Advertisement
ކ. މާލެ
|
30 ޖުލައި 2024 | އަންގާރަ 03:15
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އަވަށު ސްކޫލްތަކުގެ މުދައްރިސުންނާއި އިދާރީ މުވައްޒަފުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އަވަށު ސްކޫލްތަކުގެ މުދައްރިސުންނާއި އިދާރީ މުވައްޒަފުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
އަވަށު ސްކޫލްތަކުގެ ތަރައްގީ
ސިޓީ ކައުންސިލްގެ ބެލުމުގެދަށުގައި ހުރި އަވަށު ސްކޫލްތަކަށް ބޭނުންވާ ކަންތައްތަކާއި ގުޅޭގޮތުން މޭޔަރު އާޒިމް މަޝްވަރާ ކުރައްވައިފި
ޖަމިއްޔާތަކުންނާއި އެމްބަސީތަކުން ތަމްރީނުގެ ފުރުސަތު ހޯދާ މުދައްރިސުން ތަމްރީނުކުރެވޭނެ
ސްކޫލްތަކަށް އާމްދަނީ ހޯދޭނެ ގޮތްތައް ހަދައި އަންނަ އަހަރުގެ ބަޖެޓުގައި މަސައްކަތްތަކެއް ވަނީ ހިމަނާފައި

ސިޓީ ކައުންސިލްގެ ބެލުމުގެދަށުގައި ހުރި ސްކޫލްތަކަށް ބޭނުންވާ ކަންތައްތަކާއި ގުޅޭގޮތުން މޭޔަރު އާދަމް އާޒިމް މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ އަވަށު ސްކޫލްތަކުގެ މުދައްރިސުންނާއި އިދާރީ މުވައްޒަފުންނާއެކު މޭޔަރު އާދަމް އާދަމް ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

Advertisement

މާލެ ސިޓީގެ މާޔަރު އާދަމް އާޒިމް ވިދާޅުވީ މި ބައްދަލުވުމަކީ މިފަދަ ފުރަތަމަ ބައްދަލުވުމަށްވެފައި ބޭނުންވަނީ މި ބައްދަލުވުމުގައި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ސްކޫލްތަކުގެ ޓީޗަރުން ތަރައްގީކުރުމަށް ކުރެވޭނީ ކޮންކޮން ކަންތަކެއްތޯ ބައްލަވަން ކަމަށެވެ. އާޒިމް ވިދާޅުވީ ޖަމިއްޔާތަކުންނާއި އެމްބަސީތަކުންވެސް ތަމްރީނުގެ ފުރުސަތުތައް ލިބިފައި އެބަހުރި ކަމަށާއި، ޕްރީސްކޫލްތައް ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ނަމަ ސްކޫލްތައް ތަރައްގީކުރުމަށް ކުރެވެންހުރީ ކޮންކަމެއްތޯ ބަލާ އެކަންކަން ކުރައްވަން ބޭނުންވާ ކަމަށެވެ.

އެގޮތުން ގައުމުތަކާއެކު މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށާއި، އެއްބަސްވުންތަކެއް ހެދިގެންދާއިރު، މި ބައްދަލުވުމުގެ ތެރެއިން މަޝްވަރާކޮށް ހިޔާލު ބަދަލުކޮށް އެކަންކަން ވެސް ހުށަހެޅިދާނެ ކަމަށެވެ.

ޕްރީސްކޫލަކީ އެންމެ މުހިންމު އެއް މަރުހަލާ ކުއްޖަކު ޑިވަލަޕް ކުރުމަށް. އެހެންކަމުން އެ ޕްރީސްކޫލުގައި ތިބި ޓީޗަރުންނަކީ ހަރުދަނާ ބަޔަކަށް ހެދުމަށްޓަކައި އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ކޮށްދެވެންޖެހޭ. ހަމައެކަނި އިމާރާތެއް އަޅައިގެން ނުވާނެ. ސްކޫލްތަކުގައި އެވަރުގެ ބަޖެޓެއް ނުހުރޭ ތަމްރީނުގެ ޕްރޮގްރާމްތައް ހޯދާ އިތުރު ކަންތައްތައް ކުރަން. އަޅުގަނޑުމެންނަށް އެބަލިބޭ ބައިވަރު ތަމްރީނުގެ ފުރުސަތުތައް. ފްރީކޮށް ތަމްރީނު ނަގައިދޭނެ މީހުން އެބަލިބޭ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ސްކޫލްތަކަށް ފަންޑް ހޯދުމަށްވެސް މަސައްކަތްތަކެއް ކުރެވިދާނެ ކަމަށެވެ. އެގޮތުން ހޯލްތައް ކުއްޔަށް ދޫކުރެވިދާނެ ކަމަށާއި، ހޯލްތައް ނެތް ސްކޫލްތަކުގައި އެކަން ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި އެކަން ހިމަނާފައިވާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ ޓީޗަރުންނާއި ސްކޫލްތަކުގެ ތަރައްގީއަށް މަސައްކަތް ކުރެއްވުމަށް ޕްލޭންތަކެއް ހެދިފައިވާ ކަމަށާއި، އެ މަސައްކަތްތައްވެސް ކައުންސިލުން ކުރިއަށްގެންދަވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި އާޒިމް ވަނީ ސްކޫލްތަކުގެ ހުރި ކަންބޮޑުވުންތައް ހޯދާ ކައުންސިލުން އެކަން ކަމަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް