Advertisement
ކ. މާލެ
|
4 އޯގަސްޓް 2024 | އާދީއްތަ 11:09
ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން
ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން
ރާއްޖެއެމްވީ
ޓެރަރިޒަމްގެ މައްސަލަ
ޓެރަރިޒަމްގެ މައްސަލައެއްގައި ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން ހަމައެކަނި އިއުތިސާމު ބަންދުގައި ބަހައްޓާތީ ދިފާއުގެ ކަންބޮޑުވުން
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށް
4 މީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ

2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މާލޭގައި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އައިއީޑީއެއް ތައްޔާރު ކުރުމަށް ބޭނުންވާ ތަކެއްޗާއި ކެމިކަލް، ތަނެއްގެ ތެރޭގައި ތައްޔާރުކޮށް އައިއީޑީއެއް ހަދާ އެ ގޮއްވާލުމަށް ރާވަމުންދާކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށެވެ. އެއީ އިއުތިސާމް މުޙައްމަދު ސައީދާއި، މުޙައްމަދު ތަސްލީމާއި، ނާސިއު މުޙައްމަދުގެ އިތުރުން، ޝިމާން ޝަރީފެވެ. އެ 4 މީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން ބުނާ ގޮތުގައި އެމީހުން ރާވަމުންދިޔައީ ޖޭޕީ އޮފީސް އިމާރަތް ހުންނަ މާފަންނު ކުނޫޒުގޭގައި ޖަލްސާއެއް ކުރިއަށް ދިޔަ ވަގުތު، އެތަނުގައި އައިއީޑީއެއް ގޮއްވާލުމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

މި އަޑުއެހުމަކީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާމެދު ގޮތް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ.

އޭގެ ތެރެއިން ސިއްރު ހެކިވެރިންގެ ހެކިބަސް ކާކުކަން ނޭނގޭ ގޮތަށް ނަގައިދިނުމަށް އެދި ދައުލަތުން ހުށަހެޅި ހުށަހެޅުމާއި، ދިފާއުން ހުށަހެޅި ބައެއް ހެކިތައް ބަލައިނުގަތުމަށް އެދި ދައުލަތުން ހުށަހަޅާފައިވާ ހުށަހެޅުންތަކެއް ޝަރީއަތުން ވަނީ ބަލައިގެންފައެވެ.

އޭގެ އިތުރުން، ބައެއް ދިފާއީ ހެކިން ބަލައިނުގަތުމަށް އެދި ދައުލަތުން ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތުމަށްވެސް ޝަރީއަތުން ނިންމިއެވެ. އޭގެ ތެރޭގައި 7 ހެއްކެއް ހިމެނެއެވެ.

Advertisement

ދިފާއުންވެސް ވަނީ ދައުލަތުގެ ބައެއް ހެކިންގެ ހެކިބަސް ބަލައިނުގަތުމަށް އެދި ހުށަހަޅާފައެވެ. ނަމަވެސް ޝަރީއަތުން އެ ހުށަހެޅުން ބަލައިގެންފައެއް ނުވެއެވެ.

މި އަޑުއެހުުމުގައި އިއުތިސާމްގެ ވަކީލު އަހުމަދު ޔާމީނު ވިދާޅުވީ، އޭނާ ބަންދުގައި ހުންނަނީ ވަރަށް ބޭއިންސާފު ގޮތަކަށް ކަމަށާއި، އޭނާ ބަންދުގައި ބަހައްޓާ މަސްލަހަތެއް ސާފު ކުރުމަށް ދިފާއުން ކުރި މަސައްކަތަށް އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. ދިފާއީ ވަކީލު ވަނީ މިއީ އިންސާފުގެ ތަަރަހައިގެ ތެރެއިން އެއްމިން ކުރެވެން ޖެހޭ ކަމެއްކަން ފާހަގަ ކުރައްވާފައެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، ވަކީލުގެ ސިޓީއެއް ލިބިފައިވާ ކަމަށާއި، އެ ސިޓީއަށް ދައުލަތުން ޖަވާބު ދީފައިވާނެ ކަމަށެވެ.

އެކަމާ ދިފާއީ ވަކީލު ވިދާޅުވީ، ދިފާއުން ބަލަން ބޭނުންވަނީ ހަމައެކަނި އޭނާ ބަންދުގައި ބަހައްޓާ މަސްލަހަތެއް ސާފު ކުރުމަށް ކަމަށެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި ޓެރަރިސްޓް ޖަމާއަތެއްކަަމަށްވާ އައިސިސްއަށް ތާއީދުކުރާކަން ދޭހަވާފަދަ ތަކެތި ގެންގުޅުނުކަމަށް ތުހުމަތުކޮށްވެސް އިއުތިސާމަށް ދައުވާ އުފުލިއެވެ. ނަމަވެސް އެ ދައުވާ ސާބިތުނުވާކަމަށް 2023 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

މި ހިނގަމުންދާ މައްސަލައިގައި ދެން އޮންނާނީ ޝަރީއަތުގެ މަރުޙަލާ ފަށައި، ހެކިންގެ ހެކިބަސް ނެގުމެވެ. ގާޒީ ވަނީ ސެޕްޓެމްބަރު މަހު ތެރޭގައި ހެކިބަސް ނެގުމުގެ އަޑުއެހުންތަކެއް ތާވަލުކޮށްފައެވެ. ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އޮންނަ އަޑުއެހުމުގައި އިފްތިތާޙީ ބަޔާން އިއްވައި ހެކިބަސް ނަގަން ފަށާނެކަމަށް ގާޒީ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް
4 އޯގަސްޓް 2024 | އާދީއްތަ 20:41
ކަލޯ
ބަލަ މުއިއްޒު ވެސް ހަނދާން ނެތުނީ ތޯއްޗެ ރިޔާސީ އިންތިހާބުގަ ވީ ވަޢުދު. ބޭއިންސާފުން ވާނުވާ ޖަހައިން މިހެން ޖަލުތަކުގަ އެތައް އަހަރެއް ވަންދެން ދަމާ ކުދިންނަ އިންސާފު ހޯދަދޭން ވަޢުދުވެފަ ދޫކުރަނީ ބާރު ސްޕީޑުގަ ދުއްވާ މީހުންނަށް ނުހައްޤު އަނިޔާދޭ ކުއްވެރިންނާ ޑްރަގް ވިއްކާ ބޮއެ ހަދާ މީހުން. މީ މި މީހުން މިބުނާ އިންސާފުވެރިކަމަކީ
4 އޯގަސްޓް 2024 | އާދީއްތަ 20:36
ހުދު ހުދު
ތިޔަ ބުނާ އަލީ ނަދީމު ޤާޒީ އަކު އިންނަވަނީ ހިތްޕަވައިން ޝަރަިއަތުގެ މަޖިލީހުގަ ވެސް.. އަޑުއެހުންތަކަށް ވަންނަ މީހުންނަށް އެނގޭނެ މީ ހަޤީގަތްކަން. ތި ނަދީމު ދަންނަ މީހަކަށް ވިއްޔާ ވެސް އެނގޭނެ ގަދައަށް ބައްލަވާ ބޭފުޅެއްކަން. ހުކުމް އިއްވާއިރު ލިޔެފަ ހުންނަ އެއްޗެހި ވެސް ބަލައިގެން ވެސް ނުކިޔޭ ހާލުގަ އިންނަވަނީ. ދެން ކިހިނެތް މިވަރު މީހުން އިންސާފުވެރިކޮން ޝަރީއަތް ހިންގަނީ