Advertisement
ކ. މާލެ
|
19 މެއި 2024 | އާދީއްތަ 15:05
ވޯލްޑް ޝެފްސް އޭޝިޔާ ޕްރެޒިޑެންޓްސް އަހަރީ ބައްދަލުވުމުގައި މަރިޔަމް ނޫރައްދީން
ވޯލްޑް ޝެފްސް އޭޝިޔާ ޕްރެޒިޑެންޓްސް އަހަރީ ބައްދަލުވުމުގައި މަރިޔަމް ނޫރައްދީން
ރާއްޖެއެމްވީ
ވޯލްޑް ޝެފްސް އޭޝިޔާ ޕްރެޒިޑެންޓްސް
'ވޯލްޑް ޝެފްސް އޭޝިޔާ ޕްރެސިޑެންޓްސް އަހަރީ ބައްދަލުވުން 2024' ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ
ދިވެހިރާއްޖޭގެ ކަންޓްރީ ރިޕޯޓް ހުށަހަޅުއްވާ ދެއްވާނީ ރައީސާ މަރްޔަމް ނޫރައްދީން

ދުނިޔޭގެ ޝެފުންގެ މައި ޖަމިއްޔާ "ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް" (ވެކްސް) ގެ ފަރާތުން ބާއްވާ، އެ ޖަމިއްޔާގެ މެމްބަރުންގެ ތެރެއިން، އޭޝިޔާ ބައްރަށް ނިސްބަތްވާ ޤައުމުތަކުގެ ރައީސުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މޮންގޯލިއާގެ ވެރިރަށް އުލާންބަޓާރު ގައި، މެއި 19ން 24ށް ބާއްވާ "ވޯލްޑް ޝެފްސް އޭޝިޔާ ޕްރެޒިޑެންޓްސް އަހަރީ ބައްދަލުވުން 2024" ގައި ދިވެހިރާއްޖެ ތަމްޞީލުކުރަނީ، ދިވެހިރާއްޖޭގެ ޝެފުންގެ ޤައުމީ ޖަމިއްޔާ 'ޝެފްސް ގިލްޑް އޮފް މޯލްޑިވްސް' ގެ ރައީސާ މަރްޔަމް ނޫރައްދީނާއި އެ ޖެމިއްޔާގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު އަދި ވެކްސް ކޮންޓިނެންޓަލް ޖަޖު މަރްޔަމް ޝިއުނާއެވެ.

"ވޯލްޑް ޝެފްސް އޭޝިޔާ ޕްރެޒިޑެންޓްސް އަހަރީ ބައްދަލުވުން 2024" ގައި ދިވެހިރާއްޖޭގެ އިތުރުން، މޮންގޯލިއާ، ކެމްބޯޑިއާ، ޗައިނާ، ހޮންގކޮންގ، އިންޑިޔާ، އިންޑޮނޭޝިޔާ، މެލޭސިޔާ، ނޭޕާލް، ފިލިޕީންސް، ސިންގަޕޯރ، ސައުތުކޮރެޔާ، ސްރީލަންކާ، ޓައިވާން، ތައިލެންޑް، ވިއެޓްނާމް، މި ޤައުމުތަކުގެ ރައީސުންގެ އިތުރުން، ޝެފުންގެ މައި ޖަމިއްޔާ ވެކްސްގެ ފަރާތުން ވެސް މި ބޮޑު ބައްދަލުވުމުގައި ބައިވެރިވެއެވެ.

5 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިބައްދަލުވުމުގައި ކޮންމެ ޤައުމެއްގެ 'ކަންޓްރީ ރިޕޯޓް' ހުށަހެޅުން އޮންނާނެއެވެ. ދިވެހިރާއްޖޭގެ ކަންޓްރީ ރިޕޯޓް ހުށަހަޅުއްވާ ދެއްވާނީ ރައީސާ މަރްޔަމް ނޫރައްދީނެވެ.

Advertisement

"ވޯލްޑް ޝެފްސް އޭޝިޔާ ޕްރެޒިޑެންޓްސް އަހަރީ ބައްދަލުވުން 2024" ގައި، ކަންޓްރީ ރިޕޯޓްތަކުގެ އިތުރުން، މަޝްވަރާ ކުރެވޭ މުޙިއްމު ކަންތައްތަކުގެ ތެރޭގައި، މިއަހަރު ސިންގަޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ޝެފުންގެ އެންމެ ބޮޑު ބައްދަލުވުން "ޝެފްސް ކޮންގްރެސް 2024" ގެ މުހިއްމު ކަންތައްތަކާއި، އޭޝިޔާ ބައްރުގެ ޤައުމުތަކަށް ކަލިނަރީ ދާއިރާއިން ކުރިމަގުގައި ހުރި ފުރުޞަތުތަކާއި، އިޖްތިމާޢީ ޒިންމާގެ ތެރެއިން ޝެފުންނަށް ކުރެވެން ހުރި ކަންތައްތަކާއި، އަދި ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތަކާއިބެހޭ ގޮތުން މުޙިއްމު މަޝްވަރާތަކެއް ކުރެވިގެންދާނެއެވެ.

ދިވެހި ޝެފުން އިތުރަށް ތަމްރީނުކުރުމާއި، ބައިނަލްއަޤްވާމީ އެކިއެކި މުބާރާތްތަކާއި ޗެލެންޖުތަކުގައި ވާދަކުރުމަށް އިތުރު ގިނަ ފުރުޞަތުތައް ހޯދައިދިނުމަށް މި ބައްދަލުވުމުގައި ވަރަށް ބޮޑަށް ވަކާލާތުކޮށް މަސައްކަތްކުރައްވާނެ ކަމަށް މަރިޔަމް ނޫރައްދީން ވިދާޅުވިއެވެ. އަދި ދިވެހި ޝެފުންނަކީ މިހާރު ބައިނަލްއަޤްވާމީ މައިދާނުގައިވެސް ރަން ވަނަތަކެއް ހާޞިލުކުރަމުން އަންނަ ކުޅަދާނަ އަދި ހުނަރުވެރި ބައެއްކަމަށް ވެސް މަރްޔަމް ނޫރައްދީނު ވިދާޅުވިއެވެ.

2016 ވަނަ އަހަރު އުފެދުނު ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޝެފުން ކުރިއަރުވާ ތަރައްޤީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ، ވަރަށް ހަރަކާތްތެރި ޖަމިއްޔާއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް