ކ. މާލެ
|
24 މެއި 2024 | ހުކުރު 12:44
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގު އިބްރާހީމް ވާހަކަދައްކަވަނީ
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގު އިބްރާހީމް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ތިމާވެށި ހިމާޔަތްކުުރުން
މިދިޔަ ދެ އަހަރުތެރޭގައި އިޔާދަކުރަނިވި ހަކަތައިގެ މުހިންމު ޕްރޮޖެކްޓްތަކެއް ހިންގާފައިވޭ: މިނިސްޓަރު ތާރިގު
މަސައްކަތް ކުރަނީ އެއްޕަސެންޓް ނުވަތަ ފްރީ އިންޓަރެސްޓް ލޯނު ހޯދުމަށް
ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށް ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މިންވަރަށް އެހީތައް ނުލިބޭ
މިދިޔަ ދެ ސަރުކާރުގައި ވެސް ތިމާވެއްޓަށް ޚާއްސަކޮށްގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ

ތިމާވެއްޓަށް ގިނަ މަސައްކަތްތައްކޮށް، މިދިޔަ ދެ އަހަރުތެރޭގައި އިޔާދަކުރަނިވި ހަކަތާގެ މުހިންމު ޕްރޮޖެކްޓްތަކެއް ހިންގާފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެންޓިގުއާ އެންޑް ބާބިއުޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް، ސިޑްސްގެ 4 ވަނަ ކޮންފަރެންސްއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ތާރިގު ވިދާޅުވީ ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ބޮޑު ހަރަދެއް ކުރާ ކަމަށާއި، ޖީޑީޕީގެ 13 ޕަސެންޓް ހަރަދު ކުރާ ކަމަށެވެ.

މިހަރަދު ކުޑަކޮށް، ރާއްޖޭގެ ތިމާވެއްޓަށް ކުރާ ނެދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން ފާއިތުވެދިޔަ ދެ އަހަރުތެރޭގައި އިޔާދަކުރަނިވި ހަކަތާގެ މުހިންމު ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފައިވަނީ ސުމަކުން ފެށިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިދިޔަ ދެ ސަރުކާރުގައި ވެސް ތިމާވެއްޓަށް ޚާއްސަކޮށްގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެމަސައްކަތް ހަމައޭރު އަޅުގަނޑުމެންނަށް އިންޓަރނޭޝަނަލް ފައިނޭންސިން މެކޭނިޒަމް މަލްޓިލޭޓަރަލް ޑޮނަރސް މިސާލަކަށް އޭޑީބީއާއި އަދި ވޯލްޑް ބޭންކާއި އަދި ޔޫރަޕިއަން އިންވެސްޓްބޭންކާއި އަދިވެސް ޑޮނަރ މަލްޓިލޭޓަރަލް ޑޮނަރ ކަންޓްރީސްތަކުގެ ފަރާތުން އަޅުގަނޑުމެންނަށް އޭގެ ޚިދުމަތްތަކެއް ނޫނީ އޭގެ ފައިސާތަކެއް ޕްރޮގްރާމްތަކެއް ކުރިއަށް ދިޔަ. އެހެންވީމަ އަޅުގަނޑުމެންނަށް އަސްލު ބޭނުންވާ ވަރަށް ނުވޭ. ނަމަވެސް އަޅުގަނޑުމެންނަށް އެމަސައްކަތް އޭގެ ތެރެއިން މަސައްކަތްތަކެއް ކުރިއަށް ދިޔަ. އޭގެ އިތުރަށް ސަމޯއާ ޕާތުވޭ ފާހަގަކޮށްލާފައިވާނެ ކުދި ޖަޒީރާގައުމުތަކުގެ ތިމާވެއްޓަށް ލިބޭ ނޭދެވޭ އަސަރުތައް ކުޑަކުރަން ނޫނީ ދެނެގަތުމަށް ކުރަންޖެހޭ ކަންތައްތަކަށް ސްޓަޑީޒް ހެދުން. އެހެެންވީމަ އެގޮތުން ގްލޯބަލް އެންވަރުމެންޓް ފެސިލިޓީގެ ފަރާތުން އަޅުގަނޑުމެންނަށް ކޮންމެ އަހަރަކު ވެސް ކަނޑާއަޅާފައިވާ ފައިސާ ލިބިގެންދޭ. ނަމަވެސް އޭގެ ތެރެއިން ޕްރޮގްރާމްތަކެއް އަޅުގަނޑުމެން ކުރިއަށް ގެންދަން ރަށްރަށުގެ ތިމާވެށީގެ ހާލަތު ދެނެގަތުމާއި އަދި ފަރުތަކުގެ ހާލަތު ދެނެގަތުމާ އެތަންތަނުގެ ސީދާ ކޮންޓިނިއުގެ އެކަންތައްތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި އަދި އިންސާނީ ވަސީލަތްތައް ހޯދުމާއި މިދެންނެވީ ހިއުމަން ރިސޯސް ޑިވެލޮޕް ކުރުމާއި މިކަހަލަ ކަންތައްތަކެއް ކުރެވެމުން އެބަދޭ.
އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގު އިބްރާހީމް

ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށް ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މިންވަރަށް އެހީތައް ނުލިބޭކަން ފާހަގަކުރައްވައި މިނިސްޓަރު ތާރިގު ވިދާޅުވީ ކްލައިމެޓް ފަންޑުން ވެސް ބޭނުންވާ މިންވަރަށް ފައިސާ ނުލިބޭ ކަމަށާއި، ލިބެނީ މަދު އަދަދެއް ކަމަށެވެ. އަދި ބޮޑެތި އިންޓަރެސްޓްގައި ލޯނު ނަގަން ބޭނުންނުވާ ކަމަށާއި، މަސައްކަތް ކުރަނީ އެއްޕަސެންޓް ނުވަތަ ފްރީ އިންޓަރެސްޓް ލޯނު ހޯދުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެން އަދި ބޭރުން ބޭންކްތަކުން ބްރޯ ކުރާއިރު އަޅުގަނޑުމެން ފައިސާ ލޯނަށް ނަގާއިރު އަޅުގަނޑުމެންނަށް މި ލިބެނީ އަސްލު އޭގައި ބޮޑަށް މިއޮންނަނީ އަޅުގަނޑުމެންގެ ކުދިޖަޒީރާ ގައުމުތަކަކީ މުހިންމު ނާޒުކު ގައުމުތަކެއްގެ ކަމުގައި ހުރިހާ އެންމެން ވެސް އެއްބަސްވެފައި. އޭގެ ދަށުން މިލްޓިލެޓަރަލް ބޭންކްތަކުން ކުދި ގައުމުތަކަށް ކޮންސިޝަލް ރޭޓުގައި ފައިސާ ދޭން މިއޮންނަނީ ކަނޑައަޅާފައި. އެހެންނަމަވެސް އެ ކޮންސިޝަނަލް ރޭޓް ފައިސާ އަޅުގަނޑުމެން ބޭނުންވާ ވަރަށް ނުލިބޭ. ހަމަ ބޮޑެތި އިންޓަރެސްޓް ރޭޓްގައި 11، 12 ޕަސެންޓްގައި މިލިބެނީ. އަޅުގަނޑުމެން މިދެނީ ގާތްގަނޑަކަށް އެއް ޕަސެންޓް ނޫނިއްޔާ 2 ނުނިއްޔާ އިންޓްރެސްޓް ފްރީ ލޯނު ހޯދުން. އެހެންވީމަ އެގޮތަށް އެމަސައްކަތް އަޅުގަނޑުމެން ބޭނުންވާ މިންވަރުގައި ބާރަށް ކުރިއަށް ނުދިޔާމަ މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ބޭނުންވާ ތަރައްގީ ނުލިބި އޮތީ. އެހެންވީމަ ކުރިއަށް އޮތް 10 އަހަރަކީ އަޅުގަނޑުމެން ބޭނުންވާ މިންވަރަށް ބޭނުންވާ ގޮތަށް ބޭނުންވާ ކޮންސިޝަނަލް ރޭޓުގައި ކުދި ޖަޒީރާގައުމުތަކަށް ފައިސާ ހޯދުން. ޓޫރިޒަމްގައި ފައިސާ ލިބުނު ނަމަވެސް އަޅުގަނޑުމެންނަށް މާދަމާވެސް މޫސުމަށް އަންނަ ބަދަލަކުން މާދަމާ ވެސް ޓޫރިޒަމްގެ ކަންތައްތައް އެއްކޮށް ނެތިގެންގޮސްދާނެ. އިރާދަކުރެއްވިއްޔާ ނުވާނެ އެހެނެއް. ނަމަވެސް އަޅުގަނޑުމެންނަށް ސުނާމީގައި އެއްދުވަސް ނެގީ. އަޅުގަނޑުމެންނަކީ ވަލްނަރަބަލް ބައެއް. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ އިތުރު ގޮތްތައް ހޯދިފައި އޮންނަން. ހަމައެކަނި ޖީޑީޕީއަށް ބަލައިގެން މިކަމެއްނުވާނެ. އެކަމާއި އަޅުގަނޑުމެން މަސައްކަތް ކުރާނަން.
އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގު އިބްރާހީމް

މިނިސްޓަރު ތާރިގު ވިދާޅުވީ ކޮންފަރެންސްތަކުގައި ބައިވެރިވެ، ތިމާވެށީގެ ކަންކަމުގައި ކުރިއަށް ދިއުމަށް އެންމެން އެއްވާހަކައެއް ދައްކައި އެއް އަޒުމެއްގައި ކުރިއަށްދާން ޖެހޭ ކަމަށެވެ. މިމަސައްކަތުގައި ވެސް އުންމީދެއް އެބައޮތް ކަމަށާއި، މަސައްކަތް ކުރުމުން ލޯނުތައް ހަމަޖެހި، މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ތާރިގު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް