އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖޭގެ މިނިވަން ދުވަހާއި ގުޅިގެން ކުރެއްވި ދަތުރުފުޅު ކަވަރކުރުމަށް އައި ބޭރުގެ ނޫސްވެރިންގެ ސުވާލުތަކަށް ސާފު ޖަވާބެއް ނުދެވި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަށް އެތައް ބައެއްގެ ފާޑުކިޔުމާއި ކުރިމަތިލާން ޖެހިއްޖެއެވެ.
އެ މަނިކުފާނާއި ނޫސްވެރިން ސުވާލުކޮށްފައި ވަނީ އިނގިރޭސި ބަހުންނެވެ. ސުވާލުގެ ޖަވާބުގައި ނައިބު ރައީސް ވިދާޅުވާ އެއްޗެއް މުޅިއަކުން ސާފެއް ނޫނެވެ. ވަރަށް ކޮށި ގޮތަކަށް ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ " ދެޓްސް.. މޯލްޑިވްސް.. ވީ އާ ވެރީ ހެޕީ ޓު ވެލްކަމް ހިޒް އެކްސެލެންސީ. އިޓް ވޯޒް ވެރީ ޕްރޮޑަކްޓިވް." މިހެންނެވެ.
އަނެއްކާ ވެސް ނޫސްވެރިއަކު ވަނީ އެމަނިކުފާނާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ބައްދަލުވެފައިވާތީ އެކަމާއި ސުވާލު ކުރައްވާފައެވެ. މި ސުވާލުގެ ޖަވާބު ވެސް ނައިބު ރައީސް ދެއްވީ ހަމަ އެ މޭރުމުންނެވެ. މި ފަހަރު ޖަވާބު ދެއްވީ ކުރިން ވިދާޅުވި ވާހަކަފުޅު އިސްފަސްކުރުމަށް ފަހުގައެވެ. "އިޓް ވޯޒް ވެރީ ޕްރޮޑަކްޓިވް މީޓިން. ވެރީ ވެރީ ހެޕީ ޓު ވެލްކަމް ހިޒް އެކްސެލެންސީ." މިހެން ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.
#WATCH | Male, Maldives: On his meeting with Prime Minister Narendra Modi, Maldivian Vice President Uz. Hussain Mohamed Latheef says, "I met him today, it was a very productive meeting." pic.twitter.com/F6DyR61zes
— ANI (@ANI) July 26, 2025
ނައިބު ރައީސްގެ އިތުރުން ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭރުގެ މީޑިއާ އަށް ޖަވާބުދެއްވި ގޮތަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިފަދަ އިވެންޓްތަކުގައި ކުރުކޮށް ވެސް ޤައުމުގެ ވެރިންނަށް އެއްޗެއް ވިދާޅުވާން ނޭނގުމަކީ ލަދުވެތިކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.