ކ. މާލެ
|
30 ޖޫން 2024 | އާދީއްތަ 21:04
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް
ރައީސް އޮފީސް
ގައުމީ ޤުރުއާން މުބާރާތް
ސްކޫލް ފެންވަރުގައި އާއި ޤައުމީ ފެންވަރުގައި ބާއްވާ ޤުރުއާން މުބާރާތްތަކުން އެނގެނީ ހެޔޮ ކަންކަމަށް ދިވެހިންގެ ހިތުގައި އޮތް ޝައުގުވެރިކަން - ނައިބު ރައީސް
ރީތިކޮށް ކީރިތި ޤުރުއާން ކިޔެވުމުގެ މާތްކަން ރަސޫލާ ސައްލައްﷲ ޢަލައިހިވަސައްލަމައިގެ ހަދީސްތަކުން ވެސް އެނގެން އޮތްކަން އެ މަނިކުފާނު ފާހަގަކުރެއްވި
ގުރުއާން މުބާރާތް ބޭއްވޭ ފެންވަރު ބޮޑުތަނުން ރަނގަޅުކުރުމަކީ ސަރުކާރުގެ ވިސްނުން ކަމަށާއި މުބާރާތަށް ދޭ އިނާމް އިތުރުކުރަން ސަރުކާރުން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި

ސްކޫލް ފެންވަރުގައި އާއި ޤައުމީ ފެންވަރުގައި ބާއްވާ ޤުރުއާން މުބާރާތްތަކުން އެނގެނީ ހެޔޮ ކަންކަމަށް ދިވެހިންގެ ހިތުގައި އޮތް ޝައުގުވެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކީރިތި ޤުރުއާނަކީ މުސްލިމުންގެ ދުސްތޫރުކަމަށް ފާހަގަކުރައްވާ ނައިބު ރައީސް ވަނީ ޤުރުއާން ކިޔެވުމުގެ މުހިންމު ކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރީތިކޮށް ކީރިތި ޤުރުއާން ކިޔެވުމުގެ މާތްކަން ރަސޫލާ ސައްލައްﷲ ޢަލައިހިވަސައްލަމައިގެ ހަދީސްތަކުން ވެސް އެނގެން އޮތްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މި ވެރިކަމުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ހައިބަތާ ޝަރަފްވެރިކަން އިތުރުކުރައްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި މުބާރާތް ބޭއްވޭ ފެންވަރު ބޮޑުތަނުން ރަނގަޅުކުރުމަކީ ސަރުކާރުގެ ވިސްނުން ކަމަށާއި މުބާރާތަށް ދޭ އިނާމް އިތުރުކުރަން ސަރުކާރުން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިސްލާމީ ކަންކަމަށް މިހާރު ދޭ ސަމާލުކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަޤްސަދު ހާސިލްކުރުމަށް ޒުވާން ޙަތީބުން ތަމްރީންކުރުމުގެ މަސައްކަތާއި، ގުރުއާން ހިތު ދަސްކުރާ ކުދިންނާއި މީހުންނަށް އިތުރު ފުރުސަތުތައް ހޯދާދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ސްކޫލްތަކުގެ ފެންވަރުގައި އާއި އަތޮޅުތަކުގެ ފެންވަރުގައި މިހާރުވެސް ގިނަ ޤުރުއާން މުބާރާތްތަކެއް ބާއްވަމުންދާ ކަމީ އުފާވެރިކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ރާއްޖޭގައި ޤައުމީ ފެންވަރުގައި ބާއްވާ ކީރިތި ޤުރުއާނުގެ އެންމެ ބޮޑު ދަރުބާރުކަމަށް ވުމާއި އެކު މި މުބާރާތް ބޭއްވުން އަހަރެއް އަހަރަކަށް ވުރެ ހަރުދަނާކުރުން މުހިންމު ކަމަށެވެ.

ޤުރުއާން ކިޔަވައިދޭ އަދި ޤުރުއާން ހިތުދަސްކޮށްދޭ ކުލާސްތައް އިތުރުކޮށް، ޤުރުއާން ހިތުދަސްކުރާ ކުދީންނަށް އިތުރު އިނާޔަތާ އެހީތެރިކަން ދައުލަތުގެ ފަރާތުން ދިނުމަކީ މި ސަރުކާރުގެ އަމާޒެއް.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް

އިތުރަސް ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވަނީ ގުރުއާން ކިޔެވުމަކީ ހަމައެކަނި މުބާރާތަކަށް ތައްޔާރުވުމަށް ކުރާ ކަމެއްގެ ގޮތުގައިނުދެކުމަށް ގޮވަލައްވާފައެވެ. އަދި ކިޔެވުމަކީ އަޅުކަމެއްގެ ގޮތުގައި ދެކިގެން އެކަން ކުރެއްވުމަށް ނައިބު ރައީސް ބާރުއެޅުއްވިއެވެ. ކޮންމެ ދުވަހަކުވެސް ގުރުއާނުން މިންވަރެއް ކިޔަވަން ވަގުތުކޮޅެއް ހޯދުމަށް އެ މަނިކުފާނު އިރުޝާދު ދެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް