Advertisement
ކ. މާލެ
|
18 އޯގަސްޓް 2024 | އާދީއްތަ 13:40
ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން
ރާއްޖެއެމްވީ
ޔާމީންގެ މައްސަލަ
ކުރީގެ ރައީސް ޔާމީނަށް ކޮށްފައިވާ ޙުކުމް ބާތިލުކުރި މައްސަލަ ދަށު ކޯޓުގައި އަންގާރަ ދުވަހަށް ތާވަލުކޮށްފި
އެ މައްސަލަ ބަލަން ހައިކޯޓުން ކްރިމިނަލް ކޯޓަށް އެންގީ 18 އެޕްރީލް 2024 ގަ
ޔާމީނަށް ކުރި މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާގައި 7 އަހަރަށް ޖަލަށް ލުމާއެކު، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކުރި
ޔާމީނުގެ ފަރާތުން ހުށަހެޅި ގިނަ އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައިވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ މައްޗަށް

ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމް ބާތިލްކުރި މައްސަލަ ދަށު ކޯޓުގައި އަންގާރަ ދުވަހަށް ތާވަލުކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް އަލުން އެ މައްސަލަ ބަލަން ހައިކޯޓުން ކްރިމިނަލް ކޯޓަށް އެންގީ 18 އެޕްރީލް 2024 ގައެވެ.

480 ދުވަސް ފަހުން ރައީސް ޔާމީން މިނިވަންވެވަޑައިގެންނެވި އިރު، މި މައްސަލަ އަލުން ބަލަން ހައިކޯޓުން ކްރިމިނަލް ކޯޓަށް އެންގި ނަމަވެސް އަދިވެސް އެ މައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލުކުރުން ލަސްވާތީ ޔާމީންގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކްރިމިނަލް ކޯޓުން އެމަނިކުފާނު ޖަލަށްލާން ހުކުމްކޮށްފައިވަނީ ވ. އާރަށު މައްސަލާގައި އުފުލާފައިވާ ދައުވާތައް ސާބިތުވެގެންނެވެ. ޔާމީނަށް ކުރި މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާގައި 7 އަހަރަށް ޖަލަށް ލުމާއެކު، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކުރިއެވެ. އަދި ޔާމީނުގެ މައްޗަށް ކުރާ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާކަަމަށް ކަނޑައަޅުއްވައި، 4 އަހަރުގެ ޖަލު ޙުކުމެއް އިއްވިއެވެ.

ހައިކޯޓުގައި މި މައްސަލަ ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށް ޔާމީނުގެ ފަރާތުން ވަނީ މި މައްސަލައިގައި އިއްވާފައިވާ ޙުކުމާއި، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓާ ތަފާތު ކަމަށާއި، އެކަމުގެ ސަބަބުން އިސްތިއުނާފަށްވެސް އޭގެ އަސަރު ކޮށްފައިވާ ކަމަށް ފާހަގަކޮށްފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހުށަހަޅާފައިއެއް ނުވެއެވެ. އެހެންކަމުން ހައިކޯޓުން އެ ނުކުތާގައި ގޮތެއް ނިންމާފައެއް ނުވެއެވެ.

Advertisement

ޔާމީނުގެ ފަރާތުން ހުށަހެޅި ގިނަ އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައިވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ މައްޗަށެވެ.

ޔާމީނުގެ މައިގަނޑު ޖަދަލަކީވެސް އެ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ލިބިދީފައި ނެތުމުން، ބޭއިންސާފު ކުރިމަތިވެފައިވާ ކަމެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރު ހުޒައިފާ ވިދާޅުވީ، ދެފަރާތުން ހުށަހަޅާފައިވާ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ފުރުސަތު ދެވި، އަލުން އެކަންކަން ބަލަން ޖެހޭ ކަމަށެވެ. ފަނޑިޔާރުގެ ނިންމެވުމަށް ބާކީ ތިއްބެވި ދެ ފަނޑިޔާރުންވެސް ތާއީދު ކުރެއްވިއެވެ.

އެހެންކަމުން ފަނޑިޔާރުން ނިންމަވާފައިވަނީ ހައިކޯޓުގެ އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ބަލައިގަނެ، އެކަންކަމާމެދު އަލުން ގޮތެއް ނިންމުމަށްޓަކައި ކްރިމިނަލް ކޯޓަށް މި މައްސަލަ ތަހުވީލު ކުރުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް