ކ. މާލެ
|
27 މެއި 2024 | ހޯމަ 18:20
ސުނާމީ ބިނާ ސަރައްދު
ސުނާމީ ބިނާ ސަރައްދު
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
މޫސުން ގޯސް، މުޅި ރާއްޖެ އަށް ވަނީ ހުދު ސަމާލު ނެރެފައި
ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ
މޫސުމާ ބެހޭ ޤައުމީ އިދާރާިއން ހުދު ސަމާލު ނެރެފައިވަނީ ހޯމަ ދުވަހުގެ 15:30 ން 21:30 ށް
ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ރަނގަޅުވާނެ ކަމަށް ނުބެލެވޭ

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގެ އަސަރު ރާއްޖޭގެ ބޮޑު ބަޔަކަށް ކުރާނެ ކަމަށް ބެލެވޭތީ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާިއން ހުދު ސަމާލު ނެރެފައިވަނީ ހޯމަ ދުވަހުގެ 15:30 ން 21:30 އަށެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ހޯމަ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެ އިދާރާއިން އިތުރަށް ބުނީ ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ރަނގަޅުވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ބުދަ ބުރާސްފަތި ހިސާބުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ. ބުދަ އަދި ބުރާސްފަތި ދުވަހު ރާއްޖޭގެ ހިސާބުތަކަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށާއި ކުރިއަށް އޮތް ހަފްތާގައި މޫސުން ރަނގަޅުވާނެ ކަމަށް ލަފާކޮށްފައެވެ. މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގެ އަސަރުކޮށް ފެންބޮޑުވުމާއި، ފުރާޅު އެއްލާލުން އަދި ގަސްތައް ވެއްޓުން ފަދަ ހާދިސާތައް ދަނީ ހިނގަމުންނެވެ. އަދި ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުތައް ގެއްލުމުގެ ހާދިސާތައް ވެސް ހިނގާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
ކޮމެންޓް