ކ. މާލެ
|
27 މެއި 2024 | ހޯމަ 13:05
އިބްރާހީމް ސައްމާހު އަހުމަދު ފަތުހީ
އިބްރާހީމް ސައްމާހު އަހުމަދު ފަތުހީ
ރާއްޖެއެމްވީ
މޫސަގެ މަރުގެ މައްސަލަ- ސައްމާހު
ސުޕްރީމް ކޯޓުން އެއް ނަންބަރެއްގެ ދަށުން 2 އަމުރެއް ނުނެރޭ، ދިމާވީ އިދާރީ އޮޅުމެއް
އިދާރީ އޮޅުމެއްގެ ސަބަބުން ފޮނުވިފައިވަނީ އިސްލާޙުނުކޮށް އޮތް އަމުރު
އަމުރުގައި މައްސަލައެއް އުޅޭކަން އެނގުމުން ސުޕްރީމް ކޯޓުން ވަގުތުން އަމުރު އިސްލާޙުކުރި
ކަރެކްޝަންސްއަށް ލިބުނު އަމުރާއި ދެން ހުރި އިދާރާތަކަށް ލިބުނު އަމުރު ތަފާތު

ތޫނު އެއްޗަކުން ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލާގައި ތުހުމަތުކުރެވޭ އިބްރާހީމް ސައްމާހު އަހުމަދު ފަތުހީ, އިސްތިއުނާފު މަރުޙަލާ ނިމެންދެން ބަންދު ކުރުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށް އަންގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އިދާރީ އޮޅުންތަކެއް ދިމާވެފައިވާކަން އެނގިއްޖެއެވެ.

މައްސަލައިގެ ފަސްފަހަތް:

ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި އަންގާފައިވަނީ އެ ކޯޓުގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ސައްމާޙުގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް 7 ދުވަހުގެ ތެރޭގައި ހައިކޯޓަށް ހުށަހަޅައި އެކަމުގައި ގޮތެއް ނިމެންދެން އޭނާ ރިމާންޑު ޖަލެއްގައި ބަންދު ކުރުމަށެވެ.

އެ 7 ދުވަސް ނިމިދިޔަ ބުރާސްފަތި ދުވަހަށް ހަމަވެފައިވާއިރު، ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް ހައިކޯޓުން އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ. ސަބަބަކީ ހައިކޯޓަށް ލިބުނު އަމުރުގައި 7 ދުވަސް ތެރޭގައި ގޮތެއް ނިންމަންޖެހޭ ވާހަކަ ނެތުމުންނެވެ.

ހައިކޯޓުން އަޑުއެހުމެއް ބާއްވާފައިނުވާތީ ދައުލަތުން ވަނީ އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައެވެ.

މި މައްސަލައިގައި ހައިކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ، ހިނގަމުންދާ މައްސަލައެއްގައި ހިމެނޭ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅަން ވިސްނަމުންދާ ކަމަށާއި، ފަނޑިޔާރުންނަށް ފިޔަވަޅު އަޅައިދިނުމަށް އެދުމަށް ވިސްނަމުންދާކަމަށް ދައުލަތުން ބުނުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

އެހެންނަމަވެސް ދައުލަތާ ޙަވާލާދީ އެ ވާހަކަތައް ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ކަމަށާއި، އެއީ ޤަބޫލު ކުރާ ކަމެއް ނޫންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އޭގެ އިތުރުން، ހިނގަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުމަށް ކުރެވޭ ކޮންމެ ކަމަކަށް ކޯޓުން ވެސް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެކަން ފާހަގަ ކުރައްވައި ފަނޑިޔާރު ވިދާޅުވީ، އެއީ ނަސޭހަތެއް ކަމަށް ނޫނީ އިންޒާރެއް ކަމަށް ބެއްލެވިޔަސް އެންމެ ރަނގަޅު ކަމަށެވެ.

އަދި ފަނޑިޔާރުން ހަވަރަށް ދިނުމަކީ ޕީޖީ އޮފީހަށް އޮތް ލައިސަންސެއް ނޫން ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ކަން ހިނގާ ދިޔަ ގޮތް:

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، ފަނޑިޔާރުން ހަވަރަށްދީ، ކޯޓުގެ ޙުރުމަތް ކެނޑުމުގެ އެއްވެސް ނިޔަތެއް އެ އޮފީހުގެ ނެތް ކަމަށެވެ. އަދި އަމުރުގެ ތާރީޚާ ގުޅިގެން އުފެދިފައިވާ އޮޅުންބޮޅުން ސާފު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، އިސްތިއުނާފު މަރުޙަލާ ނިމެންދެން ސައްމާހު ބަންދު ކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމާފައިވަނީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވައިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަކަށް ނޫން ކަމަށެވެ.

އެހެންކަމުން ސުޕްރީމް ކޯޓުގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ސައްމާޙުގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް 7 ދުވަހުގެ ތެރޭގައި ހައިކޯޓަށް ހުށަހަޅައި އެކަމުގައި ގޮތެއް ނިމެންދެން އޭނާ ރިމާންޑު ޖަލެއްގައި ބަންދު ކުރުމަށްވެސް ސުޕްރީމް ކޯޓުގެ ޙުކުމުގައި ބުނެފައިވެއެވެ.

އެކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ބަލާއިރު، ކަރެކްޝަނަލް ސަރވިސަސްއަށް ލިބިފައިވާ އަމުރާއި، ޕީޖީ އޮފީހާއި ހައިކޯޓަށް ލިބިފައިވާ އަމުރު ތަފާތެވެ. ނަމަވެސް ދެ އަމުރުވެސް އޮތީ އެއް ނަންބަރެއްގެ ދަށުންނެވެ.

އެކަން ހިނގި ގޮތާ ގުޅޭގޮތުން އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ވިދާޅުވީ، އެކަމުގައި އިދާރީ އޮޅުމެއް އަރާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ އަމުރު ނެރުނުއިރު 7 ދުވަހުގެ ވާހަކަ ނެތުމުން އެކަން ފާހަގަވެގެން ސުޕްރީމް ކޯޓުން ވަނީ ވަގުތުން އަމުރު އިސްލާޙުކޮށްފައެވެ. ނަމަވެސް އިދާރީ އޮޅުމެއްގެ ސަބަބުން ކަރެކްޝަންސް ފިޔަވައި ދެން ހުރި އިދާރާތަކަށް ފޮނުވިފައިވަނީ އިސްލާޙު ނުކޮށް އޮތް އަމުރެވެ.

އެހެންނަމަވެސް ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ސާފުކޮށް 7 ދުވަހުގެ ވާހަކަ ވަނީ ބަޔާންކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
119 ކިލޯ މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލަ އިސްތިއުނާފުކުރުމަށް ނިންމައިފި
ޝަރީއަތް ނިމެންދެން ބަންދުގައި ތިބެންޖެހޭ މައްސަލައަށް ޙައްލު އަންނާނީ ޤާނޫނުގައި ބުނާ މުއްދަތަށް ކޯޓުން މައްސަލަތައް ނިންމައިގެން: ޕީޖީ
މޫސަގެ މަރު: ސައްމާހު ބަންދު ނުކުރުމަށް ހައިކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކޮށްފި
ޖަލު އަދަބު ޖޫރިމަނާއަށް ބަދަލު ކުރުމުންވެސް އެ ފައިސާ ނުދައްކާނަމަ، އަލުން ޖަލަށް ލެވޭނެ: ޕީޖީ އޮފީސް
ނައީމާގެ މަރު: ފަވާޒަކީ ލޭއަޅާ ކުއްޖަކަށްވާތީ އޭނާގެ ބަލި ޙާލަތާމެދު އިތުރަށް ސަމާލުވާން ދިފާއުން އެދޭ
ނައީމާ މޫސާގެ މަރު: ސިއްރު ހެކިންގެ ބަޔާންތައް ސިއްރުކޮށް، ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދެއްވައިފި
ޑިޕަބްލިކްގައި ހިނގި މާރާމާރީ: ސިއްރު ހެކިވެރިޔާ ބުނީ ޙާދިސާގެ އެއްވެސް ކަމެއް ހަނދާނުގައި ނެތްކަމަށް
ޒިޔަދަމްގެ މަރުގެ މައްސަލައިގައި ސިފާމް އުމުރަށް ޖަލަށް ލާން ކުރި ހުކުމް އިސްތިއުނާފު ކޮށްފި