ކ. މާލެ
|
16 މެއި 2024 | ބުރާސްފަތި 13:48
އެއަރޕޯޓުގެ ޓެކްސީ ކިއު
އެއަރޕޯޓުގެ ޓެކްސީ ކިއު
ރާއްޖެއެމްވީ
ޓެކްސީ އަގުގެ މައްސަލަ
ޓެކްސީގެ އަގުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މީޓަރު ޓެކްސީ ވަރަށް އަވަހަށް ތައާރަފްކުރާނަން: ޓްރާންސްޕޯޓު މިނިސްޓްރީ
ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ ޓެކްސީތައް ދަނީ ފާހަގަކުރަމުން
ގައުމު އެއްދުވަހުން އަނެއް ދުވަހަށް ތަރައްގީވަމުންދާއިރު، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ތަރައްގީވާން ޖެހޭ
މީޓަރު ޓެކްސީ ތައާރަފް ކުރުމަށް ރައްޔިތުންގެ އިތުރުން ޓެކްސީ ޑްރައިވަރުން ވެސް ބޭނުންވޭ

ޓެކްސީގެ އަގުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މީޓަރު ޓެކްސީ ވަރަށް އަވަހަށް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ނާއިބް އަލީ މުހައްމަދު ވިދާޅުވީ ޓެކްސީގެ އަގުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ މީޓަރު ޓެކްސީ ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމާއިގުޅޭ ދިރާސާއެއް ހަދާފައިވާ ކަމަށެވެ. އަލީ މުހައްމަދު ވިދާޅުވީ މީޓަރު ޓެކްސީ ތައާރަފް ކުރުމަށް ރައްޔިތުންގެ އިތުރުން ޓެކްސީ ޑްރައިވަރުން ވެސް ބޭނުންވާ ކަމަށެވެ.

މީޓަރު ޓެކްސީ ތައާރަފް ކުރުމަށް ކަމާގުޅޭ ހުރިހާ ފަރާތްތަކާއިއެކު ބައްދަލުވުންތައް ބާއްވައި މަޝްވަރާކޮށްފައިވާކަން ފާހަގަކުރައްވައި އަލީ މުހައްމަދު ވިދާޅުވީ މީޓަރު ޓެކްސީ ތައާރަފް ކުރުމަށް ފްރޭމް ވޯކެއް ހެދުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން އަލީ މުހައްމަދު ވިދާޅުވީ މިގައުމު އެއްދުވަހުން އަނެއް ދުވަހަށް ތަރައްގީވަމުންދާއިރު، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވާން ޖެހޭ ކަމަށެވެ. އެގޮތުން ސަރުކާރުގެ ވިސްނުމަކީ އެންމެފަހުގެ ޓެކްނޮލޮޖީއާއެކު މީޓަރުގެ ޓެކްސީއާއެކު ކުރިއަށް ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީޓަރު ހަރުކުރުން މިއީ މިހާރު ވަރަށް އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއް. މީޓަރު ޓެކްސީ ތައާރަފް ކުރުމަށް އަޅުގަނޑުމެން މިހާރު ވަނީ ހަގީގަތުގައި ދިރާސާއެއް ހަދާލެވިފައި. އެހެންވީމަ އެދިރާސާގެ އަލީގައި ދެންމެކުރިން ފާހަގަކުރި ގޮތަށް އަޅުގަނޑުމެން ސްކޭޓްހޯލްޑަރސްއާއެކު އަޅުގަނޑުމެން ބައްދަލުވުންތައް ބާއްވާފިން. ޑްރައިވަރުންނާއެކު ބައްދަލުވުންތައް ބާއްވައިފިން. މި އެޕްތައް ގެންގުޅޭ ފަރާތްތަކާއެކު އަޅުގަނޑުމެން ބައްދަލުވުންތައް ބާއްވާފިން. އަދި ހަމައެގޮތަށް ޓެކްސީ ސެންޓަރުތަކާއެކު ވެސް ބައްދަލުވުންތައް ބާއްވައިފިން. އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ މުޅި މައްސަލާގައި ޖުމްލަ ހައްލެއް އަޅުގަނޑުމެންނަށް ލިބިގެންދާނީ މިޓަރު ޓެކްސީ ތައާރަފް ކުރެވިގެން ކަމަށް. އެހެންވީމަ މިކަމަށްޓަކައި މިނިސްޓްރީގައި ފްރޭމް ވޯކެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މުސްތަގުބަލެއްގައި މިކަން ކުރާނަން. މިކަން އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެން ހޯދި ހޯދުންތަކުން އަޅުގަނޑުމެންނަށް އެނގެންދިޔައީ އާއްމު ރައްޔިތުން ވެސް ތިބީ މިކަމަށް ވަރަށް ބޭނުންވެފައޭ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ނާއިބް އަލީ މުހައްމަދު

އަލީ މުހައްމަދު ވިދާޅުވީ ޓެކްސީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއާ ހިލާފަށް ޚާއްސަކޮށް މިހާރު ވަރަށް ގިނަ މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. އެގޮތުން ވަކި އިންތިޒާމެއްގެ ތެރެއިން މަސައްކަތްތައް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން ގަވާއިދާ އެއްގޮތަށް އަމަލުކުރަމުންދާ ޓެކްސީ ސެންޓަރުތައް ބަލަމުންދާ ކަމަށާއި، ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ ޓެކްސީތައް ވެސް ފާހަގަކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޚާއްސަ ކޮމެޓީއެއްގެ ދަށުން ޓެކްސީއާ ގުޅޭގޮތުން އާއްމު ރައްޔިތުން ހުށަހަޅާ ޓެކްސީތަކުގެ މައްސަލަތައް ބަލައި ފިޔަވަޅުއަޅަމުންދާ ކަމަށް އަލީ މުހައްމަދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރަނގަޅަށް ރެގިއުލޭޓް ކުރެވުމުން މައްސަލަތައް މަދުވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
16 މެއި 2024 | ބުރާސްފަތި 14:36
ހިލްމީ
މީޓަރު ހަރުކުރިއަސް ހައްލެއްނާންނާނެ މީޓަރު ހަރުކުރުމުން ޑުރައިވަރުދާނީ ދުރުމަގުން އާއްމު ރައްޔަތުމީހާ ޖީބުހުސްވާނީ
- ގުޅުންހުރި
އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމުގެ ގޮތުން ތައްޔާރުކުރާ އާރްއެފްޕީއައިގެ މަސައްކަތް ވަނީ ނިމުމަކާއި ގާތުގައި - މިނިސްޓަރ
އެއާޕޯޓް ޓެކްސީ ޚިދުމަތް ދިނުމުގައި ޖާގައިގެ ދަތިކަން ދިމާވޭ، އެއީ ވަރަށް ބޮޑު ގޮންޖެހުމެއް - މިނިސްޓަރ
4 ފުރޮޅުލީ ވެހިކަލް ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް މިހާރު ވެސް ދަނީ ކުރަމުން: މިނިސްޓަރު އަމީން
އާރްޓީއެލްގެ ނަމާއި ލޯގޯ ބަދަލުކުރަން އުޅޭކަމުގެ އަޑުގަދަވެފައި ވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
ކުލި ކޮންޓްރޯލްނުކޮށް، ޓެކްސީގެ އަގުތަކެއް ކަނޑައެޅޭނެކަމަށް ޤަބޫލުނުކުރަން: ޑްރައިވަރުން
އެއާޕޯޓް ޓެކްސީ ކިއޫގައި މައްސަލަ އުޅޭކަމަށް ދައްކައިގެން ސަރުކާރުން އުޅެނީ ޓެކްސީގެ ވިޔަފާރީގެ ތެރެއަށް ވަންނަން: ޑްރައިވަރުން