ކ. މާލެ
|
30 ޖޫން 2024 | އާދީއްތަ 14:22
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ރާއްޖެއެމްވީ
ހިލޭކުރެވެން އޮތް ލޯނެއް ދެއްކުން
ހިލޭ ކުރެވެން އޮތް 150 މިލިއަން ޑޮލަރުގެ ލޯން، އިންޑިއާއާއި ވާހަކަ ނުދައްކާނެ ކަމަށް ބުނެ މި ސަރުކާރުން 50 މިލިއަން ޑޮލަރު ދެއްކި - އަމީރު
މި ސަރުކާރުގެ ކިބުރުވެރިކަމާއި، އީގޯއާހެދި އިންޑިއާ ސަރުކާރާއި ވާހަކަދައްކަން ބޭނުން ނުވެ ހިލޭ ބަދަލުކުރެވެން ހުރި ފައިސާވެސް ދެއްކީ
ސަރުކާރުން ދެއްކި 50 މިލިއަން ޑޮލަރު ފަސްކުރެވެން ވެސް އޮތް

ސަރުކާރުގެ ކޭޝް ފްލޯ ދަށްވެ މާލީ ހާލަތު ގޯސްކަން އިނގޭ އިރުވެސް، އިންޑިއާއި މުއާމަލާތްކުރަން މި ސަރުކާރުން ބޭނުން ނުވެ، ހިލޭ އެހީއަކަށް ބަދަލުކުރުމަށް އިންޑިއާއިން ނިންމާފައި އޮތް 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު ދެއްކި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މާލީ ހަލާތާއި އިގްތިސާދީ ހާލަތު ދަށްވެފައިވަނީ އެމްޑީޕީގެ ސަރުކާރުން އަމަލުކުރި ގޮތުން ކަމަށް ބުނެ މި ސަރުކާރުން ދައްކަމުން އަންނަ ވާހަކަތަކުގެ ހަގީގަތް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރު އޮތް އިރު، އިންޑިއާ ސަރުކާރުގެ 150 މިލިއަން ޑޮލަރުގެ ލޯނު ހިލޭ އެހީއަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް އިންޑިއާ ސަރުކާރުން ނިންމާފައި އޮއްވާ، މި ސަރުކާރުގެ ކިބުރުވެރިކަމާއި، އީގޯއާހެދި އިންޑިއާ ސަރުކާރާއި ވާހަކަދައްކަން ބޭނުން ނުވެ އޭގެ ތެރެއިން 50 މިލިއަން ޑޮލަރު ފައިސާގެ ތާށިކަމާއެކުވެސް މި ސަރުކާރުން ދެއްކި ކަމަށެވެ.

ހިލޭ އެހީއަކަށް ބަދަލުކުރާނެކަމަށް އިންޑިއާ ސަރުކާރުން އެއްބަސްވެފައިވާ 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު ކޭޝް ފްލޯ ދަށްއިރުވެސް ވަނީ ދައްކާފައި. އެއިރު ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ ފައިސާ ދައްކާފައިވަނީ ދެއްކުމުގެ ގާބިލްކަން ހުރިކަމުންނޭ. ނަމަވެސް އޭގެ ތިންމަސް ފަހުން ވާހަކަ ވަނީ ބަދަލުވެފައި. މެއި މަހުގެ ތެރޭގައި 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދޭން އިންޑިއާގައި އެދި އިންޑިއާއިން އޮތީ އެކަން ކޮށްދީފައި. ކުރިން ކީއްކުރަންހޭ 50 މިލިއަން ޑޮލަރު ދެއްކީ އެގޮތަށް. އެ ކިބުރުވެރިކަމާއި އެ އީގޯ ހިފަހައްޓަން އެގޮތަށް ބުނެފައި އޮތަތީވެ މާލީ ދަތިކަން ހުރި އިރުވެސް އެގޮތަށް އެ އޮތީ ކޮށްފައި. 50 މިލިއަން ޑޮލަރު ބޭންކް އޮފް މޯލްޑިވްސްގެ ތެރެއިން ނަގާފައި އެކަން ކޮށްފައި އޮތީ.
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

އަމީރު ވިދާޅުވީ ސަރުކާރުގެ މިފަދަ ކަންކަމުގެ ސަބަބުން އެނގިގެންދަނީ ސިޔާސަތުގައި ކޮންސިސްޓެންސީއެއް ނެތްކަން ކަމަށެވެ. އަމީރު ވިދާޅުވީ އެކަމުގެ ސަބަބުން 2024 ވަނަ އަހަރުގެ އިގްތިސާދީ ކުރިއެރުމުގެ އަންދާޒާ ވަނީ ދަށްކޮށްފައި ކަމަށެވެ. އަމީރު ވިދާޅުވީ ކުރީ ސަރުކާރުން ލަފާކޮށްފައި އޮންނާނީ 2024 ވަނަ އަހަރު އިގްތިސާދު 5.5 އިންސައްތައިން ކުރިއަރައިގެންދާނެ ކަމަށެވެ.

އެގޮތުން 2014 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއެރުން އެމްއެމްއޭއާއި ފިނޭންސް މިނިސްޓްރީން ވަނީ 5.5 އިންސައްތައިން 4.9 އިންސައްތައަށް ދަށްކޮށްފައި ކަމަށް އަމީރު ވިދާޅުވިއެވެ. އަދި މިއީ 684 މިލިއަން ރުފިޔާގެ ގެއްލުމެއް ކަމަށް އަމީރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
އެސްޑީއެފް އަށް ވަކި ޤާނޫނެއް ހެދުމަކީ ރައީސް މުއިއްޒުގެ ތަސައްވުރެއް ނޫން، އެ މަސައްކަތް ފުރަތަމަ ފެށީ އެމްޑީޕީން : މައުރޫފް
މާލީ ހާލަތާ މެދު ޤާސިމް ދެއްކި ވާހަކަތަކަށް އަމީރުގެ ރައްދު - "އުޅެނީ ގިނައިން ދޮގު ހަދައިގެން އެއީ ތެދުކަމަށް ދައްކަން"
ގައުމިއްޔަތައް ބޮޑު ޚަރަދެއް ޑރ. މުއިއްޒުގެ ސަރުކާރުން ކޮށްފި
އިގްތިސާދަށް ހިޔަނި އެޅުނު އެންމެ ބޮޑު ސަބަބަކީ ރައީސުލްޖުމްހޫރިއްޔާގެ ބަސްމަގު - އަމީރު
ވެރިކަން ބަދަލުވިއިރު ރާއްޖޭގެ އިގްތިސާދު ދިޔައީ ބާރަށް ކުރިއަރަމުން - އަމީރު
ކުންފުނިތަކުގެ ޕޭރޯލް ނުކަތާ ހިސާބަށް - ގިނަ ކުންފުނިތަކުގެ ޕޭރޯލް އަށް 5 މިލިއަންގެ އިތުރުވުމެއް!
މި ސަރުކާރުން ޢަމަލުކުރީ ރިކަރަންޓް ޚަރަދު ބޮޑުތަނުން އިތުރުވާ ގޮތަށް، ދައުލަތުގެ ފުދުންތެރިކަމަށް ފަރުވާލެއް ނެތް: އަމީރު
ޔާސިރު ގޮވާލެއްވީ ސިޔާސީ މީހުންގެ މުސާރަކުޑަކޮށް، ކުރީގެ މެމްބަރުންނަށް ދޭ އިންޝުއަރެންސް ވެސް މިވަގުތު ކަނޑާލުމަށް