ކ. މާލެ
|
22 ޖޫން 2024 | ހޮނިހިރު 08:57
ގެއްލިގެން ހޯދަމުން އަންނަ ފުވައްމުލަކު ޒުވާނާ
ގެއްލިގެން ހޯދަމުން އަންނަ ފުވައްމުލަކު ޒުވާނާ
ޕޮލިސް
ޒުވާނެއް ގެއްލިގެން ހޯދުން
ފުވައްމުލަކު ޒުވާނެއް ގެއްލިގެން ހޯދަނީ
އިޔާޝް ވަސީމް އެންމެ ފަހުން ފެނިފައިވަނީ ޖޫން 14 ވަނަ ދުވަހު

ފުވައްމުލަކު ޒުވާނެއް ގެއްލިގެން އެނާ ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަހުމަދު އިޔާޝް ވަސީމް (24އ) ކަމަށެވެ. އޭނާ ހޯދަމުންދަނީ އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އަހުމަދު އިޔާޝް ވަސީމް އެންމެ ފަހުން ފެނިފައިވަނީ ޖޫން 14 ވަނަ ދުވަހު ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.

އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރުމަށް ވަނީ އެދިފައެވެ.

- ކޮމެންޓް