Advertisement
ކ. މާލެ
|
19 މެއި 2024 | އާދީއްތަ 12:37
އާސަހަރާގެ މަސައްކަތްތައް ނިންމަން ޙަވާލު ކުރުމުގެ ރަސްމިއްޔާތު
އާސަހަރާގެ މަސައްކަތްތައް ނިންމަން ޙަވާލު ކުރުމުގެ ރަސްމިއްޔާތު
މާލެ ސިޓީ ކައުންސިލް
އާ ސަހަރާގެ ފިނިޝިން
އާ ސަހަރާގެ ފިނިޝިންގެ މަަސައްކަތް 2 މަސް ތެރޭގައި ނިންމަން ބަަޔަކާ ޙަވާލުކޮށްފި
މަސައްކަތް ޙަވާލުކޮށްފައިވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ
މަސައްކަތް ނިންމަން ދީފައިވަނީ 60 ދުވަސް

މާލޭ އާސަހަރާގެ ފުލް ފިނިޝިންގ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލުން ސޮއިކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނީ، މާލޭގެ އާ ސަހަރާގެ ފުލް ފިނިޝިންގެ މަަސައްކަތްކޮށް ނިންމުމުގެ އެއްބަސްވުމުގައި ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެކު ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރުއެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރ މުހައްމަދު އައިމަންއެވެ.

Advertisement

މަސައްކަތް ނިންމަން ދީފައިވަނީ 60 ދުވަހެވެ.

މިހާރުގެ ރައީސް މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރުވެސް މާލޭ އާސަހަރާގެ މަސައްކަތް ކުރުމަށް ކުންފުންޏަކާ ޙަވާލުކުރިއެވެ. އެގޮތުން އެކި ފަހަރު މަތިން އެ ކުންފުންޏަށް އޭރުގެ ކައުންސިލުން 3.6 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. ނަމަވެސް މުޅި ޕްރޮޖެކްޓަށް ބަލާއިރު، އެކުންފުނިން ކޮށްފައިވަނީ އެންމެ 45 ޕަސެންޓުގެ މަސައްކަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް