ކ. މާލެ
|
25 މެއި 2024 | ހޮނިހިރު 13:59
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ގޫގުލް
މާލީ ބަޔާން ހުށަހެޅުން
ސުންގަޑި ހަމަވިއިރު މާލީ ބަޔާން ހުށަހެޅީ 320 ކެންޑިޑޭޓުން: އީސީ
22 މެއި 2024 ގެ ކުރިން މާލީ ބަޔާން ކޮމިޝަނަށް ހުށަހަޅަން ޖެހޭ
އޭގެ ފަހުންވެސް މާލީ ބަޔާންތައް ލިބެމުންދިޔަ

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލި ކެންޑިޑޭޓުން މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު މާލީ ބަޔާން ހުށަހެޅީ 320 ކެންޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލި 368 ކެންޑިޑޭޓުން،​ އިންތިޚާބާގުޅޭ މާލީ ކަންކަމާބެހޭ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް މަޖިލީހަށް ހޮވުނަށް ނުހޮވުނަސް 22 މެއި 2024 ގެ ކުރިން ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ.

އެކަމާ ގުޅޭގޮތުން އީސީން ބުނީ، ސުންގަޑި ހަމަވިއިރު މާލީ ބަޔާން ހުށަހެޅީ 320 ކެންޑިޑޭޓުން ކަމަށާއި، އޭގެ ފަހުންވެސް މާލީ ބަޔާންތައް ލިބެމުންދިޔަ ކަމަށެެވެ. ވަގުތު ހަމަވިފަހުން މާލީ ބަޔާން ހުށަހެޅި ކެންޑިޑޭޓުންނާމެދު ފިޔަވަޅު އަޅާނެކަން ނުވަތަ ނޫންކަމާއި އެކަމުގެ ތަފްސީލު ފަހުން ހާމަކުރާނެކަމަށް އީސީން މައުލޫމާތުދެއެވެ.

މާލީ ބަޔާން ހުށަނާޅާފިނަމަ، ނުވަތަ މާލީ ބަޔާނުގައި ދޮގު މައުލޫމާތެއް ދީފިނަމަ، އެ ކެންޑިޑޭޓެއްގެ އަދަބަކީ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ 72،000.00 (ހަތްދިހަ ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް