ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ މަންމާފުޅު މުއުމިނާ ހުސައިން ފުޅު އަވަހާރަވެއްޖެއެވެ.
ރައީސް ސާލިޙުގެ މަންމާފުޅު އަވަހާރަވެފައިވަނީ ބުރާސްފަތި ދުވަހުއެވެ. އަވަހާރަވިއިރު އެކަމަނާ ފަރުވާ ހޯއްދަވަމުން ގެންދެވީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
ރައީސް ސާލިޙުގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން އެމްޑީޕީން ވަނީ ރައީސް ސާލިޙަށް ތައުޒިޔާ ކިޔާފައެވެ.
އާއިލާއިން މައުލޫމާތު ދޭ ގޮތުގައި އެކަމަނާގެ ކަށުކަމާކެމީގެ ކަންތައްތައް އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. އަދި ކަށު ނަމާދު ކުރުން އޮންނާނީ މަޢްރިބް ނަމާދަށްފަހު އިސްލާމީ މަރުކަގައެވެ.
ހެޔޮ އެދޭ ފަރާތްތަކުން މައްޔިތާގެ ޖަނާޒާގައި ބައިވެރިވެދެއްވުމަށް އާއިލާއިން ވަނީ އެދިފައެވެ.