ކ. މާލެ
|
18 ޖުލައި 2024 | ބުރާސްފަތި 17:30
ތައިލެންޑުގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ގިނަ ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގައި ތައިލެންޑުން އަބަދުވެސް މަސައްކަތް ކުރޭ
ތައިލެންޑުގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ގިނަ ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގައި ތައިލެންޑުން އަބަދުވެސް މަސައްކަތް ކުރޭ
އިންޑިއަން އެކްސްޕްރެސް
ތައިލެންޑުން ވިސާ ފްރީ ކުރުން
ފަތުރުވެރިކަމުގެ ދުވެލި ބާރު ކުރަން ތައިލެންޑުން 93 ގައުމަކަށް ވިސާ ފްރީ ކޮށްފި
ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ވިސާ ނަގަން ނުޖެހޭ ގޮތް އިތުރު ގައުމުތަކަކަށް ތައިލެންޑުން ހަދައިދިނުމާއެކު މިހާރު އެ ގައުމަށް ވިސާނެތި 93 ގައުމެއްގެ މީހުންނަށް ދަތުރު ކުރެވޭނެއެވެ.

ކުރިން ވިސާ ނެގުމަކާ ނުލާ އިތުރު ގައުމުތަކުގެ މީހުންނަށް ތައިލެންޑަށް ދަތުރު ކުރެވޭ ގޮތް ތައިލެންޑް ސަރުކާރުން ހަދައިފިއެވެ.

ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ވިސާ ނަގަން ނުޖެހޭ ގޮތް އިތުރު ގައުމުތަކަކަށް ތައިލެންޑުން ހަދައިދިނުމާއެކު މިހާރު އެ ގައުމަށް ވިސާނެތި 93 ގައުމެއްގެ މީހުންނަށް ދަތުރު ކުރެވޭނެއެވެ.

ހޯމަ ދުވަހުން ފެށިގެން އައު އުސޫލަށް އަމަލު ކުރަން ތައިލެންޑުން ނިންމާފައި ވާއިރު، ވިސާ ނުނަގާ ދަތުރު ކުރާ މީހުންނަށް 60 ދުވަހު ތައިލޭންޑްގައި ތިބެވޭނެ ކަމަށް އެ ގައުމުން ބުނެއެވެ.

މީގެ ކުރިން ތައިލެންޑަށް ވިސާ ނެތި ދަތުރު ކުރެވެނީ 57 ގައުމެއްގެ މީހުންނަށެވެ.

ފަތުރުވެރިކަމަށް އިގްތިސާދު ބަރޯސާވެފައިވާ ތައިލޭންޑް އަށް ކޮވިޑްގެ ކުރިން ފަތުރުވެރިކަން އޮތް ހާލަތައް އަދިވެސް ނުގެންދެވޭ ކަމަށް ވެއެވެ.

2024 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު 17.5 މިލިއަން ފަތުރުވެރިން ތައިލެންޑަށް ޒިޔާރަތް ކޮށްފައިވެއެވެ. އެއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތައް ވުރެ 35 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ވީ ނަމަވެސް ކޮވިޑްގެ ކުރިއާ އަޅާ ބަލާއިރު އަދަދުތައް އަދިވެސް އުޅެނީ މާ ފަހަތުގައި ކަމަށް ވެއެވެ.

ތައިލެންޑަށް އެންމެ ގިނައިން މީހުން ދަތުރު ކޮށްފައިވަނީ އިންޑިއާ، ޗައިނާ އަދި މެލޭޝިއާ އިންނެވެ.

މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު ފަތުރުވެރިކަމުން ތައިލޭންޑަށް 858 ބިލިއަން ބާތު ނުވަތަ 23.6 ބިލިއަން ޑޮލަރު ލިބިފައިވާ އިރު އެއީ ސަރުކާރުން ލިބޭނެ ކަމަށް ފޯކާސްޓް ކުރި އާމްދަނީގެ ހަތަރު ބައިކުޅަ އެއްބައި ކަމަށްވެއެވެ.

ތައިލެންޑުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެ ގައުމުގައި އަލަށް ތަންފީޒް ކުރާ ސިޔާސތުތަކުގެ ތެރޭގައި ތައިލެންޑްގައި މަތީ ތައުލީމް ހާސިލް ކުރަން ތިބޭ އެހެން ގައުމުތަކުގެ ދަރިވަރުން ކިޔަވާ ނިމުމުން ގްރެޖުއޭޝަން އަށް ފަހު ވަޒީފާ އެއް ހޯދުމަށް ނުވަތަ ދަތުރުފަތުރު ކުރުމުގެ ބޭނުމުގައިވިޔަސަ ތައިލެންޑްގައި ތިބެވޭ ގޮތައް ވަނީ ހަމަ ޖައްސާފައެވެ.

އޭގެ އިތުރުން، ފަތުރުވެރިކަމުގެ ފެސިލިޓީތަކުން ސަރުކާރަށް ނަގާ ފީ ތަކަށް ދީފައިވާ ލުއި މި އަހަރުގެ ޖޫން މަހުން ފެށިގެން އިތުރު 2 އަހަރަށް ދަންމާލަން ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އެއާއެކު ތައިލެންޑަށް ދަތުރު ކުރާ ފަތުރުވެރިން އަތުން ނަގަން ހަމަ ޖައްސާފައިވާ ފީވެސް ނުނަގާ ގޮތައް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް