ކ. މާލެ
|
22 ޖޫން 2024 | ހޮނިހިރު 19:34
މޫސުން ގޯސް ދުވަހެއްގައި ސުނާމީ ބިނާ ސަރަހައްދު
މޫސުން ގޯސް ދުވަހެއްގައި ސުނާމީ ބިނާ ސަރަހައްދު
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި މި ވަނީ އީދު ބަންދަށް ދިޔަ މީހުން އަނބުރާ ދިރިއުޅޭ ރަށްތަކަށް ދަތުރުކުރަމުންދާ ދުވަސްވަރާއި ދިމާކޮށް

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފައި ވަނީ ރާއްޖޭގެ ދެކުނުގެ ރަށްތަކަށް މޫސުން ރަނގަޅު ވާނެ ކަމަށެވެ.

އެ އިދާރާއިން ވަނީ ޅ. އަތޮޅުން ފެށިގެން މ. އަތޮޅުގެ ރަށްތަކާ ދެމެދަށެވެ. މިއަދު 16:45 އިން ފެށިގެން 22:45 އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. މީގެ ކުރިން މިއަދު އިރުއޮއްސުމާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ވެސް ހުދު ސަމާލު ނެރެފައިވެއެވެ.

އެ އިދާރާއިން ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

އެ އިދާރާއިން ބުނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި މި ވަނީ އީދު ބަންދަށް ދިޔަ މީހުން އަނބުރާ ދިރިއުޅޭ ރަށްތަކަށް ދަތުރުކުރަމުންދާ ދުވަސްވަރާއި ދިމާކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް