Advertisement
ކ. މާލެ
|
8 ޖުލައި 2024 | ހޯމަ 00:19
ޕާކިންގް ޒޯންގައި ހުރި ސައިކަލްތައް ރޯކޮށްލާފައި
ޕާކިންގް ޒޯންގައި ހުރި ސައިކަލްތައް ރޯކޮށްލާފައި
އަދަދު
ސައިކަލުތަކުގައި ރޯކޮށްލި މައްސަލަ
ޕާކިންގ ޒޯނުގައި ހުރި ސައިކަލުތަކުގައި ރޯކުރި މީހާ ވާނުވާ ބަންދަށް
7 ސައިކަލަކާއި ވޭނަކަށް ގެއްލުން ލިބިފައިވޭ
މި މައްސަލައާއި ގުޅިގެން 36 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި

މަޖިލިސް ކައިރީގައި ހުރި 3 ސައިކަލެއްގައި ރޯކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ވާނުވާ ބަންދުޖަހައިފިއެވެ.

މަޖިލިސް ކައިރީގައި އޮންނަ ޕާކިންގ ޒޯންގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ހ. ފޯސީޒަން، ފައިރޫޒު އިބްރާހިމް (36) އެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިގެން ނެރުނު އަމުރުގައި ވަނީ ޝަރީއަތް ނިމެންދެން އޭނާ ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އޭނާ ބަންދުކޮށްފައިވަނީ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

Advertisement

މި މައްސަލައަކީ މެދުޒިޔާރަތްމަގު ހޮޓެލް ޖެންކައިރި ސައިކަލް ޕާކިން ޒޯންގައި ހުރި ސައިކަލްތަކެއްގައި އަލިފާން ރޯކޮށްލާފައިވާކަމަަށް 6 ޖޫންގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މައްސަލައެކެވެ.

އަދި އަލިފާން ރޯކޮށްލުމާއި ގުޅިގެން 7 ސައިކަލަކާއި ވޭނަކަށް ގެއްލުން ލިބިފައިވެއެވެ. އަދި މީގެ ތެރެއިން 3 ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މި މައްސަލައިގައި ފުރަތަމަ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތެއް ދިނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް