Advertisement
ކ. މާލެ
|
18 އޯގަސްޓް 2024 | އާދީއްތަ 23:55
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
އަމްނާ އިމާދު
ަރައީސް މުއިއްޒު އާއި އިންޑިއާ
ރައީސް މުއިއްޒު ވަނީ އިންޑިއާއަށް ކޮމްޕޮރޮމައިޒްވެފައި، މިކަމުގައި ނޭނގޭ ކަންތައްތައް ހޯދަންޖެހޭ: ޔާމީން
މިއަދު އެބޭފުޅުން ކީހާޅެން ވަނީ ފަރިއްސަށްވެފައި
މިއަދު ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތާ މެދު ސުވާލު އުފެދޭ
މަޖިލިސް މެންބަރުން މުލިއާގެއިން ލިބޭ އިތުރު 50،000 ރުފިޔާއަށް ތަބާވާން ނުޖެހޭނެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިންޑިއާއަށް ވަރަށް ބޮޑަށް ކޮމްޕޮރޮމައިޒް ވެފައިވާ ކަމަށާއި، މިކަމުގައި ނޭނގޭ ކަންތައްތައް ހޯދަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ޖަލްސާގައި އޯޑިއަންސްގައި އިންނަވައި ޔާމީން ވިދާޅުވީ ކުއްލި އަކަށް ރައީސް މުއިއްޒު އިންޑިއާ އަށް ކޮމްޕޮރޮމައިޒް ވެފައިވާ ކަމަށާއި، ކޮމްޕޮރޮމައިޒްވާ ސަބަބުތަކެއްވާނެ ކަމަށެވެ.

Advertisement

ދިވެހި ރައްޔިތުންނަށް މިއަދު އެންމެ ސާފުކޮށް ފެންނަން އޮތް މަންޒަރަކީ އެއީކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ މިއަދު އެބޭފުޅުން ކީހާޅެން ފަރިއްސަށްވެފައިވާ ކަމަށެވެ. މީގެ އިތުރުން ޔާމީން ވިދާޅުވީ ޖަވާބުދާރީ ކުރުވަން ރައްޔިތުންގެ މަޖިލީހަށް އައި މެންބަރުން ވެސް ތިއްބެވީ އެހާލަތުގައި ކަމަށާއި، މިއަދުގެ ރައްޔިތުންގެ މަޖިލިސް ވެސް ނުކުޅެދިފައިވާ ކަމަށެވެ.

ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ގެނައީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައިދިނުމަށް ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު އިންޑިއާއަށް އެހައި ބޮޑަށް ކޮމްޕޮރޮމައިޒްވާ ސަބަބުންތައް ހޯދައި ތަހުގީގުކޮށް ރައްޔިތުންނަށް އެކަންކަން ހާމަކޮށްދޭންޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

މުއިއްޒަކީ އެހާ ބޮޑަށް އިންޑިއާ އަށް ކޮމްޕޮރޮމައިޒް ވެފަ ހުރި ބޭފުޅަކަށް މިވަނީ ކީއްވެހޭ. މުއިއްޒުގެ ކޮން ކަންތައްތަކެއް އިންޑިއާ ސަރުކާރަށް އެނގޭތީހޭ މުއިއްޒު ކޮމްޕޮރޮމައިޒް ވެގެން މިއުޅެނީ. ޝައްކަތް ނެތް މިންވަރަށް އެބަ އެނގޭ މުއިއްޒު ކޮންޕްރަމައިޒް ވެފައި ހުރިކަން. އެއީ ރައްޔިތުންގެ މަޖިލިސް ނުކުޅެދިފައި މިއޮތީ. އެންމެ ވަރުގަދައަށް އިންޑިއާ އައުޓްގެ ހަރަކާތްތަކާއި، މިހުރިހާ ވާހަކައެއް މިނިވަން ޖަރނަލިސްޓެއް ގޮތުގައި ލިޔެމުން އައީ އަޒާން ދިޔަރެސްގައި. އެފަކީރު ފޮނުވާފައި ހުރީ އިންޑިއާ ހާރިޖީ ވަޒީރު އައްޑޫއަށް ކުރެއްވި ދަތުރުގައި މެހެމާންދާރީ އަދާކުރަން އިސްތިގުބާލް ކުރަން އެއާޕޯޓުގައި އެނގޭތޯ. އެހެންވީމަ ކިހިނެތްހޭ މިވަނީ. އަހިވަކާޖެހި އަހިވަށް ފާވާ ވާހަކަ މިދައްކަނީ މިހެން ވެގެންހޭ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް މުއިއްޒު ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކަށް އަލިއަޅުއްވާލައްވާ ޔާމީން ވިދާޅުވީ ސިޔާސީ މީހުންގެ ދެކެ ރައްޔިތުން ރުޅި އަންނަ ކަމަށް ތަކުރާރުކޮށް ރައީސް މުއިއްޒު ވިދާޅުވާ ކަމަށެވެ. އެއީ ސިޔާސީ މީހުން ދޮގު ހަދާތީ ކަމަށާއި، ނަމަވެސް ރައީސް މުއިއްޒު ރައްޔިތުންނަށް އޮޅުވާލައި، ދޮގު ނުހަދާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ބަހާ އަމަލު ދިމާކުރާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އިންތިޚާބު ތެރޭގައި ރައީސް މުއިއްޒު ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ވީޑިއޯތަކަށް ބަލާލުމުން ރައްޔިތުންނަށް ގިނަ ކަންކަން ސާފުވެގެންދާނެ ކަމަށެވެ. އެހެންކަމުން މިއަދު ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތާ މެދު ސުވާލު އުފެއްދެން އެބައޮތް ކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވައި، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، ގާނޫނު އަސާސީ ދަމަހައްޓާ ނަގަހައްޓަންޖެހޭ ކަމަށެވެ. މާތް ﷲ ގަންދީ ހުވާ ކޮށްގެން އައިސް ތިބި މެންބަރުންނަށްވާއިރު، މުލިއާ ގެއިން ލިބޭ އިތުރު 50،000 ރުފިޔާއަށް ތަބާވާން ނުޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

މުއިއްޒު އެއްފަހަރަށް ވުރެ ގިނަ ފަހަރު އެބަ ވިދާޅުވޭ ރައީސް ކަމުގައި ހުންނަވައިގެން އަދި ރައީސް ކަމަށް ކުރިމަތިލެއްވިއިރު ވެސް ވިދާޅުވި ސިޔާސީ މީހުން ދައްކާ ވާހަކަ ރައްޔިތުން ގަބޫލުނުކުރަނީ ގަބޫލު ނުކުރަންވެގެންނޭ. އެއީ ސިޔާސީ މީހުން ދޮގު ހަދާތީއޭ. އެހެންނަމަވެސް މިސަބަބަށް ޓަކައި ތިމަންމަނިކުފާނަށް ވޯޓު ދޭންޖެހޭ. އެއީ ތިމަންމަނިކުފާނަކީ ބަހާ އަމަލު ދިމާ ކުރާ މީހެކީމޭ. އެނގޭތޯ. އެ ވީޑިއޯއިން ފެނިގެން މިދަނީ. އެހެންވީމަ ކޮން ވާހަކައެއްތޯ މުއިއްޒު މިދައްކަވަނީ. ކޮބައިތޯ އޭ މުއިއްޒުގެ ހާރިޖީ ސިޔާސަތަކީ. ކޮބައިތޯއޭ ރައްޔިތުން މަޖިލީހުގެ މެންބަރުން. އެތިބީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް. ގާނޫނު އަސާސީ ދަމަހައްޓާ ނަގަހައްޓަން. ﷲ ގަންދީ ހުވާ ކޮށްގެން އައިސް ތިބި ބައެއް. އެމީހުންނަކީ މުލިޔާގެއިން ލިބޭ އިތުރު 50،000 ރުފިޔާއަށް ތަބާވާން ޖެހޭ ބައެއް ނޫން.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޔާމީން ވިދާޅުވީ ކޮންމެ މީހަކު ވެސް މާއްދީ ތަނަވަސްކަން ބޭނުންވާނެ ކަމަށެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ ވަރުގަދަ އަހުދެއް ކޮށްގެން އައިތިބި ބައެއް ކަމަށެވެ. އެހެންކަމުން މިއަދު ރާއްޖޭގެ މިނިވަންކަމާމެދު، އަދި ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް ކުރަމުންދާ މަސައްކަތާމެދު ސުވާލު އުފައްދާ ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް