ކ. މާލެ
|
17 ޖޫން 2024 | ހޯމަ 20:20
ޑިޖިޓަލް އައިލަންޑްގެ ލަގަބު ދިނުމަށްފަހު ކައުންސިލް ރައީސްއަށް ފިލައެއް އަރުވަނީ
ޑިޖިޓަލް އައިލަންޑްގެ ލަގަބު ދިނުމަށްފަހު ކައުންސިލް ރައީސްއަށް ފިލައެއް އަރުވަނީ
އުރީދޫ
ޑިޖިޓަލް އައިލެންޑް
އުރީދޫ އިން ޑިޖިޓަލް އައިލެންޑްގެ ލަގަބު ދިން ފުރަތަމަ ރަށަކަށް ނ. ލަންދޫ
ނ. ލަންދޫގެ ރަސްމީ ވެބްސައިޓް ވެސް އިފްތިތާހުކޮށްފައިވޭ

އުރީދޫ މޯލްޑިވްސް އިން ޑިޖިޓަލް އައިލެންޑްގެ ލަގަބު ދިން ފުރަތަމަ ރަށެއްގެ ގޮތުގައި ނ. ލަންދޫ ކަން އިއުލާންކޮށް، ހަނދާނީ ފިލައެއް އެރަށު ކައުންސިލަށް އަރުވައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވަނީ ނ. ލަންދޫއަކީ ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް އައިލެންޑްކަން ފާހަގަކުރުމުގެ ގޮތުން ނ. ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒަށް ހާއްސަ ފިލައެއް އަރުވާފައެވެ. މީގެ އިތުރުން، ނ. ލަންދޫގެ ރަސްމީ ވެބްސައިޓް ވެސް ނިޔާޒު ވަނީ އިފްތިތާހުކޮށްދެއްވާފައެވެ.

މި ހާއްސަ ލަގަބު އެންމެ ފުރަތަމަ ލަންދޫއަށް އެރުވުނީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް މޯލްޑިވްސް، ޕަވާޑް ބައި އޭއައި ކެމްޕެއިންގެ ދަށުންނެވެ. ޑިޖިޓަލް އިންކްލޫޝަން އަދި އެމްޕަވަރމަންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއެރުވުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް މި ޕްރޮޖެކްޓްގެ ސަބަބުން އަލިއަޅުވާލާފައިވެއެވެ.

ނ. ލަންދޫ ކައުންސިލާއި ގުޅިގެން އުރީދޫން އިސްނަގައިގެން ރަށުގެ އިޖްތިމާއީ އަދި އިގްތިސާދީ މަންޒަރަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާނެއެވެ. ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ހާއްސަކޮށް ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ވިޔަފާރި ފަދަ ނާޒުކު ދާއިރާތައް ކުރިއެރުވުމާއި ކުރިއެރުމަށް އިތުރު މަގުތަކެއް ފަހިކޮށްދިނުން ހިމެނޭ ކަމަށް އުރީދޫއިން ބުނެއެވެ.

އަދި އުރީދޫ މޯލްޑިވްސްގެ ހައިސްޕީޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އީޖާދީ ހިދުމަތްތަކުގެ ބޭނުން ހިފައި، އޭއައިގެ އެހީގައި އާ ޑިޖިޓަލް ޒަމާނުގައި އެންމެ ކުރީ ސަފުގައި ލަންދޫ ދެމިއޮންނާނެ ކަން ކަށަވަރުކޮށް، ޑިޖިޓަލް މި ޒަމާނުގައި އެންމެ ފަހުގެ ކުރިއެރުންތައް ރައްޔިތުންނަށް ލިބޭނެ ކަން އުރީދޫއިން ކަށަވަރުކޮށްދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ސަމާހު
- ކޮމެންޓް