ކ. މާލެ
|
5 ޖުލައި 2024 | ހުކުރު 18:40
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
ސަރުކާރުގެ ހިންގުން
ދައުލަތް ހުއްޓިއްޖެ، އެކަން ވީ ސިޔާސީ މުވައްޒަފުން ގިނަ ވެގެން ކޮށި އަރައިގެން - ޒިޔާދު
ޒިޔާދު ވިދާޅުވީ ރައްޔިތުންނަށް އަނިޔާވެރިކަން ތަހައްމަލު ކުރަންޖެހުނީ ހޮޅި ވައުދެއްގައި ޖެހުމުގެ ސަބަބުން ކަމަށް
މެމްބަރު ޒިޔާދު ވަނީ ރާއްޖޭގެ މާލީ ކަންކަން ކުރިއަށް ގެންދިއުމުގައި ބޮޑެތި ދަތިތައް ހުރި ކަމަށް ވެސް ވިދާޅުވެފަ

ދައުލަތް ހުއްޓިއްޖެ ކަމަށާއި، އެކަން ވީ ސިޔާސީ މުވައްޒަފުން ގިނަ ވެގެން ކޮށި އަރައިގެން ކަމަށް މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު(ފިއްޓޭ) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ހަރުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. ޒިޔާދު ވަނީ ގައުމުގައި ހިނގަ ހިނގާ ހުރި އެއްވެސް މަޝްރޫއެއް ނެތް ކަމަށާއި ހުރިހާ ކަމެއް ހުއްޓިފައިވާ ކަމަށް ވިދާޅުވެފައެވެ. ގައުމުގައި މިހާރު އޮތް ހަމައެކަނި ކަމަކީ ވައްކަމާއި ކަރަންޓު މީޓަރުގެ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންސްޕާ އާއި އާސަންދަ ވެސް ހުއްޓިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އިތުރަށް ޒިޔާދު ވިދާޅުވީ ރައްޔިތުންނަށް އަނިޔާވެރިކަން ތަހައްމަލު ކުރަންޖެހުނީ ހޮޅި ވައުދެއްގައި ޖެހުމުގެ ސަބަބުން ކަމަށެވެ.

މެމްބަރު ޒިޔާދު ވަނީ ރާއްޖޭގެ މާލީ ކަންކަން ކުރިއަށް ގެންދިއުމުގައި ބޮޑެތި ދަތިތައް ހުރި ކަމަށް ވެސް ވިދާޅުވެފައެވެ.

ސިޔާސީ ބައެއް މަޤާމްތައް މަދު ކުރެޔޯ އެބަ މުސާރަ ލިބޭގޮތަށް. އަނެއްބައި ވެރިން ސަސްޕެންޑް ކުރަނީ. އޭރުން ވެސް އަދަދު މަދު ވާނެތާ. ދެން އޮތީ އާރްޓީ އައި. ހަގީގަތުގަ ރާއްޖެއަށް އެ އެއް ބޭނުމެއް ނުވޭ. ކަމެއް ވާ އިރަށް އޮންނަނީ އެންމެ ޖަވާބެއް. މަށެއް ނޫން. މުލިއާގެއިން ވެސް ރައީސް އޮފީހުންވެސް ބުނަނީ އެހެން. ހަމައެކަނި އުންމީދުތަކެއް ދެނީ.
މެމްބަރު ހުސައިން ޒިޔާދު(ފިއްޓޭ)

މާލީ ކަންކަމާއި މެދު ފާޑުކިޔުންތައް އަމާޒުކުރަން ފެށުމުން އެކަންކަން ރަނގަޅުކުރަން ސަރުކާރުން ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރާ ކަމަށާއި އެކަން ކުރަނީ ފާޑުކިޔުން ބޮޑުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުން އަބަދުވެސް ދައްކަނީ ކުރީ ސަރުކާރުގެ ވާހަކަ ކަމަށް ފާހަގަކުރައްވާ އެކަމަށް ވެސް ޒިޔާދު ފާޑު ވިދާޅުވިއެވެ. ސަރުކާރު ނުހިންގޭ ކަމަށާއި މި ސަރުކާރުން ފެންނަނީ ކްލަބް ޖަމިއްޔާގެ ސިފަ ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރަށް ފާޑު ވިދާޅުވަމުން ޒިޔާދު ވަނީ ކޮންމެ ވަޒީރެއްގެ ފަހަތުގައި އެއް ޓަނު ސްޓޭޓް މިނިސްޓަރުން ތިބި ކަމަށް ސިފަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް