ކ. މާލެ
|
29 ޖޫން 2024 | ހޮނިހިރު 23:32
ރާއްޖެއަކީ ގަވައިދާ ޚިލާފަށް ގިނަ އަދަދެއްގެ ބޭރު މީހުން އުޅޭ ގައުމެއް
ރާއްޖެއަކީ ގަވައިދާ ޚިލާފަށް ގިނަ އަދަދެއްގެ ބޭރު މީހުން އުޅޭ ގައުމެއް
ޙުސައިން މަޚްތޫމް
ބިދޭސީންގެ މައްސަލަ
ގަވައިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ފުލުހުން ހޯދަނީ
ހޮނިހިރު ދަވަހުގެ އޮޕަރޭޝަން ގައި 50 ބިދޭސީން އިމިގްރޭޝަން އާ ހަވާލުކުރި

ގަވައިދާ ޚިލާފަށް މާލޭގައި ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ހޮނިހިރު ދުވަހުގެ ރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤަވައިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދާ ޤާނޫނީ ފިޔަވަޅު އެޅުމުގެ ގޮތުން ފުލުހުން ހިންގާ އޮޕަރޭޝަންގެ ތެރެއިން 50 ބިދޭސީން ހޮނިހިރު ދުވަހު އިމިގްރޭޝަންއާ ހަވާލުކުރެވިފައިވާ ކަމަށެވެ.

މި އޮޕަރޭޝަނަކީ މޯލްޑިވްސް އިމިގްރޭޝަން އިން އިސްނަގައިގެން ހިންގިފައިވާ މަސައްކަތެއް ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

ރާއްޖެއަކީ ގަވައިދާ ޚިލާފަށް ގިނަ އަދަދެއްގެ ބޭރު މީހުން އުޅޭ ގައުމަކަށް ވުމުގެ އިތުރުން، ގަވައިދާ ޚިލާފަށް އެތައް ބާވަތެއްގެ ކުދި ވިޔަފާރިތައް ވެސް ބޭރު މީހުންގެ އަތް މަތީގައި ހިނގަމުންދާ ގައުމެއް ކަން ފާހަގަ ކުރެވެއެވެ.

ފުލުހުން ހޮނިހިރު ދުވަހުގެ ރޭ ބަލައި ފާސްކޮށްފައިވަނީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރާކަން ފާހަގަ ވެފައިވާ މަޖީދީ މަގުގައި ހިންގާ މާރުކޭޓާއި އަމީނީ މަގުގައި ހިންގާ މާރުކޭޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް