ކ. މާލެ
|
13 ޖުލައި 2024 | ހޮނިހިރު 12:17
ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް "އަންރުވާ" ގެ މަސައްކަތްތައް
ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް "އަންރުވާ" ގެ މަސައްކަތްތައް
ރޮއިޓަރސް
ފަލަސްތީނުގެ އަންރުވާ
ރާއްޖެއިން އަންރުވާ އަށް ކޮންމެ އަހަރަކު ދެމުންދާ އެހީ 5،000 ޑޮލަރުން 50،000 ޑޮލަރަށް އިތުރުކޮށްފި
1.29 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އެހީއެއް ދިވެހިރާއްޖެއިން ފަލަސްޠީނަށް, އަންރުވާ މެދުވެރިކޮށް ހަދިޔާ ކުރޭ
ޓެލެތޯން އިން ލިބިފައިވާ 18.4 މިލިއަން ރުފިޔާ އަދި 49,800 އެމެރިކާ ޑޮލަރު ހިމެނޭ

ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ އަންރުވާއަށް ކޮންމެ އަހަރަކު ރާއްޖެއިން ދެމުންދާ އެހީ 5،000 ޑޮލަރުން 50،000 އެމެރިކާ ޑޮލަރަށް އިތުރުކޮށްފިއެވެ.

އ.ދ.ގެ މައި މަރުކަޒުގައި ކުރިއަށްދިޔަ 'އަންރުވާ ޕްލެޖިންގް ކޮންފަރަންސް' ގައި 1.29 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އެހީއެއް ދިވެހިރާއްޖެއިން ފަލަސްޠީނަށް, އަންރުވާ މެދުވެރިކޮށް ހަދިޔާ ކުރަން ހަމަޖެހިފައިވާކަން ދިވެހިރާއްޖެއިން އ.ދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ އަލީ ނަސީރު މުހައްމަދު ވަނީ ފާހަގަ ކުރައްވާފައެވެ.

ދާއިމީ މަންދޫބުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއިން އަންރުވާއަށް ކޮންމެ އަހަރަކު ދެމުންދާ އެހީ 5،000 އެމެރިކާ ޑޮލަރުން 50،000 އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާކަން ހާމަކުރެއްވިއެވެ.

އަދި "ފަލަސްޠީނާއެކު ދިވެހީން" މި ނަމުގައި ޤައުމީ ފެންވަރުގައި ބޭއްވި ޓެލެތޯން އިން ލިބިފައިވާ 18.4 މިލިއަން ރުފިޔާ އަދި 49,800 އެމެރިކާ ޑޮލަރު އަންރުވާ މެދުވެރިކޮށް, ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ނިންމާފައި ވާކަން ދާއިމީ މަންދޫބު ފާހަގަ ކުރެއްވިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ކުއްލި ނުރައްކާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އަންރުވާއިން ކުރަމުންދާ މުހިންމު މަސައްކަތާއި އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރައްވައި، މި މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ދާއިމީ މަންދޫބު ގޮވާލެއްވިއެވެ.

- ކޮމެންޓް