ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 16:07
އޮޕަރޭޝަން ކުރަނގީގެ ދަށުން މާފުށީގައި މަސައްކަތް ކުރާ ބިދޭސީންގެ މައުލޫމާތުތައް ޗެކްކުރަނީ
އޮޕަރޭޝަން ކުރަނގީގެ ދަށުން މާފުށީގައި މަސައްކަތް ކުރާ ބިދޭސީންގެ މައުލޫމާތުތައް ޗެކްކުރަނީ
ހޯމް މިނިސްޓްރީ
އޮޕަރޭޝަން ކުރަނގި
ބިދޭސީންގެ މައްސަލަ ހައްލުކުރަން މާފުއްޓަށް
ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ލިބިގެންދާނެ
އެ ރަށުގައި މަސައްކަތް ކުރަމުން އަންނަ 705 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑާޓާ ނަގާނެ

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދާޚިލީ ވުޒާރާ އާއި ފުލުހުންނާއި އިމްގްރޭޝަން ގުޅިގެން މިދިޔަ މަހު ފެށި އޮޕަރޭޝަން "ކުރަނގި"، ކ. މާފުށީގައި ކުރިއަށް ގެންދަން ތައްޔާރުވެއްޖެއެވެ.

ދާޚިލީ ވުޒާރާއިން މި އޮޕަރޭޝަންގެ ޕައިލެޓް ޕްރޮގްރާމް ފެށީ ކ. ހިންމަފުށީގައެވެ. އެގޮތުން އެ ރަށުގައި މަސައްކަތް ކުރަމުން އަންނަ 705 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑާޓާ ނަގައި އެ މައުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑް ކޮށްފައިވެއެވެ.

ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ ނަގައި ގަވައިދަށް ފެއްތުމުގެ މަސައްކަތް ނިމޭއިރު، މައުލޫމާތު ކަށަވަރު ނުވާ އެއްވެސް މީހަކު ރާއްޖޭގައި ނުހުންނާނެ ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙުސާން ވަނީ ކުރިން ވިދާޅުވެފައެވެ.

އަދި ކައުންސިލްތަކުން އެ ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ދާޚިލީ ވުޒާރާގެ މެއިން ޑާޓާބޭސްއަށް ކައުންސިލްތަކުގެ އެކްސެސް ދެވިގެންދާނެއެވެ.

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށާއި، ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފުރަތަމަ މަރުހަލާގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވައިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެއެވެ.

ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވައިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވާލެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް