ކ. މާލެ
|
5 ޖޫން 2024 | ބުދަ 10:16
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް
ޙުސައިން މަޚްތޫމް
ބިދޭސީން ގެނައުން
ބިދޭސީން ގެނައުމަށް ދޫކުރެވޭ ހުއްދަ ދޫކުރުމުގައި ލަސްތަކެއް
ކޯޓާ، ވަރކް ޕަރމިޓް، ޑިޕޮޒިޓް ރީފަންޑް އަދި މި ނޫންވެސް ޚިދުމަތްތައް ދިނުމުގައި ލަސްތަކެއް ދިމާވާނެ

ބިދޭސީން ގެނައުމަށް ދޫކުރެވޭ ހުއްދަ ދޫކުރުމުގައި ލަސްތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ބުނެފިއެވެ.

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ހުއްދަ ދޫކުރުމާއި ގުޅޭގޮތުން އެ މިނިސްޓްރީން ބުނީ ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެއަށް ގެނައުމާއިގުޅޭ އުޞޫލުތައް މުރަޖައާކުރުމާއި، އަދި މިހާރު ޢަމަލުކުރަމުންދާ ނިޡާމްގައި ހުރި މައްސަލަތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ، ޚިދުމަތް ލިބިގަންނަ ފަރާތްތައް ޖަވާބުދާރީ ކުރެވޭނޭ ހަރުދަނާ ނިޡާމެއް ޤާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީގެ ފަރާތުން ކުރަމުންދާ ކަމަށެވެ.

އެހެންކަމުން މި މަސައްކަތްތަކުގެ ސަބަބުން ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމަށް އެދޭ ހުއްދަތަކުގެ ތެރެއިން ދޫކުރެވޭ ކޯޓާ، ވަރކް ޕަރމިޓް، ޑިޕޮޒިޓް ރީފަންޑް އަދި މި ނޫންވެސް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އާންމު ގޮތެއްގައި ޚިދުމަތް ދެވޭ މުއްދަތަށްވުރެ ލަސްވުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

އަދި ބިދޭސީ މަސައްކަތްތެރިންނާއި ގުޅިގެން މިނިސްޓްރީއަށް އެދިފައިވާ ޚިދުމަތްތައް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް