ކ. މާލެ
|
20 ނޮވެންބަރ 2022 | އާދީއްތަ 07:03
ޝެފް އޮފް ދަ އިޔަރ އެވޯޑު ހާސިލްކުރި އަހުމަދު މާޒިމް
ޝެފް އޮފް ދަ އިޔަރ އެވޯޑު ހާސިލްކުރި އަހުމަދު މާޒިމް
ރައީސް އޮފީސް
ސީޖީއެމް ޝެފްސް އެވޯޑު 2022
"ސީޖީއެމް ޝެފްސް އެވޯޑު" 36 ޝެފަކަށް ދީފި
އެވޯޑު ދީފައިވަނީ 8 ކެޓަގަރީއަކުން
ޝެފް އޮފް ދަ އިޔަރ ހޮވާފައިވޭ
މިއީ މުޅިން އަލަށް ދޭން ފެށި އެވޯޑެއް

ކަލިނަރީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަގު ވަޒަންކުރުމުގެ ގޮތުން "ސީޖީއެމް ޝެފްސް އެވޯޑު 2022" 36 ޝެފަކަށް ދީފިއެވެ.

މިއީ ޝެފުންގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ޝެފްސް ގިލްޑް މޯލްޑިވްސްއިން މުޅިން އަލަށް ދޭން ފެށި އެވޯޑެކެވެ.

މި އެވޯޑު ދީފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ސީޖީއެމް ޝެފްސް އެވޯޑު ރަސްމިއްޔާތުގައެވެ. އެ ވޯޑުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

މި އެވޯޑު 36 ޝެފަކަށް ދީފައިވާއިރު، އެވޯޑު ދީފައިވަނީ 8 ކެޓަގަރީއަކުންނެވެ. އެވޯޑު ހާސިލްކުރި ޝެފުންގެ ތެރޭގައި މި ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ ފުންނާބު އުސް ޝެފުން ހިމެނިފައިވެއެވެ.

މީގެ އިތުރުން އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ "ޝެފް އޮފް ދަ އިޔަރ" ގެ އެވޯޑު ވެސް މި ރަސްމިއްޔާތުގައި ދީފައިވެއެވެ. މި އެވޯޑު ދީފައިވަނީ މި ދާއިރާގައި ފާހަގަކޮށްލެވޭ ޝެފެއް ކަމުގައިވާ އަހުމަދު މާޒިމްއަށެވެ.

މި ދާއިރާއަކީ ރާއްޖޭގެ ފަތުރުވެރިކަމާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދާއިރާއެކެވެ. އެހެންކަމުން މި އެވޯޑަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޝެފުން އަދާކުރާ ރޯލު ފާހަގަކުރުމުގެ ގޮތުން ދޭން ފެށި އެވޯޑެކެވެ.

- ކޮމެންޓް