ކ. މާލެ
|
26 ޖުލައި 2024 | ހުކުރު 14:09
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
މަޖިލިސް
ދިވެހިރާއްޖޭގެ މިނިވަން ދުވަސް
ރާއްޖެއަށް މިނިވަންކަން ދެމެހެއްޓޭނީ ބޭރުގެ ދަރަނިން ސަލާމަތްވެ ތިބެގެން: ރައީސް ނަޝީދު
މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވުމުގެ ގޮތުން ހުކުރު ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި
ޚަބަރުގެ އޯޑިއޯ

ދިވެހި ރާއްޖެއަށް މިނިވަންކަން ދެމެހެއްޓޭނީ ބޭރުގެ ދަރަނިން ސަލާމަތްވެ ތިބެގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވުމުގެ ގޮތުން ހުކުރު ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދަރަނި ނެތި އުޅުމުން ސަރުކާރުން ދޭ އެތައް ޚިދުމަތަކުން މަހްރޫމް ވާނެ ކަމަށާއި، އެހެން ނަމަވެސް ބުއްދި އިސްކުރުން މުހިންމު ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި ކޮޅު ނެތް ކޮޅުގެ މިނިވަންކަމެއް ރާއްޖެއަށް ދެމެހެއްޓޭނީ ބޭރުގެ ދަރަނިން ސަލާމަތްވެ ތިބެވިގެން" ރައީސް ނަޝީދު ވިދާޅުވިއެވެ.

- ކޮމެންޓް