Advertisement
ކ. މާލެ
|
20 މެއި 2024 | ހޯމަ 07:07
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް
ރާއްޖެއެމްވީ
އަދުގެ ސަރުކާރު
މިއީ ޕްލޭން ކުރެވިގެން ހިންގާ ސަރުކާރެއް ނޫން، މިއީ ލާޗާރުބިޗާރަށް ހިންގާ ސަރުކާރެއް: މެންބަރު ފަލާހު
ކަންކަން ރާވާ ހިންގުމުގެ ޤާބިލްކަން މި ސަރުކާރުގެ ނެތް ކަމަށް އޭނާ ވިދާޅުވި

މިއީ ޕްލޭން ކުރެވިގެން ހިންގާ ސަރުކާރެއް ނޫން ކަމަށާއި މިއީ ލާޗާރުބިޗާރަށް ހިންގާ ސަރުކާރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement

ފަލާހް ވިދާޅުވީ ސަރުކާރަށް ކާމިޔާބީތައް ލިބުނު ކަމަށް ބުނަމުން ދަނީ ހަގީގަތް އޮޅުވާލުމަށް ކަމަށާއި ގައުމު ހިންގަން ކަންކަން ކުރަމުން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަލާހް ވަނީ މި ސަރުކާރުގެ ސިޔާސީ މަޤާމުތައް އިންތިހާ އަށް އިތުރުވެފައިވާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ. އެ ބޭފުޅުންގެ އަމަލު ހުރީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ވާނެ ގޮތަކަށް ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ވާނުވާ އެނގިވަޑައިނުގަންނަވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

މީގެއިތުރުން މި ސަރުކާރަކީ ދައުލަތް ހިންގަން ނޭނގޭ ހިންގުންތެރިކަން ކުޑަ ސަރުކާރެއްގެ ގޮތުގައި ފަލާހް ވަނީ ސިފަކުރައްވާފައެވެ. އަދި މި ސަރުކާރުން ތަރައްޤީގެ ގާކޮޅެއް ބާއްވާލުންހާ މިންވަރު ވެސް ކުރިއަށްގެންދާ ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ފަލާހު ވިދާޅުވިއެވެ. ހަމައެހެންމެ ރާއްޖޭގެ އެއްވެސް ހިސާބެއްގައި ފަށާފައި ހުރި އެއްވެސް މަޝްރޫޢުއެއް ކުރިއަށް ނުދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލޭގައި އަމީނީ މަގުގައި ތާރުއަޅަން އޮތް ކުޑަ ތަންކޮޅެއް އެކަން ކުރެއްވި. މަގު ހެދުމުގެ މަސައްކަތް ކުރި، ހުއްޓިފައި. ފަޅު ހިއްކުން ހުއްޓިފައި. އެއާޕޯޓުގެ ކަންކަން ހުއްޓިފައި. ޓްވީޓެއްކޮށްލާފަ ވިދާޅުވެދާނެ އެތައް ކާމިޔާބެއް ހާސިލްވި ހަ މަސްކަމަށް މިއީ. އެކަމެއް ނުފެނޭ.
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް

ފަލާހު ވިދާޅުވީ މިހާރު ސަރުކާރު ހިނގަމުން ދަނީ ދައުލަތަށް ވަންނަ މަދު އާމްދަނީ އިން ކަމަށާއި އެކަން ވެސް ކުރަނީ މަޝްރޫޢުތައް ހުއްޓާލުމަށް ފަހުގައި ކަމަށެވެ. އަދި ކަންކަން ރާވާ ހިންގުމުގެ ޤާބިލުކަން މި ސަރުކާރުގެ ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 38 މިނެޓު ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް