭޖުން ފެން ގޮތުގައި އުމުރުން 21 އަހަރުގެ އެ އަންހެން ކުއްޖާ އާއި ފިރިހެން ކުއްޖާ އާއި ދެ މީހުން އެ ހިސާބުގައި ހުރި އެ މީހުންނަށް އެއްވެސް ގުޅުމެއް ނެތް ގެއަކަށް ވަންތަން ފެންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން އެ ގޭގެ ސިޑިގޮޅީގައި ތިބި މަންޒަރު އެ ފުޓޭޖުން ފެނެއެވެ. އަދި، އެ ތަނުގައި އެ މީހުން ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. އެ މީހުން އެ ވަގުތު ތިބީ މަސްތުގެ ހާލަތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ގޮތުން، އެ ފިރިހެން ކުއްޖާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު އަންހެން ކުއްޖާ ގެ ވަގުތީ ނަތީޖާ ވެސް ޕޮޒިޓިވް ވިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އަންހެން ކުއްޖާ ވެއްޓުނީ އެ ގޭގެ ނުވަވަނަ ފަންގިފިލާއަށް ފިރިހެން ކުއްޖާ ސިޑިން އަރަނިކޮށެވެ. އެ އަންހެން ކުއްޖާ ވެއްޓުނުއިރު ކައިރީގައި ފިރިހެން ކުއްޖާ ނެތް ކަމަށާއި ވެއްޓުމުގައި މީހެއްގެ އަތެއްނުވާކަން ޔަގީންވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި އަންހެން ކުއްޖާ ނުވަނަ ފަންގިފިލައިން ވެއްޓުނީ ފެންލައިޓުން ކަމަށާއި އަެނާ ވެއްޓި ޖެހައިފައި ވަނީ ކައިރީގައި ޖެހިގެން ހުރި ދެބުރީގެ އިމާރާތެއްގެ ފުރާޅުމައްޗަށް ކަމަށެވެ.

އޭނާ ވެއްޓުނު އަޑަށް ފިރިހެން ކުއްޖާ ވެސް އެ ތަނަށް އައި މަންޒަރު ސީސީ ޓީވީ ފުޓޭޖުން ފެނެއެވެ. އެ އަޑަށް އެ ގޭގައި އުޅޭ އެހެން ބައެއް މީހުން ވެސް ބޭރަށް ނުކުތް ކަމަށާއި އެއީ ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަކަށް 4:52 އެހާކަންހާއިރު ކަމަށް ފުޓޭޖާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. އަދި އެ ވީޑިއޯ ފުޓޭޖާއި ހަވާލާދީ ފުލުހުން ބުނީ އޭރު ފިރިހެން ކުއްޖާ ހުރީ ވެސް ހުސް ގަޔާ، ބަރަހަނާ ކޮށް ކަމަށެވެ.

އަންހެން ކުއްޖާ ވެއްޓުމުން ފިރިހެން ކުއްޖާ މައްޗަށް އަރައި ރޯ އަޑު ވެސް ވީޑިއޯއިން އިވެއެވެ. އޭނާ ވަނީ އަންހެން ކުއްޖާ ހޯދަން މަސައްކަތް ކޮށް، އެހެން މީހުންގެ އެހީއަށް ވެސް އެދިފައި ކަމަށް ފުލުހުން ބުންޏެވެ.

އަންހެން ކުއްޖާ ވެއްޓުނުކަން ފުލުހަށް ރިޕޯޓުކުރީ އާންމުންގެ މީހެއް ކަމަށާއި އެ ކުއްޖާ ފުރާޅުމަތިން ބޭލީ ސިފައިންގެ ރެސްކިއު ޓީމުގެ އެހީގައި ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ވެއްޓުމުގެ ތެރޭގައި ވަރަށް ބޮޑަށް އަނިޔާވެފައިވުމުގެ ސަބަބުން އަންހެން ކުއްޖާ އަކީ ކާކުކަން ވެސް ދެނެގަނެފައިވަނީ ފޭސް ރިކޮގްނިޝަން ޓެސްޓް ހަދައިގެންނެވެ. އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދިނީ ވެސް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައެވެ. އެހެން ނަމަވެސް މިހާރު އެކަމަކު އެ ކުއްޖާ ވަނީ ވެންޓިލޭޓަރުން ނަގައިފައެވެ.

މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ އެންމެންގެ ނަން ފުލުހުން ހާމަ ނުކުރިޔަސް ވެއްޓުނު އަންހެން ކުއްޖާގެ ނަން ފުލުހުން ހާމަކޮއްފައި ވުމުން އެހެން ނަންތައް ހާމަނުކުރީ މި ސަރުކާރުގެ އިސް ސިޔާސީ ފަރާތްތަކާއި ގުަޅުން ހުރި ފަރާތްތައް ކަމަށް ވާތީކަމުގައި ބެލެވެއެވެ.

- ކޮމެންޓް