ކ. މާލެ
|
19 އޯގަސްޓް 2024 | ހޯމަ 09:33
ލަނޑުޖެހުމަށްފަހު ސިޓީ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-މެންޗެސްޓަރ ސިޓީ
ލަނޑުޖެހުމަށްފަހު ސިޓީ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-މެންޗެސްޓަރ ސިޓީ
އިނގިރޭސި ޕްރިމިއަރ ލީގު
ހާލަންޑްގެ 100 ވަނަ މެޗުގައި ސިޓީގެ ފެށުން ރަނގަޅު
ސިޓީން މެޗު ކާމިޔާބުކުރީ 2-0 ން ނެވެ.

މެންޗެސްޓަރ ސިޓީއަށް ފޯވާޑް ހާލަންޑް ކުޅެދިން 100 ވަނަ މެޗުގައި ރަނގަޅު ފެށުމެއް ހޯދައިފިއެވެ.

މެންޗެސްޓަރ ސިޓީއަށް ހާލަންޑް ކުޅެދިން 100 ވަނަ މެޗަކީ އާ ސީޒަންގެ އިނގިރޭސި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗެވެ. މެޗު ސިޓީން ކާމިޔާބުކުރީ 2-0 ނެވެ. 18 ވަނަ މިނިޓްގައި ސިޓީން ލީޑް ނެގީ ހާލަންޑް ޖެހި ގޯލުންނެވެ. އެއީ ބެނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ހާލަންޑް 2022 ވަނަ އަހަރު ސިޓީއަށް ބަދަލުވެ ކުޅުނު 100 މެޗުން 91 ގޯލް ވަނީ ޖަހާފައެވެ. ކުރީގެ ކްލަބް ޗެލްސީ ކޮޅަށް ލަނޑު ޖަހައިގެން, ސިޓީގެ ލީޑް ފުޅާކޮށްދިނީ ދެވަނަ ހާފްގައި މިޑްފީލްޑަރ ކޮވަސިޗް އެވެ. ޕެނަލްޓީ އޭރިޔާގެ ބޭރުން ކްރޮއޭޝިޔާގެ މިޑްފީލްޑަރ ފޮނުވާލި ބޯޅަ ގޯލަށް ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށެވެ.

މެޗުގައި ހާލަންޑް ލަނޑު ޖެހުމުގެ ފަހުން ޖެެމީ ޑޮކޫ ފޮނުވާލި ރަނގަޅު ބޯޅައެއް ކީޕަރު ސަންޗޭޒް ދިފާއު ކުރިއެވެ. އަދި ކެވިން ޑި ބުރައިނާ ފޮނުވާލި ރަނގަޅު ބޯޅަ ގޯލާ އަމާޒު ނުވިއެވެ. ޗެލްސީން އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ ޖެކްސަން އަށެވެ. އޭނާ ބޯޅަ ގޯލަށް ފޮނުވާލިނަމަވެސް އޮފްސައިޑްވުމުން ބަލައި ނުގަތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް