ކ. މާލެ
|
10 ޖޫން 2024 | ހޯމަ 15:47
ކުޑަކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރިކުރުމާ ގުޅޭ އެކްޝަން ޕްލޭންގެ ބައްދަލުވުމުގެ ތެރެއިން
ކުޑަކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރިކުރުމާ ގުޅޭ އެކްޝަން ޕްލޭންގެ ބައްދަލުވުމުގެ ތެރެއިން
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް
ކުޑަކުދިންނަށް ކުރާ އަނިޔާ
ކުޑަކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރިކުރުމާ ގުޅޭ އެކްޝަން ޕްލޭނާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ކުޑަކުދިންނަށް ކުރާ އަނިޔާ އާ ދެކޮޅަށް މަސައްކަތް ކުރުމުގައި ހުރި ޤާނޫނީ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރެވިފައި

ކުޑަކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރިކުރުމަށް އަދި އެކަމަށް ފިޔަވަޅު އެޅުމަށް އެކުލަވާލެވޭ ގައުމީ އެކްޝަން ޕްލޭން (2028-2024) އާއި ގުޅޭގޮތުން 2 ދުވަހުގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިންގް އެންޑް ރެސްޕޮންޑިންގް ޓު ވައިލެންސް އަގައިންސްޓް ޗިލްޑްރެން (2024-2028) ވެލިޑޭޓް ކުރުމަށްޓަކައި 2 ދުވަހުގެ ޓެކްނިކަލް ސެޝަންތަކެއް ބާއްވާފައި ވަނީ ޖޫން މަހުގެ 9ން 10ށް ބަނޑޮސް މޯލްޑިވްސްގައެވެ.

މި ސެޝަންތަކުގައި ކަމާ ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި، އިދާރާތަކާއި, ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން ކުޑަކުދިންގެ ރަޢުޔު ހޯދުމަށްޓަކައި ސްކޫލް ދަރިވަރުންވެސް ބައިވެރިވެފައިވެއެވެ.

ނޭޝަނަލް އެކްޝަން ޕްލޭން 2024-2028 އެކުލަވާލުމަށް ކުރިއަށް ގެންދާ މި މަޝްވަރާތަކުގައި، މިކަމުގައި ހުރި ގިނަ ގޮންޖެހުންތައް ފާހަގަކޮށް، ކުޑަކުދިންނަށް ކުރާ އަނިޔާ އާ ދެކޮޅަށް މަސައްކަތް ކުރުމުގައި ހުރި ޤާނޫނީ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އަދި މުއައްސަސާތަކާއެކު ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ދިމާވާ ދަތިތަކާއި، ވަސީލަތްތައް ލިބުމުގެ ދަތިކަމާއި، ކުޑަކުދިންގެ ހައްޤުތަކާއި ކުޑަކުދިންގެ ޒިންމާތައް ހަމަހަމަކުރުމުގައި ހުރި ގޮންޖެހުންތަކާއި، ރައްކާތެރިކަމުގެ މަސައްކަތްތައް އިތުރުކުރުމުގެ މުހިންމުކަމަށް މި މަޝްވަރާތަކުގައި އަލިއަޅުވާލެވުނުވެ.

ދެ ދުވަހުގެ މި ޓެކްނިކަލް ސެޝަންތަކުގައި ކުރިއަށް ގެންދެވުނު މަޝްވަރާތަކަކީ, ނަތީޖާއަށް ބިނާކުރެވިގެން ކުރިއަށް ގެންދެވުނު މަޝްވަރާތަކެކެވެ. މިގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި, ރައްދު ދިނުމުގައި ވަށާޖެހޭ ހައްލެއް ކަށަވަރުކޮށްދީ، ކުޑަކުދިން ރައްކާތެރިކުރުމުގެ އެންމެހައި ދާއިރާތައް އެކްޝަން ޕްލޭންގައި ހިމެނުމަށް ވަރަށް ބޮޑު އިސްކަމެއް ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
ކޮމެންޓް