ކ. މާލެ
|
26 ޖޫން 2025 | ބުރާސްފަތި 09:38
ފްލެޓު އަތުލާ މައްސަލަ ބަލަން ހުށަހެޅި ސައިފް: އެ މައްސަލައިގައި ވާހަކަ ދައްކަން ވެސް ޕީއެންސީ ކައުންސިލަރުން ބޭނުމެއް ނުވި
ފްލެޓު އަތުލާ މައްސަލަ ބަލަން ހުށަހެޅި ސައިފް: އެ މައްސަލައިގައި ވާހަކަ ދައްކަން ވެސް ޕީއެންސީ ކައުންސިލަރުން ބޭނުމެއް ނުވި
މާލެ ސިޓީ ކައުންސިލް
ފްލެޓް ލިސްޓު މައްސަލަ
އާ ޝަރުތެއް އުފަންކޮށްގެން ފްލެޓު އަތުލަމުން އަންނަ މައްސަލަ ބަލަން ސިޓީ ކައުންސިލުން ދެކޮޅު ހަދައިފި
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބުނު ބައެއް މީހުންގެ އަތުން ފްލެޓު އަތުލުމުގެ މައްސަލަ ނުބަލަން މާލޭ ސިޓީ ކައުންސިލުން ފާސްކުރީ ބުދަ ދުވަހު

އާ ޝަރުތެއް އުފަން ކުރުމަށްފަހު އެކަމަށް ބިނާކޮށް އަދި ފަހުން ހާލަތަށް އަންނަ ބަދަލަކަށް ރިއާޔަތްކޮށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބުނު ބައެއް މީހުންގެ އަތުން ފްލެޓު އަތުލާ މައްސަލަ ނުބަލަން މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

މި މައްސަލަތައް ބަލަން ހުށަހެޅީ ސައިފް ފާތިހު (އައިކޮ) އެވެ. އެހެން ނަމަވެސް ވެރިކަން ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮތް ކައުންސިލަށް ހުށަހެޅި މި މައްސަލަތަށް ނުބަލަން ފާސްކުރީ ބުދަ ދުވަހުގަ އެވެ.

ސައިފް ފާތިހު އެންމެ ފުރަތަމަ ހުށަހެޅީ ފްލެޓު ދޭން ކަނޑައެޅި އެންމެނަށް ފްލެޓު ދިނުމަށް ގޮވާލުމަށެވެ. ފަހުން ހުށަހެޅީ ކައުންސިލުގެ ހައުސިން ކޮމިޓީއިން އެ މައްސަލަ ބެލުމަށެވެ. އެ ދެ ހުށަހެޅުން ވެސް ފާހެއް ނުވި އެވެ.

އޭގެ އިތުރުން، ފޯމު ހުށަހެޅި ފަހުން ހާލަތަށް އަންނަ ބަދަލަކުން ޕޮއިންޓު އުނި ކުރާ މައްސަލަ ބަލަން ވެސް ކައުންސިލުން ދެކޮޅު ހެދި އެވެ. ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ނިޔާވުމުން، އެކަމަށް ބިނާކޮށް ވެސް ޕޮއިންޓު އުނިކޮށްފައިވެ އެވެ.

ހާޒިރުވި 15 ކައުންސިލަރުންގެ ތެރެއިން ހުށަހެޅި ހުށައެޅުމަށް ތާޢީދުކޮށް ވޯޓުދެއްވީ 5 ކައުންސިލަރުންނެވެ. އެއީ ސައިފުގެ އިތުރުން މަރިޔަމް ނާޒިމާ ފާއިޒާއި، އިޝާން ޢަލީ އާއި، އިބްރާހިމް އަބޫބަކުރު އަދި ސަޢީދާ ރަޝާދު އެވެ.

އަނބިމީހާ ނުވަތަ ފިރިމީހާއަށް ސޯޝަލް ހައުސިންގ ސްކީމަކުން ތަނެއް ލިބިފައި ނެތުމަކީ ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލިއިރު ފުރިހަމަވާންޖެހޭ ޝަރުތެއް ނޫނެވެ. އެކަމަކު، އަނބިމީހާ ނުވަތަ ފިރިމީހާއަށް ސޯޝަލް ހައުސިންއެއް ލިބިފައިވާ ނަމަ ފްލެޓު ނުލިބޭނެކަން މެއި 29، އިން ފެށިގެން ހައުސިން މިނިސްޓްރީ އިން ދަނީ އަންގަމުންނެވެ.

ހައުސިންގް މިނިސްޓްރީ އިން އަންގަމުން ދާކަން ފާހަގަކުރިން. އަދި ގޯލު ޖަހަން ފައިނެގީމާ ގޯލް ޕޯސްޓް މޫވްކުރުންފަދަ ކަމެއް ކަމާއި، ފަހުން ހަދާ ޤަވާއިދެއް، އުސޫލަކުން ކުރިން ހިނގިކަމެއްގެ މައްޗަށް އަދަބުދީ، ފިޔަވަޅު އެޅުމަކީ ނަހަމައެއް ކަމަށާއި، 2022/G-20 އުސޫލުން ކުރިމަތިލިއިރުޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ޙަވާލުކުރާން ސަރުކާރަށް ގޮވައިލާން ފެންނަ ކަމަށް ހުށަހެޅިން

ސައިފް ފާތިހު (އައިކޮ)

ފްލެޓު އެވޯޑު ކުރުމުގައި ކުރިން ނެތް ޝަރުތެއް އުފަން ކުރުވައިގެން ފްލެޓު އަތުލަމުންދާނީ އެ މައްސަލަ ކޯޓަށް ހުށަހަޅަން ވެސް ދަނީ ތައްޔާރުވަމުންނެވެ. އެ މައްސަަލަ ކޯޓަށް ހުށަހަޅަން މަސައްކަތް ކުރަނީ ފަހި ޔޫނިއަން ޖަމިއްޔާއިންނެވެ.

މި 4000 ހައުސިން ޔުނިޓްތަކަކީ ކުރީ ސަރުކާރުގައި އިމާރާތްކޮށް، ސްޓަރަކްޗަރގެ ހުރިހާ މަސައްކަތެއް ނިންމާފައިވާ މަޝްރޫއެކެވެ. އަދި ފްލެޓު ލިބޭނެ މީހުންގެ ލިސްޓްވެސް ފައިނަލް ކޮށްފައިވެއެވެ.

އެހެން ނަމަވެސް މިސަރުކާރުން ފުރަތަމަ ވަނީ އެލިސްޓަށް ފްލެޓުތައް ދޫކުރުމަށް ދެކޮޅު ހަދައި، މައްސަލަތަކެއް ބަލާކަން ހާމަކޮށްފައިވެއެވެ.

މިސަރުކާރަށް ދޮޅު އަހަރުވެގެން ދިޔައިރު ވެސް މި މައްސަލަ ނިންމިފައިނުވާތީ، އަދި ގާނޫނީ ގޮތުން ކުރެވޭނެ ކަމަކަށްނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން ކުރީ ސަރުކާރުގެ ފްލެޓު ލިސްޓަށް ފްލެޓުތައް ދޫކުރަން ނިންމައި އެކަން 29 މެއި 2025 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރިއެވެ.

- ކޮމެންޓް