ކ. މާލެ
|
30 މެއި 2024 | ބުރާސްފަތި 18:11
ބެސްޓް ބިޒްނަސް ކްލާސް ގަތަރު އެއަރވޭސް އަށް ވަނީ ލިބިފަ
ބެސްޓް ބިޒްނަސް ކްލާސް ގަތަރު އެއަރވޭސް އަށް ވަނީ ލިބިފަ
ގަތަރު އެއަރވޭސް
އެންމެ މަގުބޫލް އެއަރލައިން ހޮވުން
2024 ގެ ބެސްޓް އެއަރލައިން އަކަށް ގަތަރު އެއަރވޭޒް ހޮވައިފި
ޚިދުމަތުގެ ކޮލިޓީ އާއި ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމުގެ ބައިތަކުން އެހެން ހުރިހާ އެއަރލައިނަކަށް ވުރެ މަތިން ގަތަރު އެއަރވޭސް އަށް ފަސިންޖަރުން މާކްސް ދީފައިވޭ

އެއަރލައިންރޭޓިންގްސް ޑޮޓް ކޮމް އިން ކޮންމެ އަހަރަކު ހޮވާ އަހަރުގެ އެންމެ މަގްބޫލު އެއަރލައިންގެ މަގާމު 2024 ވަނަ އަހަރު ގަތަރު އެއަރވޭޒް އަށް ލިބިއްޖެއެވެ.

ޚިދުމަތުގެ ގޮތުން ދެވަނަ އެއް ނެތް ގަތަރު އެއަވޭސް އަށް މި މަގާމު އަލުން ލިބުނު އިރު، 2023 ވަނަ އަހަރު އެންމެ މަގުބޫލް އެއަރލައިންގެ މަގާމު ލިބުނީ އެއަރ ނިއުޒީލެންޑަށެވެ.

ދުނިޔޭގެ އެއަރލައިން ތަކުގެ ޚިދުމަތުގެ ފެންވަރު ފާހަގަކޮށް، އެންމެ މަގުބޫލް އެއަރލައިން ހޮވުމުގައި 12 ކްރައިޓީރިއާ އެއް ބޭނުން ކުރާއިރު އޭގެ ތެރޭގައި، ރައްކައުތެރިކަމާ، އެއަރލައިންގައި ހިމެނޭ ބޯޓު ފަހަރުގެ އުމުރާއި. އަހަރީ ފައިދާ އާއި، ހިނގާފައިވާ ނުރައްކާތެރި ހާދިސާތަކާއި، ފަސެންޖަރުން ދެކޭ ގޮތް ފަދަ ކްރައިޓީރިއާތައް ހިމެނެއެވެ. ފައިނަލް ނަތީޖާ ނިންމަނީ 5 އެޑިޓަރުން ހިމެނޭ ފަނޑިޔާރުންގެ ޕެނެލަކުންނެވެ.

އެއަރލައިންރޭޓިންގްސް ޑޮޓް ކޮމް ގެ އެޑިޓަރ އިން ޗީފް ޖެފްރީ ތޯމަސް ބުނާ ގޮތުގައި ޚިދުމަތުގެ ކޮލިޓީ އާއި ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމުގެ ބައިތަކުން އެހެން ހުރިހާ އެއަރލައިނަކަށް ވުރެ މަތިން ގަތަރު އެއަރވޭސް އަށް ފަސިންޖަރުން މާކްސް ދީފައިވާ ކަމަށެވެ.

އެހެން ވަނަ ތަކަށް ބަލާއިރު ބެސްޓް ފަސްޓް ކްލާސް ލިބުނީ ސިންގަޕޯރ އެއަރލައިން އަށެވެ. ބެސްޓް ބިޒްނަސް ކްލާސް ގަތަރު އެއަރވޭސް އަށް ލިބުނު އިރު ބެސްޓް ޕްރިމިއަމް އިކޮނޮމީ ލިބުނީ ސިންގަޕޯރ އެއަރލައިންއަށެވެ. ބެސްޓް އިކޮނޮމީ ކްލާސް ލިބުނީ އެއަރ ނިއުޒީލެންޑަށެވެ.

އެހެން ކެޓަގަރީ ތަކަށް ބަލާއިރު، ބެސްޓް ކޭޓަރިންގ ގަތަރު އެއަރވޭސް ލިބުނުއިރު ވާރޖިން އޮސްޓްރޭލިއާ އަށް ބެސްޓް ކެބިން ކްރޫ ލިބުނެވެ. ބެސްޓް ލައުންޖް އެވޯޑް ލިބުނީ ކުއަންޓަސް އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް