ކ. މާލެ
|
2 އޯގަސްޓް 2024 | ހުކުރު 19:51
އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ޤައުމީ ކެޑޭޓް ކޯގެ ޕެރޭޑާ ރޫޓް މާޗް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވަނީ
އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ޤައުމީ ކެޑޭޓް ކޯގެ ޕެރޭޑާ ރޫޓް މާޗް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވަނީ
ރައީސް އޮފީސް
ޝަރަފުގެ ހިނގާލުން ބޭއްވުން
މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ޝަރަފުގެ ހިނގާލުން ބާއްވައިފި
މި ހިނގާލުން ކުރިއަށް ގެންދިޔައީ ހުކުރު ދުވަހުގެ ހަވީރު 4:15 ގައި
ފަސް ތަނެއްގައި ލަޝްކަރު ހުއްޓި، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅިފައިވޭ
ހޮނިހިރު ދުވަހުގެ ހަވީރު 4:15 ގައި ހުޅުމާލޭގައި ޝަރަފުގެ ހިނގާލުން ބާއްވަން ވަނީ ނިންމާފައި

ދިވެހިރާއްޖޭގެ 59 މިނިވަންދުވަހުގެ މުނާސަބަތާއި ގުޅިގެން މާލޭގައި ޝަރަފުގެ ހިނގާލުން ބާއްވައިފިއެވެ.

ޖުލައި 26 ވީ ހުކުރު ދުވަހު ބޭއްވުމަށް ނިންމި ހިނގާލުން ފަސްކޮށްފައިވަނީ މޫސުން ގޯސްވުމާ ގުޅިގެންނެވެ.

ހުކުރު ދުވަހުގެ ހަވީރު 4:15 ގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ގައުމީ ކެޑޭޓް ކޯގެ ޕެރޭޑާ ރޫޓް މާޗް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަސްކަރީ ޕެރޭޑާއި ގައުމީ ކެޑޭޓް ކޯގެ ޕެރޭޑާ ރޫޓް މާޗް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މި ހަރަކާތްތައް ބައްވަލާލައްވަން ނުކުމެވަޑައިގަތެވެ. ރައީސްގެ ދެކަނބަލުން، ނުކުމެވަޑައިގެންނެވީ ރައީސް އޮފީހުގެ ދެކުނުން، އަމީރު އަޙްމަދު މަގަށެވެ.

އަސްކަރީ ޕެރޭޑާއި ރޫޓްމާޗް ބައްލަވާލެއްވުމުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި، ވަޒީރުންނާ ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި އާންމުންގެ ގިނަ ބަޔަކުވެސް ބައިވެރިވެރިވިއެވެ.

ބަންޑާރަކޮށީން ހިނގާލުން ފެށިއިރު، ޖުމްލަ ފަސް ތަނެއްގައި ލަޝްކަރު ހުއްޓި، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅިފައިވެއެވެ. އަދި ހިނގާލުން ނިންމާލާފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެ ހަވީރު 4:15 ގައި ހުޅުމާލޭގައި ޝަރަފުގެ ހިނގާލުން ބާއްވަން އެމްއެންޑީއެފުން ވަނީ ނިންމާފައެވެ.

- ކޮމެންޓް