Advertisement
ކ. މާލެ
|
10 ޖުލައި 2024 | ބުދަ 13:43
ރައްޔިތުންގެ މަޖިލީހުގެ އައްޑޫމީދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙްމާން
ރައްޔިތުންގެ މަޖިލީހުގެ އައްޑޫމީދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙްމާން
މަޖިލިސް
ދަރިވަރުންނަށް ފައިސާ ދިނުން
ދަރިވަރުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދިނުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން ހިތާމަކުރަން: މެމްބަރު ޢަބްދުއްރަޙްމާން
ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދިނުމަށް ގޮވާލެއްވި
މިއީ އެތައްހާސް ކުދިންނެއްގެ ހައްގު އެކުލެވޭ ވަރަށް ހައްސާސް މައްސަލައެއް

ދަރިވަރުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދިނުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން ހިތާމަކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫމީދޫ ދާއިރާގެ އަމިއްލަ މެމްބަރު ޢަބްދުއްރަޙްމާން ވިދާޅުވެއްޖެއެވެ.

މެމްބަރު ޢަބްދުއްރަޙްމާން ކުރެއްވި ޕޯސްޓެއްގައި ވަނީ ސަރުކާރުގެ ސްކޮލަރޝިޕްތަކުގައި އަދި ސްޓޫޑަންޓު ލޯނުގެ ދަށުން ރާއްޖެއާއި ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދިނުމަށް ގޮވާލާފައެވެ.

މިއީ އެތައްހާސް ކުދިންނެއްގެ ހައްގު އެކުލެވޭ ވަރަށް ހައްސާސް މައްސަލައެއްކަންވެސް މެމްބަރު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ޕީއެންސީ މެޖޯރިޓީ އޮތް މަޖިލީހަށް އެކަމާ ގުޅިގެން ހުށަހެޅުނު ކުއްލި މައްސަލަ ބޭރު ކޮށްލުމުން އެކަމާ ހިތާމަ ކުރައްވާކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

Advertisement

މެމްބަރު ވިދާޅުވީ، ސަރުކާރުގެ ސަމާލު ކަމަށް އެކަން އައިސްފައި ނުވާނަމަ އެކަން ސަރުކާރުގެ ސަމާލުކަމަށް އައިސް ވީހާވެސް އަވަހަކަށް ހައްލު ކޮއްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަދި މިހާރު ދެމުންދާ ސްކޮލަރޝިޕް އަދި ސްޓޫޑެންޓް ލޯން ސިޔާސީ ނުކޮށް، އެކަން ހައްގު ވާ ކުދިންނަށް އިންސާފުވެރިކަމާއި އެކީ ހަމަޖައްސާ ދިނުމަށްވެސް މެމްބަރު ގޮވާލެއްވިއެވެ.

މެމްބަރު އެހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުގެ މެމްބަރުން ވަނީ މިދިޔަ ސަރުކާރުން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމަކީވެސް ސްކޭމެއްކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ފައިސާ ދިނުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ވެސް ސަރުކާރުގެ މެމްބަރުންގެ ވޯޓުން ވަނީ ބޭރުކޮށްލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް