ކ. މާލެ
|
16 ޖޫން 2024 | އާދީއްތަ 15:27
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޗެކިން ކުރިއަށް ދަނީ
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޗެކިން ކުރިއަށް ދަނީ
ޓްވިޓަރ
ޑްރަގް ވިޔަފާރި
ޤަވައިދާ ޚިލާފަށް ޑޮމެސްޓިކް ޓާމިނަލަށް ގެންދިޔަ ލަގެޖުން ޑްރަގް ފެނުނު މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި
މުއްދަތު ހަމަވުމުން ކޯޓުން ވަނީ އޭނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައި
އޭނާ ބޭރުކުރި ލަގެޖުން 5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވޭ

ވެލާނާ އިންޓަނޭޝަނަލް ޓަރމިނަލުން ޤަވައިދާ ޚިލާފަށް ޑޮމެސްޓިކަށް ގެންދިޔަ ލަގެޖެއްގެ ތެރެއިން 5 ކިލޯގެ ޑްރަގް ފެނުނު މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އެއާޕޯޓް އިންޓަނޭޝަނަލް ޓާމިނަލުން ޑޮމެސްޓިކް ޓާމިނަލަށް ލަގެޖެއް ބޭރު ކުރުމުގައި ޤަވައިދާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައިގައި އޭނާ ބޭރުކުރި ލަގެޖުން 5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި އޭނާ 15 ދުވަހަށް ބަންދު ކުރުމަށް މީގެ ކުރިން ކޯޓުން އަމުރުކޮށްފައިވެއެވެ. އެ މުއްދަތު ހަމަވުމުން ކޯޓުން ވަނީ އޭނާޝަރުތުތަކާއެކުބަންދުން ދޫކޮށްލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް