Advertisement
ކ. މާލެ
|
31 ޖުލައި 2024 | ބުދަ 13:37
 ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
މަޖުލިސް
ކައުންސިލަރުންގެ އަދަދު މަދުކުރުން
ސަރުކާރުން ކައުންސިލަރުންގެ އަދަދު މަދުކުރަން ހިފުން، ނާޒިލް ވިދާޅުވީ މިއީ ރައްޔިތުންނަށް ޚިދުމަތެއް ކޮށްދޭން ތިބޭ ބަޔަކު "ސައިޒްކޮށްލުން" ކަމަށް
ސިޔާސީ މަޤާމުތައް މަދު ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމަށް ނާޒިލް ވިދާޅުވި
އެއް ކައުންސިލަރަކު މަދުވާ ޙާލަތެއްގައި އެ އަވަށެއްގެ "ރިޕްރެޒެންޓޭޝަން" ގެއްލިގެންދޭ
ޚަބަރުގެ އޯޑިއޯ

ކޮންމެ ފަހަރަކުވެސް އެމްޑީޕީ ނޫން ބަޔަކު ވެރިކަމަށް އަންނައިރު ކައުންސިލަރުންގެ އަދަދު މަދުކުރަން މަސައްކަތް ފެށޭކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް ވަނީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް އެހެން ސިޓީ ކައުންސިލްތަކާ ތަފާތުކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އައްޑޫ ސިޓީ ކައުންސިލް ޤާއިމުކޮށްފައިވަނީ ވަކިވަކި އަވަށްތަކުން ހޮވޭ ކައުންސިލަރުން ހިމެނޭ ގޮތަށެވެ.

އެހެންކަމުން އެއް ކައުންސިލަރަކު މަދުވާ ޙާލަތެއްގައި އެ އަވަށެއްގެ "ރިޕްރެޒެންޓޭޝަން" ގެއްލިގެންދާކަން ނާޒިލް ފާހަގަ ކުރެއްވިއެވެ.

Advertisement

މިސާލެއްގެ ގޮތުން ނާޒިލް ވިދާޅުވީ، މަރަދޫ އަވަށު ކައުންސިލަރުގެ ގޮނޑި ގެއްލިއްޖެ ޙާލަތެއްގައި 6 މަސް ދުވަސް އައްޑޫ ސިޓީ ކައުންސިލުގައި މަރަދޫގެ ބައިވެރިވުމެއް ނެތި ހިންގަން ޖެހޭނެ ކަމަށެވެ.

އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އެކަމަށް މި ޤާނޫނުގެ ތެރެއިން ޙައްލެއް ނެތްކަން ނާޒިލް ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން، ކައުންސިލުތައް ކުޑަކުރުމަކީ އެންމެ ޒިންމާދާރު ގޮތެއް ނޫންކަން ފާހަގަ ކުރައްވައި ނާޒިލް ވަނީ ކޮންމެ ފަހަރަކުވެސް އެމްޑީޕީ ނޫން ބަޔަކު ވެރިކަމަށް އަންނައިރު ކައުންސިލަރުންގެ އަދަދު މަދުކުރަން ހިފާލާކަން ފާހަގަ ކުރައްވާފައެވެ.

އެހެންނަމަވެސް ސިޔާސީ މަޤާމުތައް މަދު ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމަށް ނާޒިލް ވިދާޅުވިއެވެ.

ރައްޔިތުންނަށް ޚިދުމަތެއް ކޮށްދޭން ތިބޭ ބަޔަކު "ސައިޒްކޮށްލާ" ވާހަކަ މި ދެކެވެނީ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ނާޒިލް އެހެން ވިދާޅުވެފައިވާއިރު، ސަރުކާރުގެ ވަރަށް ގިނަ މެމްބަރުން ވަނީ ކައުންސިލަރުން މަދު ކުރަންޖެހޭ ކަމަށް ވިދާޅުވެ، ކައުންސިލަރުން ބައިތިއްބައިގެެން ރަށްރަށަށް ކުރާ ހޭދައަކީ ބޭކާރު އެއްޗެއްކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް