ކ. މާލެ
|
21 ނޮވެންބަރ 2022 | ހޯމަ 11:11
ސީޖީއެމް ޝެފްސް އެވޯޑު 2022 ގެ ޝެފް އޮފް ދަ އިޔަރ އަހުމަދު މާޒިމް
ސީޖީއެމް ޝެފްސް އެވޯޑު 2022 ގެ ޝެފް އޮފް ދަ އިޔަރ އަހުމަދު މާޒިމް
ރައީސް އޮފީސް
ސީ.ޖީ.އެމް ޝެފްސް އެވޯޑްސް 2022
ޝެފް އޮފް ދަ އިޔަރ އެވޯޑް އަހުމަދު މާޒިމްއަށް
2022 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ހޮޓެލް އޭޝިއާ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖުގައި މޯސްޓް އައުޓް ސްޓޭންޑިންގ ޝެފްސް އެވޯޑް މާޒިމް ހޯދާފައިވޭ
ޓޮޕް މޯލްޑިވިއަން ޝެފްގެ އެވޯޑުގެ އިތުރުން، 2022 ވަނަ އަހަރު އޮތް ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ކަލިނަރީ ޗެލެންޖުގައި ބެސްޓް މޯލްޑިވިއަން ޝެފްގެ އެވޯޑް ހޯދާފައިވޭ
އެވޯޑު ދީފައިވަނީ 8 ކެޓަގަރީއަކުން

ކަލިނަރީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަގު ވަޒަންކުރުމުގެ ގޮތުން "ސީޖީއެމް ޝެފްސް އެވޯޑު 2022" ގެ ޝެފް އޮފް ދަ އިޔަރ އަހުމަދު މާޒިމް އަށް ލިބިއްޖެއެވެ.

ސީޖީއެމް ޝެފްސް އެވޯޑު 2022 އަކީ ޝެފުންގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ޝެފްސް ގިލްޑް މޯލްޑިވްސްއިން މުޅިން އަލަށް ދޭން ފެށި އެވޯޑެކެވެ. މާޒިމް އަށް ޝެފް އޮފް ދަ އިޔަރ އެވޯޑް އަދި އައުޓްސްޓެންޑިންސް އެޗީވްމަންޓް އެވޯޑް ލިބިފައިވަނީ 2022 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ހޮޓެލް އޭޝިއާ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖުގައި މޯސްޓް އައުޓް ސްޓޭންޑިންގ ޝެފްސް އެވޯޑާއި، ޓޮޕް މޯލްޑިވިއަން ޝެފްގެ އެވޯޑުގެ އިތުރުން، 2022 ވަނަ އަހަރު އޮތް ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ކަލިނަރީ ޗެލެންޖުގައި ބެސްޓް މޯލްޑިވިއަން ޝެފްގެ އެވޯޑް ހޯދާފައިވާތީއެވެ.

އައުޓް ސްޓޭންޑިންގް އެވޯޑް އިތުރު 8 ފަރާތަކަށް ވަނީ ލިބިފައެވެ. މި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއެވެ.

އައުޓް ސްޓޭންޑިންގް އެވޯޑް

  • ޖޫދީ ހާލިދު – 2015 ވަނަ އަހަރު ސީޝެލްގައި އޮތް ފުޑް އެންޑް ހޮސްޕިޓާލިޓީ ސީޝެލްސްގައި ވެޑިންގ ކޭކް ކެޓަގަރީއިން ގޯލްޑް މެޑަލް ވިތް ޑިސްޓިންކްޝަން ހާސިލްކޮށްފައިވޭ.
  • މުހައްމަދު ނިޔާޒު – 2017 ވަނަ އަހަރު ޗައިނާގައި އޮތް ދަ ބެލްޓް އެންޑް ރޯޑް ގޮސްޓްރޯ ޑިޕްލޮމަސީ ޖިންގޖިންގ ކަޕްގައި ވާދަކޮށް ގޯލްޑް އެވޯޑް ހާސިލްކޮށްފައިވޭ.
  • މުހައްމަދު އާދިލް – 2018 ވަނަ އަހަރު އަބޫދާބީގައި އޮތް ލަ ކްޒީން ދުސިއާގައި ހޮޓް ކުކިން ކެޓަގަރީއިން ގޯލްޑް މެޑަލް ހާސިލްކޮށްފައިވޭ. އަދި 2016 ވަނަ އަހަރާއި 2019 ވަނަ އަހަރު ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސްގެ ކަލިނަރީ ޗެލެންޖުން ބެސްޓް މޯލްޑިވިއަން ޝެފްގެ އެވޯޑް އަދި 2018 ވަނަ އަހަރު ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖުން ޓޮޕް މޯލްޑިވިއަން ޝެފްގެ އެވޯޑް ހާސިލްކޮށްފައިވާތީ.
  • އިބްރާހިމް ނާތިފް – 2018 ވަނަ އަހަރު އަބޫދާބީގައި އޮތް ލަ ކްޒީން ދުސިއާގައި ހޮޓް ކުކިން ބީފް ކެޓަގަރީއިން ގޯލްޑް މެޑަލް ހާސިލްކޮށްފައިވާތީ. އަދި އެއަހަރު ދުބާއީގައި އޮތް އެމިރޭޓްސް ސޮލައިޓް ކަލިނަރީ ހޮޓް ކުކިންގ ބީފް ކެޓަގަރީން ގޯލްޑް މެޑަލް ހާސިލްކޮށްފައިވޭ.
  • އަބްދުލްރަޝީދު އަބްދުﷲ - 2006 އެކްސްއެފްއޭ ސިންގަޕޫރުގައި ވެޑިން ކޭކް ކެޓަގަރީން ގޯލްޑް މެޑަލް އަދި 2016 ވަނަ އަހަރު ސީޝެލްސްގައި އޮތް ފުޑް އެންޑް ހޮސްޕިޓާލިޓީ ސީޝެލްސްގައި އޮތް ވެޑިންގ ކޭކްސް ސްޓްރަކްޗަރ ކެޓަގަރީން ގޯލްޑް މެޑަލް ހާސިލްކޮށްފައިވޭ.
  • އާމިނަތު ނާޝިދާ – 2022 ވަނަ އަހަރު އިންޑިއާގެ މުމްބާއީގައި އޮތް ކޭކޮލަޖީ މުބާރާތުން ވެޑިން ކޭކް ކެޓަގަރީއިން ގޯލްޑް މެޑަލް އަދި 2021 ވަނަ އަހަރު އިންޓަރނޭޝަނަލް ކޭކްސްޓަރ ކޮމްޕެޓިޝަންގެ ވެޑިން ކޭކް ކެޓަގަރީއިން 1 ވަނަ އަދި 2008 ވަނަ އަހަރު ދުބާއީގައި އޮތް ގަލްފް ފުޑް މައުރަޒުގެ ޕްރެކްޓިކަލް ކޭކް ޑެކަރޭޓިންގ ކެޓަގަރީ އިން ގޯލްޑް މެޑަލް ހާސިލްކޮށްފައިވާތީ.
  • މަހާ ނަސީރު – ވޯލްޑް މާސްޓަރ ސޮސައިޓީން އަރުވާ، މާސްޓަރ ޝެފްގެ ލަގަބު ހޯދާ އެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފަށް ވުމުގެ ޝަރަފު ލިބިފައިވާތީ. މަހާ ނަސީރަކީ ހުނަރުވެރި ޕޭސްޓްރީ ޝެފެއްގެ އިތުރުން ކަލިނަރީ ކޮންސަލްޓަންޓެއް.
  • އިބްރާހިމް ނައީމް – 2017 ވަނަ އަހަރު ޗައިނާގައި އޮތް ދަ ބެލްޓް އެންޑް ރޯޑް ގޮސްޓްރޯ ޑިޕްލޮމަސީ ޖިންގޖިންގ ކަޕްގައި ވާދަކޮށް ގޯލްޑް އެވޯޑް ހާސިލްކޮށްފައިވާތީ.
  • އަހުމަދު މާޒިމް - ޝެފް އޮފް ދަ އިޔަރ އެވޯޑް އަދި އައުޓްސްޓެންޑިންސް އެޗީވްމަންޓް އެވޯޑް ލިބިފައިވަނީ 2022 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ހޮޓެލް އޭޝިއާ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖުގައި މޯސްޓް އައުޓް ސްޓޭންޑިންގ ޝެފްސް އެވޯޑާއި، ޓޮޕް މޯލްޑިވިއަން ޝެފްގެ އެވޯޑުގެ އިތުރުން، 2022 ވަނަ އަހަރު އޮތް ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ކަލިނަރީ ޗެލެންޖުގައި ބެސްޓް މޯލްޑިވިއަން ޝެފްގެ އެވޯޑް ހޯދާފައިވޭ.

ސީޖީއެމް ޝެފްސް އެވޯޑު 2022" ގެ ޔަންގް ޝެފް އެންޑް ސޫ ޝެފްގެ އެވޯޑް ހާސިލްކުރި ޝެފުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. ޔަންގް ޝެފް ކެޓަގަރީގައި ހިމެނެނީ 25 އަހަރުން ދަށުގެ ޝެފުންނެވެ.

ޔަންގް ޝެފް

  • އަހުމަދު ސާއިން – ކަލިނަރީ ދާއިރާގައި މަސައްކަތް ކުރާތާ 7 އަހަރުވެފައިވޭ. މިހާރު މަސައްކަތް ކުރަމުން ގެންދަނީ 4 ސީސަން ރިސޯޓް މޯލްޑިވްސް ލަނޑާ ގިރާވަރުގައި. 2017 ވަނަ އަހަރު ހޮޓެލް އޭޝިއާ ކަލިނަރީ ޗެލްންޖުގެ ޔަންގް ޝެފް ކެޓަގަރީއިން ރިހި މެޑަލް ހޯދާފައި.
  • އައިޝަތު ލަޔާން ރިޔާޒް – ކަލިނަރީ ދާއިރާގައި މަސައްކަތް ކުރަން ފެށީ މީގެ 3 އަހަރު ކުރިން. މިހާރު މަސައްކަތް ކުރަނީ ކޯރާ ކޯރާ މޯލްޑިވްސް ރިސޯޓުގައި ކޮމީއެއްގެ ވަޒީފާގައި. ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސްއާއި ހޮޓެލް އޭޝިއާ ޗެލެންޖުގައި ބައިވެރިވެ ވަނަތައް ހާސިލްކޮށްފައިވޭ.
  • އައިމިނަތު އަމާނީ ހުސައިން – ދާއިރާގައި މަސައްކަތް ކުރަން ފެށީ 2019 ވަނަ އަހަރު. ރާއްޖޭގެ ތަފާތު ރިސޯޓްތަކުގައި ވެސް މަސައްކަތް ކުރުމަށްފަހު މިހާރު މަސައްކަތް ކުރަނީ ކްރޮސް ރޯޑްސް މޯލްޑިވްސްގެ ކަޅު އޮޑި ރެސްޓޯރެންޓުގެ ކޮމީއެއްގެ މަގާމުގައި.
  • ފާތިމަތު ލަމްހާ އަލީ – ދާއިރާގައި މަސައްކަތް ކުރާތާ 5 އަހަރުވެއްޖެ. މިހާރު މަސައްކަތް ކުރަނީ ސިޓީ ބޭކަރީގައި ޑީސީޕީ ޕޭސްޓްރީގެ މަގާމުގައި. 2022 ވަނަ އަހަރު ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖުގައި ޕޭސްޓްރީ ކެޓަގަރީ އިން ހާއްސަ ވަނަތަކެއް ހާސިލްކޮށްފައި.

ސޫ ޝެފް

  • އަލީ ރަޝީދު – ދާއިރާގައި މަސައްކަތް ކުރާތާ 24 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ. މިހާރު މަސައްކަތް ކުރަނީ ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ސޫ ޝެފެއްގެ މަގާމުގައި.
  • އިބްރާހިމް ނަތީފް – ކަލިނަރީ ދާއިރާގައި ހިދުމަތް ކުރާތާ 22 އަހަރު ވެއްޖެ. ކިޗަން ހެލްޕަރެއްގެ ވަޒީފާއިން ފެށިގެން އެކި ހަރުފަތްތައް ގިރާކުރުމަށްފަހުގައި މިހާރު ހުރީ ހުވަފެންފުށި އެގްޒެކްޓިވް ސޫ ޝެފްގެ މަގާމުގައި.
  • ސަޔަދް މުހައްމަދު ކަލާމް – 2001 ވަނަ އަހަރުން ފެށިގެން ރޯޔަލް އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރަމުން. މިހާރު ހުރީ އެ ރިސޯޓުގެ ސޫ ޝެފްގެ މަގާމުގައި. ރިސޯޓް ޝެފް އޮފް ދަ އިޔަރ މަގާމު 2022 ވަނަ އަހަރު ހާސިލްކޮށްފައިވޭ.
  • ނަސްރީނާ އަލީ - ކަލިނަރީ ދާއިރާގައި މަސައްކަތް ކުރާތާ 19 އަހަރު ވެއްޖެ. މިހާރު ހުރީ ދިގަލި މޯލްޑިވްސްގެ ސޫ ޝެފްގެ މަގާމުގައި. އަދި ރާއްޖެއިން ބޭރުގައި ބޭއްވި އެކިއެކި ޓުއަރިޒަމް ފެއަރތަކުގައި ދިވެހި ކާނާ މައުރަޒުކުރި. 2019 ވަނަ އަހަރު ރެހެންދި އެވޯޑް ވެސް ލިބިފައިވޭ.

އެގްޒެކެޓިވް ޝެފް ކެޓަގަރީ

  • އަހުމަދު މުހްތާރު – ކަލިނަރީ ދާއިރާގައި މަސައްކަތް ކުރާތާ 39 އަހަރުވެއްޖެ. މިހާރު މަސައްކަތް ކުރަނީ ފިހާޅޮހި އައިލެންޑް ރިސޯޓުގައި.
  • ފާއިޒް އިދްރީސް – ކަލިނަރީ ދާއިރާގައި މަސައްކަތް ކުރާތާ 34 އަހަރުވެއްޖެ. މިހާރު މަސައްކަތް ކުރަނީ ކޮކޯޕާމް ދުނިކޮޅު ރިސޯޓުގައި. 2002 ވަނަ އަހަރުން ފެށިގެން އެގްޒެކެޓިވް ޝެފްގެ މަގާމު ދަނީ އަދާކުރަމުން.
  • އިސްހާގު ސޯލިހު - ކަލިނަރީ ދާއިރާގައި މަސައްކަތް ކުރާތާ 25 އަހަރުވެއްޖެ. މިހާރު މަސައްކަތް ކުރަނީ ރޯޔަލް އައިލެންޑް ރިސޯޓުގައި. މި ރޮނގުން ގައުމީ އިނާމް ހާސިލްކޮށްފައިވޭ އަދި ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީގެ ސެޓިފައިޑް ޖަޖެއް.
  • ރަމިންދަ ޕްރޭމަ ރަތުނަ - ކަލިނަރީ ދާއިރާގައި މަސައްކަތް ކުރާތާ 19 އަހަރުވެއްޖެ. މިހާރު މަސައްކަތް ކުރަނީ ސަން އައިލެންޑް ރިސޯޓުގައި. ލަންކާ އަދި ދުބާއީގެ ގިނަ ހޮޓެލްތަކުގައި މަސައްކަތް ކުރި.

އެޑިއުކޭޝަން ޝެފް

  • އައިމިނަތު ޝާނީ – ބެޗްލަރ އޮފް ކަލިނަރީ މެނޭޖްމަންޓް ސަނަދު ހާސިލްކޮށްފައި. މިހާރު މަސައްކަތް ކުރަނީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސްގައި އެސޯސިއޭޓް ލެޗަރަރއެއްގެ މަގާމުގައި. ކަލިނަރީ ދާއިރާގައި ތައުލީމާއި ތަމްރީނު ދިނުމުގައި 9 އަހަރުވެއްޖެ. އޭނާ އަކީ ރާއްޖޭގެ ފުރަތަމަ އަންހެން ވޯލްޑް ސެޓިފައިޑް ޖަޖް.
  • ފާތިމަތު އުމަރު – ހޮސްޕިޓާލިޓީ އަދި ކަލިނަރީ އާޓްސް އިން ޑިގްރީ އަދި އިންޓަރނޭޝަނަލް ހޮސްޕިޓަލް އެންޑް ޓުއަރިޒަމް މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް ހާސިލްކޮށްފައި. ކަލިނަރީ ދާއިރާގައި 10 އަހަރު މަސައްކަތް ކުރި. މި ރޮނގުން މީހުން ބިނާކުރުމުގެ މަސައްކަތް ކުރާތާ 12 އަހަރު ވެއްޖެ. މިހާރު މަސައްކަތް ކުރަނީ ވިލާ ކޮލެޖްގެ ސީނިއަރ ލެކްޗަރއެއްގެ މަގާމުގައި.

ކޮމްޕެޓިޝަން ޝެފް

  • އަބްދުﷲ ރަޝީދު އަބްދުﷲ - ކަލިނަރީ ދާއިރާގައި މަސައްކަތް ކުރާތާ 40 އަހަރުވެއްޖެ. 2020 ވަނަ އަހަރު ޖަރުމަނުގައި އޮތް އިކާ ކަލިނަރީ އޮލިމްޕިކްސްގައި ވާދަކޮށް ރިހި މެޑަލް ހާސިލްކޮށްފައިވޭ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މުބާރާތްތަކުގައި ގިނަ ވަނަތަކެއް ހޯދާފައިވޭ. މިހާރު ހުރީ އައިލެންޑް ލަގްޒަރީ ފުޅަދޫގައި ޝެފެއްގެ ގޮތުގައި.
  • އަހުމަދު މާޒިމް – ކަލިނަރީ ދާއިރާގައި ހިދުމަތް ކުރާތާ 8 އަހަރު ވަނީ ވެފައި. މިހާރު މަސައްކަތް ކުރަނީ 4 ސީޒަން ރިސޯޓް މޯލްޑިވްސް ލަނޑާ ގިރާވަރުގައި ޝެފްސް ޑި ޕާޓީގެ ގޮތުގައި. ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖުގައި މޯސްޓް އައުޓް ސްޓޭންޑިންގ ޝެފް އެވޯޑާއި، އެންމެ މޮޅު ދިވެހި ޝެފްގެ އެވޯޑް ވަނީ ގިނަ މެޑަލްތަކާއެކު ހާސިލްކޮށްފައި.
  • އައިޝަތު ޝަޒިއްޔާ - ކަލިނަރީ ދާއިރާގައި ހިދުމަތް ކުރާތާ 10 އަހަރުވެއްޖެ. މިހާރު ހުރީ ބަނޑޮސް މޯލްޑިވްސްގެ ޕޭސްޓްރީ ކޮމީއެއްގެ މަގާމުގައި. ހޮޓެލް އޭޝިއާ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖާއި، ފުޑް އެންޑް މޯލްޑިވްސް އޭޝިއާ ކަލިނަރީ ޗެލެންޖުގައި ޑްރެސް ދަ ކޭކް ކެޓަގަރީ، ޑެޒަރޓް ކެޓަގަރީގައި ވާދަކޮށް ރަނާ ރިހި އަދި ލޯ މެޑަލް ވެސް ހޯދާފައި.
  • އިބްރާހިމް ނައީމް - ކަލިނަރީ ދާއިރާގައި ހިދުމަތް ކުރާތާ 22 އަހަރުވެއްޖެ. މިހާރު ހުރީ ކޭއެޗްޖީ ހޮސްޕިޓާލިޓީ ގްރޫއްޕުގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންގެ މަގާމުގައި. 2014 ވަނަ އަހަރު ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ކަލިނަރީ ޗެލެންޖުގެ މޯސްޓް އައުޓްސްޓޭންޑިންގ އެވޯޑް ހާސިލްކޮށްފައި.
  • އިބްރާހިމް ނާތިފް - ކަލިނަރީ ދާއިރާގައި ހިދުމަތް ކުރާތާ 22 އަހަރުވެއްޖެ. މިހާރު ހުރީ ހުވަފެންފުށި ރިސޯޓްގެ އެގްޒެކްޓިވް ސޫޝެފްގެ މަގާމުގައި. 2017 ވަނަ އަހަރު ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސްގެ ކަލިނަރީ ޗެލެންޖުގެ އެންމެ މޮޅު ދިވެހި ޝެފްގެ އެވޯޑް ހާސިލްކޮށްފައި.
  • ކައުސް މަދުމަލް ގުނަތިލަކަ - ކަލިނަރީ ދާއިރާގައި ހިދުމަތް ކުރާތާ 8 އަހަރުވެއްޖެ. ހާއްސަ ވަނީ ފްރުޓް އެންޑް ވެޖްޓަބަލް ކާވިންގެ ދާއިރާގެ މަސައްކަތަށް. ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ކިޗެން އާޓިސްޓެއްގެ މަސައްކަތް ކުރާ އޭނާ ވަނީ އެކި ޗެލެންޖުތަކުގައި ބައިވެރިވެފައި.
  • މުހައްމަދު އާދިލް – ކަލިނަރީ ދާއިރާގައި މަސައްކަތް ކުރާތާ 12 އަހަރުވެއްޖެ. ގިނަ ރިސޯޓްތަކުގައި މަސައްކަތް ކުރާ އާދިލް މިހާރު މަސައްކަތް ކުރަނީ ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓުގައި. 2016 އަދި 2019 ވަނަ އަހަރު އޮތް ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސްގައި ވާދަކުރައްވާ ބެސްޓް މޯލްޑިވިއަން ޝެފްގެ މަގާމު ހާސިލްކޮށްފައި.

ލޯންގް ސަރވިސް ސްޕެޝަލް އެވޯޑް

  • އަބްދުއްރައްޒާގު އާދަމް - ކަލިނަރީ ދާއިރާގައި ހިދުމަތް ކުރާތާ 31 އަހަރުވެއްޖެ. މިހާރު މަސައްކަތް ކުރަމުން ގެންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި ޝެފެއްގެ ގޮތުގައި. އޭނާ ވަނީ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ އެގްޒިބިޝަންގެ ކަލިނަރީ ޗެލެންޖުގައި ވާދަކޮށް، ރަން ރިހި އަދި ލޯ މެޑަލް ވެސް ހާސިލްކޮށްފައި.
  • އިބްރާހިމް ނާތިފް - ކަލިނަރީ ދާއިރާގައި ހިދުމަތް ކުރާތާ 22 އަހަރުވެއްޖެ. ކިޗެން ހެލްޕަރެއްގެ ވަޒީފާއިން ފެށިގެން ދާއިރާގައި އެކި ހަރުފަތްތައް ގިރާ ކުރުމަށްފަހު މިހާރު ހުރީ ހުވަފެންފުށީގެ އެގްޒެކްޓިވް ސޫ ޝެފްގެ މަގާމުގައި.
  • އިސްހާގު ސޯލިހު - ކަލިނަރީ ދާއިރާގައި މަސައްކަތް ކުރާތާ 25 އަހަރުވެއްޖެ. މިހާރު މަސައްކަތް ކުރަނީ ރޯޔަލް އައިލެންޑް ރިސޯޓުގައި. މި ރޮނގުން ގައުމީ އިނާމް ހާސިލްކޮށްފައިވޭ އަދި ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީގެ ސެޓިފައިޑް ޖަޖެއް. މީހުން ބިނާ ކުރުމުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވޭ.
  • މުހައްމަދު އަބްދުﷲ - ކަލިނަރީ ދާއިރާގައި ހިދުމަތް ކުރާތާ 31 އަހަރުވެއްޖެ. މިހާރު ހުރީ ދުސިތް ތާނީ މޯލްޑިވްސްގެ ހެޑް ޕޭސްޓްރީ ޝެފްގެ މަގާމުގައި. ތަފާތު ފަސްތަރީގެ ރިސޯޓްތަކާއި ސަފާރިއެއްގައި ޝެފްގެ މަގާމު އަދާކުރި. ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ކަލިނަރީ ޗެލެންޖުގައި ވާދަކޮށް ރަން އަދި ރިހި މެޑަލް ހޯދާފައިވޭ.
  • މުހައްމަދު ސުޖާއު - ކަލިނަރީ ދާއިރާގައި ހިދުމަތް ކުރާތާ 23 އަހަރުވެއްޖެ. މިހާރު މަސައްކަތް ކުރަނީ ކްރޮސް ރޯޑްސް މޯލްޑިވްސްގެ ކަޅު އޮޑި ރެސްޓޯރެންޓުގައި ޝެފް ޑި ކުޒީންގެ ގޮތުގައި. އޭނާ ވަނީ އެކިއެކި މުބާރާތްތަކުގައި ވާދަކޮށް މެޑަލް ހޯދާފައިވޭ.

ސްޕެޝަލް ރެކޮގްނިޝަން

ސްޕެޝަލް ރެކޮގްނިޝަން އެވޯޑް ލިބިވަޑައިގެންނެވީ އަލްމަރުހޫމް އާސިމް އަބްދުލް ގައްޔޫމް - ރައީސް އޮފީސް

އަލްމަރުހޫމް އާސިމް އަބްދުލް ގައްޔޫމް –އޭނާއަކީ ރާއްޖޭގައި ހުޅުވި ހޮޓެލް ސްކޫލްގެ އެންމެ ފުރަތަމަ ދަރިވަރުންގެ ތެރެއިން ހިމެނިވަޑައިގެންނެވި ފަރާތެކެވެ. ކަލިނަރީ ދާއިރާއިން ރާއްޖެއިން ބޭރުން ކިޔަވައި، އެންމެ ފުރަތަމަ ދިވެހިންގެ ތެރެއިން ހިމެނޭ ފަރާތެކެވެ. އަދި ހޮޓެލް ސްކޫލްގައި ކުކަރީ އިންސްޓްރަކްޓަރެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރި ފަރާތްތަކުގެ ތެރޭގައި ވެސް ހިމެނެއެވެ. ކަލިނަރީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ޝެފުންނަކީ އޭނާގެ ފަރާތުން ތަމްރީނު ލިބިފައިވާ ފަރާތްތަކެވެ. ރޭޑިއޯ އަދި ޓީވީން ފޮނުވި ކެއްކުމާއި ބެހޭ ތަފާތު ޕްރޮގްރާމުތަކުގައި މައުލޫމާތު ދީފައިވެއެވެ. އަދި ޓީވީއެމް ފޮނުވާ ރަހަތަފާތު ޕްރޮގްރާމުގެ އެއް ބާނީ އަދި ހޯސްޓްކަންވެސް ކޮށްފައިވެއެވެ. މީގެ އިތުރުން އެކި ރިސޯޓްތަކުގައި މެނޭޖަރުގެ މަގާމް އަދާކޮށްފައިވާއިރު އެންމެފަހުން އަދާކޮށްފައިވަނީ އަދާރަން ހުދުރަންފުށީގެ މެނޭޖަރުގެ މަގާމެވެ.

މި އެވޯޑާއި ހަވާލުވީ އަލްމަރުހޫމް އާސިމް އަބްދުލް ގައްޔޫމްގެ ދެ ދަރިންކަމުގައިވާ އައިޝަތު ލުހުފާ އާސިމް އަދި އައިމިނަތު ނަޝްވާ އާސިމް އެވެ.

- ކޮމެންޓް