Advertisement
ކ. މާލެ
|
17 ޖުލައި 2024 | ބުދަ 09:39
ހޯމް މިނިސްޓަރ އަލީ އިޙްސާން
ހޯމް މިނިސްޓަރ އަލީ އިޙްސާން
ރާއްޖެއެމްވީ
ދާޚިލީ ވަޒީރު އިޙްސާން
ޔުނިފޯމް އެޅި އޮފިސަރުންގެ ޔުނިފޯމް ވިއްކާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: އިޙްސާން
މިހާރު ޖަލަށްވެސް ބޮޑީ ސްކޭނިންގ މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުންދޭ
ހައްޔަރުކުރި މުވައްޒަފުންގެ ލޮކަރުތަކުންވެސް ގިނަ އަދަދެއްގެ ފޯނާއި ޗާޖަރުތައް ފެނުނު

ޔުނިފޯމް އެޅި އޮފިސަރުންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ ކަމެއް ހިނގައިގެން ނުވާނެކަމަށާއި، ޔުނިފޯމް ވިއްކާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރ އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ،  ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމާ ގުޅޭ މައްސަލައިގައި ހައްޔަރުކުރި މުވައްޒަފުންގެ ލޮކަރުތަކުންވެސް ގިނަ އަދަދެއްގެ ފޯނާއި ޗާޖަރުތައް ފެނުނު ކަމަށެވެ.

އޭގެ އިތުރުން، މިފަހުން މި މައްސަލައިގައި އިތުރު އޮފިސަރަކު އަނެއްކާވެސް ހައްޔަރު ކޮށްފައިވާކަމަށް އިޙްސާން ވިދާޅުވިއެވެ. އޭނާގެ ލޮކަރުންވެސް ފޯނާއި ޗާޖަރުތައް ފެނިފައިވެއެވެ.

Advertisement

އިޙްސާން ވިދާޅުވީ، ޔުނިފޯމް އެޅި މުވައްޒަފުންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ ކަމެއް ހިނގައިގެން ނުވާނެ ކަމަށާއި، ޔުނިފޯމް ވިއްކާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެފަދަ މައްސަލަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާނެކަމަށް އިޙްސާން ވިދާޅުވިއެވެ.

ޔުނިފޯމް ވިއްކާލުމަކީ އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫން، އެކަން އަޅުގަނޑުމެން ބަލާނަން
ހޯމް މިނިސްޓަރ އަލީ އިޙްސާން

އިޙްސާން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ގޭންގުތަކުގެ މައްސަލަ ޙައްލު ކުރެވޭނެކަމުގެ 100 އިންސައްތަ ޔަޤީންކަން އެބައޮތް ކަމަށެވެ. އެގޮތުން އެއްވެސް ބަޔަކާމެދު ފިޔަވަޅު އެޅުމަށް މި ސަރުކާރުން ޖެހިލުމެއް ނުވާނެކަމަށް އިޙްސާން ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި އެންމެ ބާރު ގަދަވާނީ ދިވެހި ފުލުހުން، އަޅުގަނޑުމެން ރެއިޑް ނުކުރާނެ ތަނެއް ނޯންނާނެ
ހޯމް މިނިސްޓަރ އަލީ އިޙްސާން

އޭގެ އިތުރުން، މިހާރު ޖަލަށްވެސް ބޮޑީ ސްކޭނިންގ މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިޙްސާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް