ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 16:50
މާލެ އަށް ވާރޭވެހިފައި
މާލެ އަށް ވާރޭވެހިފައި
ރާއްޖެއެމްވީ
އީދު ބަންދުގައި ރާއްޖޭގެ މޫސުން
އީދު ބަންދުގައި ކެރީގެ އަސަރުކުރި ނަމަވެސް ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ރަނގަޅުވާނެ
ގިނަ ބަޔަކު ދަނީ ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކުރަމުން
ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވޭނީ 5-3 ފޫޓާ ދެމެދުގައި
ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8-18 މޭލު ބާރުމިނުގައި

އީދު ބަންދުގައި ކެރީގެ އަސަރުކުރި ނަމަވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ލަފާކުރެވޭ ގޮތާގުޅޭ ގޮތުން މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ އީދު ދުވަހާއި އެކު، ކުރިއަށް އޮތް ފަސް ދުވަހު ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރި ނަމަވެސް ދުވަހުގެ ބޮޑުބައިގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8-18 މޭލު ބާރުމިނުގައި ކަމަށެވެ. އެހެންކަމުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވޭނީ 5-3 ފޫޓާ ދެމެދުގައި ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

މި އަހަރުގެ އަޟްހާ އީދު ދުވަހަކީ 16 ޖޫން 2024 ވާ އާދިއްތަ ދުވަހެވެ.

އީދު ބަންދުގެ ގޮތުގައި ހަފުތާ ބަންދާއެކު ނުވަ ދުވަސް ލިބޭތީ ގިނަ ބަޔަކު ދަނީ ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް