ކ. މާލެ
|
1 ޖޫން 2024 | ހޮނިހިރު 13:16
ފުލުހުންގެ ލޯންޗެއް (ފައިލް ފޮޓޯ)
ފުލުހުންގެ ލޯންޗެއް (ފައިލް ފޮޓޯ)
ޕޮލިސް
ލޯންޗަކުން ޖެހި ބިދޭސީއެއް މަރުވުން
ލޯންޗަކުން ޖެހި ބިދޭސީއަކު މަރުވި މައްސަލާގައި ކެޕްޓަން ހައްޔަރުކޮށްފި
މަރުވީ ފާނަ މަސްވެރިކަން ކުރާ މީހެއް
ފުލުހުން ދަނީ އިތުރަށް މިހާދިސާ ތަހުގީގު ކުރަމުން
ހައްޔަރުކުރީ ދިވެހި ފިރިހެނެއް

ލޯންޗަކުން ޖެހި ބިދޭސީއަކު މަރުވި މައްސަލައާ ގުޅިގެން އެލޯންޗު ދުއްވަން އިން ކެޕްޓަން ހައްޔަރުކޮށްފިއެވެ.

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 7:55 ގައެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ބުނީ މަރުވި މީހާގެ ގައިގައި ޖެހުނު ލޯންޗު ދުއްވަން އިން ކެޕްޓަން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާ ހިނގާދިޔަ ގޮތާ ގުޅޭގޮތުން ރާއްޖެއެމްވީއަށް ފ. ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު ވިދާޅުވީ ސައްދާމް ނަމަކަށް ކިޔާ އެ ބިދޭސީމީހާއަކީ އެރަށުގައި ފާނަ މަސްވެރިކަމުގައި އުޅޭ މީހެއް ކަމަށެވެ.

މޫސާ ވިދާޅުވީ ހޮނިހިރު ދުވަހު އެ ބިދޭސީމީހާ ފާނައަށް ދިޔަ ކަމަށާއި، އެދޯނި ދިޔައީ އދ.ދަނގެތި ކައިރިއަށް ކަމަށެވެ. އެސަރަހައްދުން މޫދަށް އެރި އުޅެނިކޮށް އެމީހާގެ ގައިމަތިން ލޯންޗެއް ދިޔަ ކަމަށެވެ. އެމީހާގެ ކަނދުރާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި، މިހާރު އެމީހާގެ ހަށިގަނޑު އޮތީ ދަނގެތީގެ ސިއްހީ މަރުކަޒުގައި ކަމަށެވެ.

މިހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ ލޯންޗުގައި ޖެހުނު މީހާ ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެމަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ދަނީ އިތުރަށް މިހާދިސާ ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް