ކ. މާލެ
|
22 ޖޫން 2024 | ހޮނިހިރު 11:49
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
މިހާރު
ދީނަށް ފުރައްސާރަކުރުން
އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލަނީ
އެ ޕޯސްޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދޭ
އެއީ ޙައްޖުގެ އަޅުކަމާ ގުޅޭގޮތުން ދީނާ ޚިލާފު ވާހަކަ ދައްކައި ދިވެހި ބަހުން ލިޔެފައިވާ ޕޯސްޓެއް

އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެ ޕޯސްޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން އެހެން ބުނެފައިވާއިރު، އެ ޕޯސްޓަކީ ޙައްޖުގެ އަޅުކަމާ ގުޅޭގޮތުން ދީނާ ޚިލާފު ވާހަކަ ދައްކައި ދިވެހި ބަހުން ލިޔެފައިވާ ޕޯސްޓެކެވެ.

އެ އައިޑީގައި ދިވެހި ބަހުން އިސްލާމް ދީނަށް ތައުހީނުކޮށް ގިނަ ޕޯސްޓުތަކެއް ފާއިތުވި ދުވަސްތަކުގައި ކޮށްފައިވެއެވެ.

- ކޮމެންޓް