ކ. މާލެ
|
7 ޖޫން 2024 | ހުކުރު 22:40
ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އަދި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް
ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އަދި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް
ރާއްޖެއެމްވީ
ޝިފާން އާއި ޝަރީފް އޭސީޕީ ރޭންކަށް
ޝިފާން އާއި ޝަރީފް އޭސީޕީގެ ރޭންކަށް ޕްރޮމޯޓްކޮށްފި
ދެ ބޭފުޅުންނަށް މަގާމުގެ ކުރިއެރުމުގެ ލިޔުން ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން
މި ދެ މަގާމަކީ ވެސް ރައީސް އައްޔަން ކުރައްވާ ދެ މަގާމު
އޭސީޕީގެ މަގާމަކީ އިދާރީ ގޮތުން ޕްރޮމޯޝަން ދެވޭނެ އެންމެ މަތީ މަގާމު

ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އަދި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނަރަކަށް (އޭސީޕީ)އަށް ޕްރޮމޯޓް ކޮށްފިއެވެ.

ހުކުރު ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދެ ބޭފުޅުންނަށް މަގާމުގެ ކުރިއެރުމުގެ ލިޔުން ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

މި ދެ މަގާމަކީ ވެސް ރައީސް އައްޔަން ކުރައްވާ ދެ މަގާމެވެ.

މި ދެ ބޭފުޅުން ޕްރޮމޯޓް ކޮށްފައިވާ އޭސީޕީގެ މަގާމަކީ އިދާރީ ގޮތުން ޕްރޮމޯޝަން ދެވޭނެ އެންމެ މަތީ މަގާމެވެ. މި މަގާމުގެ މަތިން ދެން އޮންނާނީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމާއި ޕޮލިސް ކޮމިޝަނަރުގެ މަގާމެވެ.

ޝިފާން މީގެ ކުރިން ހުންނެވީ ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯގެ ފުރަތަމަ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައެވެ. އަދި ޝަރީފަކީ ސެންޓްރަލް ޕޮލިސިން އަދި މާލެ ސަރަހައްދުގެ ފްރޮންޓްލައިން ޕޮލިސިންގެ އިސްވެރިޔާ އެވެ.

މީގެ އިތުރުން ޗީފް ސުޕްރިންޑެންޓުގެ މަގާމަށް އެކްޓިން ޑެޕިއުޓީ ހެޑް އޮފް އިންޓެލިޖެންސް، ސުޕްރިންޑެންޓު އިސްމާއިލް ޝަމީމް އަދި ސުޕްރިންޑެންޓު އިބްރާހިމް ނަބީލް ވަނީ ޕްރޮމޯޓް ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް