ކ. މާލެ
|
22 އޭޕްރިލް 2025 | އަންގާރަ 18:03
ފުލުހުންގެ ބެލުމުގެދަށަށް ގެންދިއަ ތިން މީހުން: މި ތިން މީޙުންވެސް ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން
ފުލުހުންގެ ބެލުމުގެދަށަށް ގެންދިއަ ތިން މީހުން: މި ތިން މީޙުންވެސް ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން
ޕޮލިސް މީޑިޔާ
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިން މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ ތިން މައްސަލައެއްގައި ހުޅުމާލެއިން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަން ފުލުހުން ވަނީ ހާމަކޮށްފަ
އެ މީހުންގެ ތެރެއިން އަހުމަދު ހައްޔަރުކުރީ ހޯމަ ދުވަހުގެ ހަވީރު ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު ފޭސް އެކެއްގެ ހިރުނދުމަގުން
އަމްރު ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭ ދަންވަރު ފޭސް އެކެއް ޕެޓްރޯލުކުރަމުން ދިޔައިރު، ރުއްގަނޑު ދޭއް ސަރަހައްދުން އޭނާ ދުއްވި ސައިކަލު ކަހާލައިގެން ވެއްޓުނު ވަގުތު ފުލުހުން ފެނުމުން ފިލަން މަސައްކަތް ކުރުމާ ގުޅިގެން

މަސްތުވާތަކެތީގެ ތިން މައްސަލައެއްގައި ހުޅުމާލެއިން ތިން މީހުން ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ހިންނަވަރު / އާވާޒް، އުމުރުން 42 އަހަރުގެ އަހުމަދު ގާސިމް އާއި ގދ. ގައްދޫ / ރަޖީނާގެ، އުމުރުން 36 އަހަރުގެ އިބްރާހީމް ނިޔާޒު އަދި ހއ. މާރަންދޫ / ސަނީބީމް، އުމުރުން 20 އަހަރުގެ އަމްރު ޖަލީލް އެވެ.

ފުލުހުން ބުނީ އެ މީހުންގެ ތެރެއިން އަހުމަދު ހައްޔަރުކުރީ ހޯމަ ދުވަހުގެ ހަވީރު ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު ފޭސް އެކެއްގެ ހިރުނދުމަގުން އޭނާ ފެނުނުއިރު، އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހު ކަމަށެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ރަބަރު ޕެކެޓެއްގެ އިތުރުން ދެ ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

އަމްރު ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭ ދަންވަރު ފޭސް އެކެއް ޕެޓްރޯލުކުރަމުން ދިޔައިރު، ރުއްގަނޑު ދޭއް ސަރަހައްދުން އޭނާ ދުއްވި ސައިކަލު ކަހާލައިގެން ވެއްޓުނު ވަގުތު ފުލުހުން ފެނުމުން ފިލަން މަސައްކަތް ކުރުމާ ގުޅިގެންނެވެ. ފުލުހުން ބުނި ގޮތުގައި 119 ނަންބަރު ފްލެޓް ކައިރިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު 48 ދަޅު ބަނގުރާ ފެނިފައިވާ ކަމުގަ އެވެ.

އިބްރާހީމް ވެސް ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭ ދަންވަރެވެ. އޭނާ ހައްޔަރުކުރީ ފޭސް ދޭއް ޕެޓްރޯލުކުރަމުން ދިޔައިރު، ހިޔާ ޓަވަރު 16 ކައިރިން ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 67 ރަބަރު ޕެކެޓު ފެނިފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ފުލުހުން ގެންދަނީ އެ މައްސަލަތައް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް