ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 06:08
ލަންކާގެ ފޮރިން މިނިސްޓަރ އަލީ ޞަބްރީ އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު
ލަންކާގެ ފޮރިން މިނިސްޓަރ އަލީ ޞަބްރީ އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު
ނިއުސް ވަޔަރ
ރާއްޖެ އާއި ލަންކާގެ ގުޅުން
ލަންކާގެ ރައްޔިތުން ރެމިޓެންސް ފޮނުވުމުގައި ރާއްޖެ އިން ކަނޑައަޅާފައިވާ ލިމިޓް މުރާޖައާކޮށް، ލުއިގޮތްތަކެއް ކަނޑައަޅާ ދިނުމަށް އެ ގައުމުން އެދިއްޖެ
ރާއްޖެއަކީ ރެމިޓެންސްގެ ގޮތުގައި އެންމެ ގިނައިން ލަންކާއަށް ފައިސާ ފޮނުވާ ޤައުމު
ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި މެދު ވެސް މަޝްވަރާކޮށްފައިވާ ކަމަށް އެ ނިއުސް ބްރީފިންގައި ވަނީ ވިދާޅުވެފަ

ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ސްރީ ލަންކާގެ ރައްޔިތުން އެ ގައުމަށް ފައިސާ ފޮނުވުމުގައި ލުއި ގޮތްތަކެއް ހަމަޖަައްސައިދީ ރެމިޓެންސް ލިމިޓު މުރާޖައާ ކުރުމަށް ލަންކާ ސަރުކާރުންއެ އެދިއްޖެއެވެ.

އެކަން ހާމަކޮށްފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު އެ ޤައުމަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ދެއްވި ގުޅިފައިވާ ނިއުސް ބްރީފިންއެއްގައި ލަންކާގެ ފޮރިން މިނިސްޓަރ އަލީ ޞަބްރީއެވެ.

ރާއްޖެއަކީ ރެމިޓެންސްގެ ގޮތުގައި އެންމެ ގިނައިން ލަންކާއަށް ފައިސާ ފޮނުވާ ޤައުމުކަމަށް ވީނަމަވެސް ރެމިޓެންސްގެ ގޮތުގައި މަހެއްގެ މައްޗަށް ބޭރު ކުރާ ޑޮލަރުގެ ޑޮލަރު މިންވަރު ވަނީ ލިމިޓްކޮށްފައެވެ. އެ ލިމިޓް އުޅެނީ 250 ޑޮލަރާއި 300 ޑޮލަރާ ދެމެދުގައެވެ.

ލަންކާގެ ފޮރިން މިނިސްޓަރ އަލީ ޞަބްރީ ވަނީ އެ ޢަދަދުތައް މަރާޖަޢާކުރުމަށް އެދިވަޑައިގަންވާފައިވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދައިން އެދިވަޑައިގަންނަވާފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ލަންކާގެ މަސައްކަތްތެރިންގެ ފައިދާއަށްޓަކާ ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވަނީ ރާއްޖޭގައި ލަންކާ މަސައްކަތްތެރިންނާއި ގުޅުން ހުރި އިތުރު މަޝްވަރާތައް ވެސް އެ ބައްދަލުވުމުގައި ކުރައްވާފައިވާ ކަަމަށް ވިދާޅުވެފައެވެ. އަދި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި މެދު ވެސް މަޝްވަރާކޮށްފައިވާ ކަމަށް އެ ނިއުސް ބްރީފިންފައި ވަނީ ވިދާޅުވެފައެވެ.

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ޒަމީރު ލަންކާ އަށް ވަޑައިގަންނަވާފައި ވަނީ މި ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. އެ ދަތުރުފުޅުގައި ރާއްޖެއިން އެދުނު ކަންކަމުގެ ތެރޭގައި ލަންކާގައި ދިރިއުޅެން ބޭނުންވާ ރާއްޖޭގެ އުމުރުން ދުވަސްވީ މީހުންނަށް ލަންކާއިން ދާއިމީ ރެސިޑެންސީ ވިސާއެއް ދޫކުރުން ހިމެނެއެވެ. ދިވެހިންނަށް އޮން އެރައިވަލް 90 ދުވަހުގެ ވިސާއެއް ދޫކުރުމާއި މެދު އެ ދަތުރުފުޅުގައި މަޝްވަރާކޮށްފައިވެއެވެ.

ލަންކާގެ 20000އެއްހާ މަސައްކަތްތެރިން ރާއްޖޭގައި އުޅެމުންދާކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް