ކ. މާލެ
|
18 ޖޫން 2025 | ބުދަ 00:44
އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުން
އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުން
ރާއްޖެއެމްވީ
ޔޯގާ ހަރަކާތް ހުއްޓުވުން
ޔޯގާ ހަރަކާތް ހުއްޓުވާ ހަމަނުޖެހުން ހިންގުމުން ޕީއެންސީގެ މެމްބަރު އިސްމާއީލާއި އިތުރު ބައެއް މީހުންގެ މައްޗަށް އުފުލި ދައުވާ އަނބުރާ ގެންގޮސްފި
އެ 3 މީހުންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާ އެފަދަ ކަމަކަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ
އެކަމާއި ގުޅޭ ގޮތުން ޕީޖީ އޮފީހުން ނިންމީ ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެ މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާ ބައިވެރިވި ކަމަށް ހެކި ލިބިފައި ނެތް މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް

2022 ވަނަ އަހަރު، ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތެއް ހުއްޓުވުމަށްޓަކާ އެ ތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

2022 ވަނަ އަހަރު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް ދަނޑަށް ވަދެ ހިންގާފައިވާ ހަމަނުޖެހުންތަކާ ގުޅިގެން 18 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. ދައުވާ އުފުލި މީހުންގެ ތެރެއިން ޕީއެންސީގައި އިސްކޮށް އުޅުއްވާ ކުރީގެ މަޖިލީސް މެމްބަރު މުހައްމަދު އިސްމާއިލާއި، ޝައިޚް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާން އަށް ކޮށްފައިވާ ދައުވާ ވަނީ އަނބުރާ ގެންގޮސްފައެވެ.

އެ 3 މީހުންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާ އެފަދަ ކަމަކަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާތައް ރިވިއުކުރުމަށް އެ މީހުން ހުށހެޅީ ކުރިން ކޮށްފައިވާ ދައުވާތައް ރިވިއުކޮށް ދޭން ހުށަހަޅަން އާ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ހުޅުވާލެއްވުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅޭ ގޮތުން ޕީޖީ އޮފީހުން ނިންމީ ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެ މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާ ބައިވެރިވި ކަމަށް ހެކި ލިބިފައި ނެތް މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށެވެ.

މި މައްސަލައިގައި ދައުވާ އުފުލަމުން ޕީޖީ އޮފީހުން ކުރިން ބުނެފައިވަނީ 21 ޖޫން 2022 ދުވަހު ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަޙައްދުގައި ބޭއްވި އެއްވުމުގެ ބައިވެރިން ގަލޮޅު ބޯޅަ ދަނޑު ތެރެއަށް ވަދެގަނެ، ޓެރަރިޒަމްގެ ޢަމަލު ތަކެއް ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ދަޢުވާތައް ކުރުމަށް 02 އޮކްޓޫބަރު 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

- ކޮމެންޓް